ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތަށް ހޯދައި ދިނުމުގެ ގޮތުން، މިއަހަރުވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މިއީ މައުމޫން ފައުންޑޭޝަނުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަރޝިޕް ތަކެއްކަމަށް އެ ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

މިއަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތުތަކީ އިންޑިޔާގެ، ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖް އިން 5 ދާއިރާތަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެއްކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމްޕިއުޓަރު އެޕްލިކޭޝަން، ބެޗަލާ އިން ބަޔޯ ޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލާ އޮފް ފިޒިއޮތެރަޕީ އާއި މާސްޓާސް އޮފް ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓެވެ.

މި ސްކޮލަރޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހުގެ ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު