ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި ފަހުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައެއްގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ބޮޑެތި ކުށްތަކެއްގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރައިވަޑައިގަތީ މި މަހުގެ ނުވަވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓް އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ. އެކަމަކު ޑޮކްޓަރުންގެ ލިޔެކިއުމަށް ރިއާޔަތްކޮށް އަދި ފިލައިގެން ގޮސްފިނަމަ ޖާމިނުވާނެ ފަރާތެއް ކަނޑައަޅައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ މީޑިއާ ގްރޫޕްއަށް ފޮނުއްވި މެސެޖެއްގައިވާ ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ. މިފަދަ އަޑުއެހުމެއްގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ފުރަތަމަ ނެރެފައިވާ ހުކުމުގައިވަނީ އަލީ ވަހީދު ފުރުވާލަން އެދިފައިވަނީ ދައުލަތުގެ ފަރާތުން ކަމުގައެވެ.

އެކަމަކު ފަހުން ކްރިމިނަލް ކޯޓުން ވިދާޅުވެފައިވަނީ އެ ގޮތަށް ހުކުމުގައި ވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ފުރައިވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އަލީ ވަހީދު ކަމަށެވެ. އަދި ޕީޖީއިން ވެސް އެ މައްސަލާގައި ވިދާޅުވެފައިވަނީ އަލީ ވަހީދު ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭތީވެ އޭނާ ފުރުވާނުލުމަށް ދައުލަތުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

މިފަދަ ބޮޑެތި ދައުވާތަކެއް އުފުލިފައިވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް ސަރުކާރަށާއި ދައުލަތަށް ދަނީ އަމާޒުވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތު ކުރާ ގޮތުގައި އެއީ ސަރުކާރުގެ އިސް ބޭފުޅުން ރާވައިގެން އަލީ ވަހީދު ފުރުވާލުމަށް ކޮށްފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގައުމީ ލޯބި

    ޕިޖީ އަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް.. އެއްވެސް ކަމެއް ކުރެވެނީ އޭރަކު އޮންނަދައުލަތުން އެދޭގޮތަށް؟

    މިނިވަން ވަނީ ނަމުން.. ؟
    މިހާރުގެ ޕޖ އަށް ކުރެވޭކަމަކީ ގްރޫޕު ހަދައިގެން ފެތުން.. އޮފީސް ބޮސްސުންލައިފި؟

    އުވާލާ.. ބޭކާރުކޮށް ޓެކްސް ފައިސާ ޚަރަދު ކުރުމުގެ ބޭނުމެއް އޮތްހެނެއް ހީއެއް ނުވޭ؟

  2. މުރާދު

    ޖިންސީމައްސަލައެއް ޝައްކުވާ، ޔަގީންކުރެވޭފަރާތެއް ފުރުވާލާ، ފުރިފަހުން ޕާސްޕޯޓްދޫކޮށްލި
    މައްސަލަ އިސްތިއުނާފަްކުރުންއެއީ އަރަތެއް އެއީ ޝައްކުވާ، ނުވަތަހީއެއްނޫންއަދި ޒާތީހަސަދައެއް
    ފިލުވައި

    3
    1
  3. ޢީސަދަރި

    މިދެން ބޮޑު ޖޯކެއް. ޢަލީވަހީދު ފުރައިގެން ގޮސް އަތްފައި ނުފޯރާ ފަށަށް ދިޔައީމަ ޒީރޯ ތޯލަރެންސް. ނާޗަރަންގީ ކުޅޭތަން ހެދުމަށް ފުރުޞަޠު ދިނުމުގެ އެޓެންޝަން ޑައިވާރޓް ކުރަން ޖަހާމަޅި. ޛަލުގައި އެތިބި އެންމެން ޖަލުން ނެރެބަލަ. ޢަލީވަހީދު ފޮނުވައިލިހެނަ ޖާމިނު ކުރުވަބަލަ. ޕާރޓީ ކުދިން ކޮޅު ނެރެނީ ދެއްތޯ. ޙޯރަ އިއްބެ، އަޅީ ވަހީދު،

  4. ނުވާނެ

    ކިޔާއަޑުއިވޭ ކިތަންމެވަރަކައް ފިލުވަންއުޅުނަސް ދަބަރުޖަހާފިއްޔާ އެއެއްޗަކުން ދަބަރުނުފިލާނެކަމައް ދެން ދެއިރުދެ ދަޅަޔައް ޕީޖީ އަލީވަހީދުގެވާހަކަދެއްކިޔަސް މިހާރުއެންމެންނައްވެސް އިނގޭ އަލީވަހީދު ފުރުވާލީކޮންބައެއްކަން ތިތަޅުވަނީ ބޭކާރު އަނގައެއް އަދިވެސް ޖިންސީފުރައްސާރައިގެ ވާހަކަޔާ ވިސްލްބްލޯގެވާހަދައްކާތި ނުވާނެ އެއްކަމެއްވެސް އަވަހައް އިސްތިއުފާދީ

  5. ކޮވިޑް

    ތި ޑްރާމާތައް ކުޅުން ހުއްޓާލާ އިސް ތިއުފާ ދޭން އުޅެބަލަ ހެޔޮނުވާނެ.މިހާރު ތި ސަކަރާތް ތައް ދިވެހިން ނިކަން އަހުލުވެރި ވެއްޖެ.

  6. ނަައީމް

    ދެން ބަލަންތިބޭތި ކޯޓުތަކުން ރައީސްޔާމިން ސަލާމަތްކުރުމައް އަމުރު ނެރޭތައް ރައީސްޔާމީންއަށް އިންސާފު ލިބެން ގާތްވެއްޖެ ކެއްތެރިވޭ އެމްޑީޕީ ކުދިންގައުމު މިފަހަރު ހުޅުޖެހިޔަދީގެންނުވާނެ ދުރާލާ ތައްޔާރުވެގެން ތިބެންވާނީ

  7. ޖޫން ޖުލައި

    ސިދާ ރޭވުމެއްމީ.އިކަންވެސް އޮޅިފަ.ީ އޮޅި ސަރުކާރެއް.މިގައުމުގަ އިންސާފެއް ނުލިބޭނެ.