މިއުޒިކް އެހުމާއި މިއުޒިކް ކުޅުމާއި ލަވަ ކިޔުމާއި ލަވަ އަޑު އެހުމަކީ ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ޑީއާރުޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، އެފަދަ ކަންކަމަކީ ރަސޫލާގެ ޒަމާނުގައިވެސް ކޮށްފައިވާ ކަންތައްތަކެއް ކަމަށާއި އެހެންކަމުން އެއީ ހަރާމް ކަންތައްތަކެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

"ރަސޫލާ އިންނެވި ތަނެއްގައި، އޮންނެވި ތަނެއްގައި އެކަން މީހުން ވަނީ ކޮށްފައި. އެކަން މަނަލެއް ނުކުރައްވާ. އެއިން އެނގޭ އެއްޗަކީ އިސްލާމްދީނުގައި ލަވަ ކިއުމާއި މިއުޒިކް ކުޅުމާއި މިއުޒިކް އެހުމާއި މި ކަންތައްތަކީ ހަރާމް ކަންތައްތަކެއް ނޫންކަން. ކޮންމެ ކަމެއް ވެސް ހަރާމްވާނެ ހައްދުފަހަނަޅައި ގޮސްގެން ނުބައި މަގަކުން ދަންޏާ." މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން މިފަދައިން މީގެ ކުރިން ވިދާޅުވެފައިވާއިރު، ދާދި ފަހުން "ދިޑެއިލީ" ނޫހަށް ދެއްވި އިންޓަވިއުއެެއްގައިވެސް މައުމޫން ވިދާޅުވީ މަތިވަރި ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.

"އެއްވެސް ކަމެއް ހަރާމް ވަނީ މަތިވެރި ރައްބު އެކަމެއް ހަރާމް ކުރެއްވުމުން، އެ އިލާހް ހަރާމް ކުރެއްވި ކަންތައްތައް ވަނީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައި. އަދި އެކަންކަމުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯވޭ". ދި ޑެއިލީއަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މިއުޒިކުގެ ހަލާލް، ޙަރާމް ބަހުސްގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ މާލޭގައި މަޖާކޮށް، މިއުޒިކް ކުޅެވޭނެ މަރުކަޒެއް އަޅަން ސަރުކާރަށް ގޮވާލުމުގެ ގޮތުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހުސޭނުބޭ

    ކަލެޔާ ނަސްރީނާގެ ދީނުގައި ދޯ

    44
    9
  2. ނަމަ

    މައުމޫން އަށް ހަމަނޭގެނީބާ އެޒަމާނުގައި ވެސް ބަޔަކު އެއްޖިންސުން ގުލުން ހިންގާ ރާ ބޮއެ ހެދިކަން އިގޭނަމަ މިކަލޭގެ ބުނާނެ ކަންނޭގެ ހަލާލުވާނޭ

    41
    14
    • ސައިމާ

      ނަމަނަމައޭ ނުކިޔާ. އެވިދާޅުވަނީ މާތް ނަބިއްޔާގެ އަރިހުގައި އެކަން ހިނގިއިރު އެކަލޭގެފާނު އެކަން މަނާ ނުކުރައްވައޭ. ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގުމާއި ރާބުއިން އެކަލޭގެފާނު ވަނީ މަނާކުރައްވާފަ.

      13
      16
      • މުޙައްމަދު

        އެކަންކަން ހިނގާފައިވަނީ މާތް ނަބިއްޔާ ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިން މައުމޫން އެގެންދަނީ ކަންކަން އޮޅުވާލަމުން

        20
        4
  3. ދަލޭކާ ދިޔެ

    އެބޭބެ އާ ނުބެހިބަލަ ހެޔޮނުވާނެ ..

    19
    9
  4. ހެޕަޓައިޓިސް ވިތް އަނބި ނޮހޮރުއްޕާންޓައިޓިސް

    މި ބޭބެ މުސްކުޅިއަކަށް ވީތީ އަހަރެން ރައްދު ދޭކަށް ބޭނުމެއް ނޫން އަމިއްލަ ކޮއްކޮ ދެކެ ނުވި ލޯތްބެއް ރައްޔިތުންދެކެ ވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން އަހަރެން ގެ އަތުގަ މިލިޔަނުން ޒިލިއަނުން ފައިސާ ހުއް ޓަސް މީހަކަށް ދޭކަށް ނުވަތަ ލޯބިވާ އާއިލާ އަށް ބަދަލު ދިނުމަށް ހަރަދު ކޮއްލަން ކުޑަކޮންވެސް ފަހެއް ނުޖެހޭނަން އެކަމަކު ދޫކޮށް ނުލާނެ އެއްޗަކީ އާއިލާ އެއްވެސް އަގެއްގަ އެއްވެސް ސަބަބަކަށް ޓަކައި އާއިލާ ގްރުބާނެއް ނުކުރާނަން ރ ޔާމީން އެއީ އޭނަގެ ކޮއްކޮ ކިހާ އަމިއްލަ އެދުން ބޮޑު ބޭބެ ޔެއް ޔާމީންގެ އެހެރީ

