ޖަލުގައި ބަންދުކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މި ދެ ބޭފުޅުންނާއި ބައްދަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުންނެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު އިއްޔެ ޖަލަށް ވަޑައިގެން އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނާ ދޭތެރޭ ކަންތައްތައް ކުރަމުންދާ ގޮތާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތާއި ޝަރީއަތް ކުރިއަށް ގެންދަނީ ސިޔާސީ ނުފޫޒުން ކަމަށް ރައީސް މައުމޫން ޑިފެންސް މިނިސްޓަރު ގާތު ދެންނެވި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މި ދެ ބޭފުޅުންނާއި ބައްދަލުކުރެއްވިއިރު ރައީސްގެ މަންދޫބެއްގެ ގޮތުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ޖަލަށް ވަޑައިގެން ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ބައްދަލުކުރައްވާފައެވެ.

ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރައީސް މައުމޫން އާއި ދެ ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ މި ބޭފުޅުންގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. އޭގެތެރޭގައި ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ގެ ދައުވާ ވެސް ހިމެނެއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކޯޓުތަކުގައި މިހާރު ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްލު

    ކީކުރަން. ތިއީ ބޭއިންސާފެއް އެހެން ގައިދީންނަށް. ހުރިހާ އެންމެންނަށްވެސް ހަމަ ހަމަ އުސޫލުން ކަން ކުރޭ. މައުމީނު ވީމަ ވަކި ގޮތެއް، ނާޒިމް އަށް ވަކިގޮތެއް، ނަޝީދަށް ވަކިގޮތެއް ހަދާނެ ކަމެއް ނެތް.

  2. ނުރަބޯ

    ނަމަނަމަ އެކަލޭގެ ދޫކޮށްނުލާތި. ހަމަ ކޮކަޑިކައިގެން ވާރޭފެންބުއި މީދަލެކޭ އެއްގޮތްވާނެ.

    • ރެޓޭ

      ތެދެއް

  3. ކެޔޮޅު

    ރާއްޖެ އޮންލައިނުގަ މިހަބަރު ލިޔެފައޮތީ ވަކީލު ބުންޏޭ ރ.މައުމޫނުގެ ދަތްދޮޅި ސަލާމަތުން ހުރިވާހަކަ.. މިކަހަލަ ފިތުނަ އުފައދާ ރާއްޖެ އޮންލައިންތަށް ބޮލޮކް ކޮށްބަލަ ސަރުކާރުން... އާބިދާގެ މޮހޮންމަދު ބުނާގޮތް އެ ލިޔަނީ