    42
    12
    • މޯދީ މާމަ

      ހޫމް.. ބޭބެ ދެކެ ކޮއްކޮ ލޯބިވާތީދޯ މުސްކުޅިވިދުވަހު ބޭބެ ކުޑަގޮޅިއަށްލާފަ 3 މަސްވަންދެން ޖަލުގައިބޭންދީ.. ތިކަހަލަ ލޯބި ބޭބެދެކެ ނުވިއްޔާ ރަގަޅީ.. ދެން އެހެންވީމަ ކޮއްކޮނެރޭކަށް މިއަދަކު ބޭބެއެއް ނޫޅޭނެދޯ؟

      8
      10
  5. ތީ މާކުރީގެ ވާހަކައެއް

    އެމަނިކުފާނު ވެސް ވިދާޅުވީ ޙައްދު ފަހަނައަޅައި ދިއުން ގޯސް ކަމަށެވެ. މޑޕ ގެ ޙަސަން ލަޠީފާ، އީވާ އުޅެނީ ޙައްދު ފަހަނައަޅައި ގެންދިއުމަށެވެ. މިހާރުވެސް ހިސާބަށްވުރެ ބޮޑަށް، މި ރާއްޖޭގައި ޒުވާނުންނާއި މުސްކުޅިން ވެސް ލަވަ ކިޔައި، މިއުޒިކް ކުޅެ ނާޗަނރަނގީ ކުޅެ ހަދައެވެ. ދެން އީވާމެން އެކަމަށޭ ކިޔާފައި، މި ރާއްޖޭގެ ކަންކޮޅު ތަކުގައި، ސަރުކާރުން ޚަރަދު ކޮށްގެން ޢިމާރާތްތައް ކޮށްފައި ދޫކޮށްލީމައި، އެހާހިސާބުން އޮންނާނީ ޙައްދު ފަހަނައަޅައި ގޮއްސައެވެ. އެތަންތަން ބަދަލުވާނީ މަސްތުވެގެން ވަޚުޝީ ޢަމަލު ހިންގާ، ނައިޓް ކްލަބް ތަކަކަށްކަން ޔަޤީނެވެ. ﷲގެ އިރާދަފުޅުން އެކަމެއް ނުވާނެ އެވެ! އާމީން

    41
    2
  6. ޏެހެރާޒު / ޒެންނާރު

    ވަގުތުން ހަަދާހަބަރު

    2
    17
  7. މމމ

    ޢެޒަމާނުގަ ޒިނޭވެސް ކުރި. ދެން؟؟

    14
    9
  8. މުސްކުޅިވެ އަޖަލު ކާރިނުވޭބާ

    އަދިވެސް މި ބޭފުޅާ 30 އަހަރު ވެރިކަން ކުރަން ދަހިވެތިވާހެން ހީވަނީ .

    22
    8
  9. ސަންގޯރު އަހުމަދު

    އެޒަމާނުގަ ތިޔަކަހަލަ އަބޫޖަހުލުން ވެސް އުޅުއްވީވެސް ދެއްތޯ

    22
    6
    • އައްޔާ

      އާން! މިއީ އެ ޒަމާނުގައި އުޅުނު ބޮޑު އަބޫޖަހުލަށް ތަބާވާ ކުޑަ އަބޫޖަހުލެއް!

      10
      9
  10. ފާރިސް

    ރަސޫލާ ޒަމާނުގަ ރާވެސް ބޮއެ އުޅުނު. ދެން އޭގެ މާނަ އަކީ ރާ ހުއްދަވާނެއޭތަ؟

    12
    6
  11. އަހުމަދު55

    މާތް ﷲ ދުނިޔޭގަ ލައްވާފަވާ އެއްޗިއްސަކީ އޭގެ ޒާތުގަ ހަރާމް ހަލާލުވާ އެއްޗައްސެއްނޫން. އެކަމު ހަރާމްވަނީ އެއެއްޗެއް ބޭނުން ކުރެވޭ ގޮތް. މާތް ﷲއަށްޓަކައި މިއުޒިކާއި ދުރުވާނަމަ އެކަމުގަ އެމީހަކަށް ހެޔޮދަރުމަވޭ. މިއުޒިކަކީ ޝައިތޯނާ ބޭނުންކުރާ މީޑިއަމްއެއް އިންސާނުންގެ ވިސްނުމާ ފިކުރަށް ވަނުމަށްޓަކައި. މިދުނިޔޭގެ ކުޑަކުޑަ ވަގުތުކޮޅު މިއީ ގިނަވެގެން އުޅޭ އެއްޗަކަށް ނަހައްދަވާ. މާތް ﷲ އިމްތިހާނު ކުރިމަތި ކުރުވާނީ އެމީހަކު ނުވެސް ދަންނަ ފަދައިން.

    12
    1
  12. އާލާ

    މައުމޫނު ކަންކަން އޮޅުވާނުލާ.އެޒަމާނޭ ކިޔާނެ ކަމެއްނެތް. ތީ އެއްކަލަ ބުރުގާ އެޅުމާގުޅިގެން މީހަކު ސުވާލުކުރުމުން ދިން ކަހަލަ ޖަވާބެއްތީ. ބުރުގާ އަކީ ނޫރު ސޫރަތުގައި ﷲ ވަހީކުރައްވާފައިވާ ކަނަޑައެޅިގެން ފެންނަނަް އޮތް ޙަޤީގަތެއް އޮޅުވާލާފަ ވާހަކަދެއްކި ބީދައިން ތިވާހަކަވެސް ތިދައްކަނީ. އެޒަމާނުގައި މަސްތީލަވަ އިޝްޤިލަވަނުކިޔާނެ.ދެޖިންސުން މަސްތުގައި ޖައްސާފަ ލަވަ ނުކިޔާނެ.

    11
    1
  13. ނާޗަރަންގީ

    އެމްޑީޕީ މީހުން ބޭނުންވާ ނާޗަރަންގީ ކުޅުން މިހާރު ސީދާސީދާ ނުކޮށް އެހެންގޮތްގޮތުން މިހާރު އެއުޅެނީ ކަވަރު ކުރަން.މިކަން އެނގޭނީ ވިސްނާބަޔަކަށް.

    10
    1
  14. 😡😡😡

    ލާދީނީ މީހުން ފެނޭތަ ޕީޕީއެމް އެ މީހުންނަށް. މުސްކުޅި ގަނޑު ވެރިކަމުގަ ހުރިއިރު މީހުންވެސް މެރި އެވެސް ހަލާލުކަމެއް ދޯ

    1
    6
  15. Anonymous

    މިއުޒިކް އެހުމާއި މިއުޒިކް ކުޅުމާއި ލަވަ ކިޔުމާއި ލަވަ އަޑު އެހުމަކީ ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުއެވަނީ ކިރިތި ރަސޫލާ މައްކާއިން މަދީމާ އަށް ހިޖުރަ ކުރެއްވި ދުވަހު މަދީނާގެ އަހުލުވެރިން ރަސޫލާއާ ބައްދަލު ކުރެއް ވީ އުފަލުން ލަވަކިޔާ ތާރަޖަހާފައޭ! އެދުވަހު ކީރިތި ރަސޫލާ އެކަން މަނާ ނުކުރެއްވި ކީއްވެހޭ؟ މިސުވާލަށް މިއުޅޭ ސޭޚުން އަޅެ ޖަވާބެއް ދީބަލަ؟؟

    9
    4
  16. ރައްޔިތުދޭސީ

    ލަވަ ހަލާލް ކުރާމީހާ ދޭތެރެ ދުރުކުރީވެސް ހަމަ ހަލާލް ގޮތުގަތޯ ފަގީރުވެދާނެތީ ތިޔަބައިމީހުންގެ ދަރިން ނުމަރާށޭ ގައިމު ސިޔަރަތުގައިކިޔާ އަޑުއިވޭ ކޮންމެ ރޯދަމަހަކު ދެން ތިޔަމީހާ ދައްކާވާހަކަ ގަބޫލް ކުރަންވާނެތޯ މިގައުމުގެ އާބާދީ 3ޖީލް ނައްތާލުމުގެ ސަބަބުން މިއަދު ދަޑައް މަހައް ފަރައް ރުކައް ދާނެ ދިވެއްސަކު ނެތް މޮޅުވާހަކަ ދައްކާފަ ޑުރަގް ހުއްޓުވާށޭކިޔާފަ މުޅިގައުމުގެ ހުރިހާ ސުކޫލް ތަކައް ގެންގޮސްގެން ޑުރަގް އިސްތިހާރް ކުރިކުރީނުން މުޅިގައުމުގައި ޕާޓެން މިއަދު ފެތުރިފައިމިވަނީ ކަމެއް ފަތުރަން ނޫނީ އެވާހަކަތައް ނުދައްކާށޭ ކިޔާ އަޑު އަހަން ބޯހަލާކް މިޔޮއް ގައުމެއްތާދޯ

    2
    1
  17. މައިކް

    ދިވެހިން ނުޖެހޭ މައުމޫން ބުނާހާއެޗެއކައް ނަށާކައް. މީނައަކީ އަމިއްލައެދުމާއިގެން ފޯވެފަހުން އިބިލީހެއް

    2
    1
  18. ނަފުރަތު

    މައުމޫނަކީ ރަތްލާޖެހި ހާމާނެއް..! ދިނަކީ މީނައަށް އެކަނި އެނގޭ އެއްޗެއް ކަމަށް ދެކޭ މީހެއް މިއީ..! މިފަދަ ފިތުނަވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި..! އާމީން

    2
    2
  19. މައުމޫން

    ބަހީ ބޭބެއާއިއެކު ނަށޭލާން..

  20. އަލީ

    ސެލްފީ ނެގުންވެސް ހަރާމްކަމަށް ބައެއްމީހުން ބުނެ.

  21. ދަލީލު

    ދަލީލަކަށް ވާނީ ހަވާލާ ދިނުމުން. ހަމަހުރެފަ މިހެން ވިޔޭ އެހެން ވިޔޭ ބުނުމަކުން ނުފުދޭނެ. ތިގޮތަށް ކަން ހިނގިކަމަށް ރިވާވެ ލިޔެވިފަ އޮތީ ކޮން ހަދީސް ފޮތެއްގަ ؟!

    1
    1
  22. Anonymous

    މިއުޒިކް ކުޅޭ ތަނެއް މާލޭގަ އެޅީމަ އައުރަ ނިވާނުކޮށް އެތަނަށް ދެ ޖިންސުގެ ޒުވާނުން އެއްވެ ލަވަ ކިޔާ ނަށާ ހަދާނެ. މިއުޒިކު އެކަންޏެއް ނޫންދޯ މިތާ މައްސަލައަކަށް ވެގެން މިއުޅެނީ. ޒުވާނުން ވަޒީފާ ގެއްލި، ޑުރަގުގެ ވަބާގަ ޖެހި ޖީލެއް ފަނާ ވަނީ، ޑުރަގުގެ ވަބާއިން ނިކުންނަށް ބޭނުންވާ ޒުވާނުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތް. މި ޖީލުގެ ޒުވާނުން ދީނާ ދުރުވެ، މިސްކިތްތަކަށް އެރުން މަދުވެ، ނަމާދު އަޅާ، ކައިވެނީގެ ބޭނުން 2 ޖިންސު އެކަހެރިކޮށް ބައްދަލުކޮށް، ޒިނޭކޮށް، ޒިނޭއަށް މަގުފަހިވާ އެތައްކަމެއްކޮށް، މި ހުރިހާ ކަމެއް މިހެން ވަމުން ދާއިރު ކުއްލިއަކަށް މުއިޒިކު ކުޅޭ ތަނެއް ނޭޅިގެން މިއުޅެނީ ކީއްވެބާ. ރާއްޖޭގަ ބާއްވާ ޝޯ ތަކުގައި އަންހެނުން އައުރަ ނިވާނުކޮށް ހިލެޭ ފިރިހެނުންގެ ލޯ ކުރިމަތީ ނަށާ ހަދަނީ ގުރުއާނުގަ ބެލުންތައް ތިރިކުރަން އަމުރުކުރައްވާފަ ނެތީމަ ތޯ. އައުރަ ނިވާކުރަން ގުރުއާނުގަ ސާފުކޮށް އަމުރުކުރައްވާފަ ނެތީމަތޯ. ރާއްޖޭގަ ބެންކުތަކުން ނަގާ ލޯނުގަ ރިބާ ހިމެނެނީ ގުރުއާނުގަ ހަރާންކުރައްވާފަ ނެތީމަ ތޯ.

  23. އައްލާ

    އޭރުގެ މިއުޒިކާއި މިހާރުގެ މިއުޒިކު އުޑާއި ބިމާއިހާ ތަފާތެވެ.

  24. ބޮޑުބެރު

    މިއުޒިކުގެ ހަލާލް، ޙަރާމް ބަހުސްގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ މާލޭގައި މަޖާކޮށް، މިއުޒިކް ކުޅެވޭނެ މަރުކަޒެއް އަޅަން ސަރުކާރަށް ގޮވާލުމުގެ ގޮތުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމުންނެވެ.
    މިއީ މިކަމަކީ ހަތަރުކަށިމަތި މާލޭގެ ރަޢިއްޔަތުން މަޖާކުރާނެ ތަނެއް ނެތުމުން ކަމަށް ވުން އެކަށީގެންވޭ! މާލޭގައި ދެންހުރި އެފަދަ ތަންތަނަކީ ، އަތޮޅު ތަކުގެ މީހުންވެސް ވަދެނިކުމެވާ ތަންތަން ކަމަށްވާތީ ކަމަށް ލަފާކުރެވެނީ....