ކުރީގެ އެމްއީއެސް ބިލްޑިންގައި ސަރުކާރުން ގާއިމްކުރި އިއްޒުއްދީން ސުކޫލްގެ ގިނަ ލީޑިންގ ޓީޗަރުން އިސްތިއުފާ ދީފި އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ގްރޭޑް 1 އިން ފެށިގެން 6 އާ ހަމައަށް ކިޔަވާދޭ އެ ސްކޫލްގައި ގިނަ ލީޑިންގ ޓީޗަރުން އިސްތިއުފާ ދީފައި ވަނީ ޕްރިންސިޕަލްއާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެނގިފައިވާގޮތުން އެ ސްކޫލްގެ ލީޑީންގ ޓީޗަރުންގެ ގޮތުގައި ފަސް މީހަކު ތިބޭއިރު، އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން ވަނީ ވަޒީފާއިން ވަކިވެފައެވެ.

މިކަމާއި ގުޅޭގޮތުން ސްކޫލެގެ ބަހެއް އަދި ނުލިބޭއިރު، މިނިސްޓްރީންވެސް މިކަމާއި އަދި އެއްޗެއް ވިދާޅެެއް ނުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބިރުދައްކާ މިނިސްޓަރު

    މިމިނިސްޓަރު ވަނީ އެތައްއެތައް ޓީޗަރުންނައް ވަޒީފާގެ ބިރުދައްކާފައި.

    53
    1
  2. ޢިއްސެ

    ތިވާނީ ޕްރިންސިޕަލްގެ އުނދަގޫ ބޮޑުވީކަމަށް. ޢުތުރުގެ ކުޑަކުޑަ ސްކޫލެއް ހިންގުމުގައި ހުރި އިސްމާލު ބޮޑު ސްކޫލެއް ހިންގަން ލީމާ ކިހިނެއް ވާނީ

    58
    2
  3. ހަގީގަތް

    ހުޅުމާލޭ ރެހެންދި ސްކޫލްގެ ވެރިންވެސް އިސްތި އުފާ ދިނުމަށް ގޮވާލަން، ޖެނު އަރީ 10 ގަ އި ސްކޫލްގަ ކިޔަވަދޭން ފެށިފަހުން ގުރޭޑް-10 ފިޔަވާ އެހެން ދަރިވަރުން ސްކޫލަށް ގެންދަނީ ދެދުވަހުން އެ އްދުވަހު، މުދަ އްރިސުން އަދިވެސް ހަމަނުވޭ، ސްކޫލް ހުޅުވުނު ފަހުން ގުރޭޑް-9 އަށް ފިޒިކްސް ކިޔަވާނުދޭ. ކިޔަވަ ނުދޭތީ ގުރޭޑް-9 ގެ ޔުނިޓްޓެސްޓް ޓަ އިމްޓޭބަލްގަ ފިޒިކްސް މާ އްދާ ނުހިމަނާ. އެމާ އްދާ އަކުން ޓެސްޓެ އް ނުނަގާ. ވަރުވަރުން ވެރިންތިބެ ދަރިވަރުންނަށް ހުރިހާ ގެ އްލުމެ އް. އެޑިޔުކޭޝަން މިނިސްޓަރަށް މިކަން އެނގިލަ އްވާތޯ؟

    13
    1
  4. ޢަލީ

    ޢިއްޒުއްދީން ސްކޫލުގެ އާބާދީއަކީ ރާއްޖެތެރޭގެ އާބީދީ މަދުރަށެއްގެ ސްކޫލުގެ އާބާދީ

  5. ޙުހއް

    ޓީޗަރުން ގޭގައި ތިބެގެން ޓިއުޝަންދިނަސް ތި އުފުލަންޖެހޭ ބުރައާއި މިނިސްޓްރީއިން ފިއްތާފިއްތުންތަކުން ހިތައްލިބޭ އުނދަގުލައްވުރެ މާރަނގަޅުވާނެ.

    15
  6. Happy

    ޢަސްލުވެސް ކަޑަ ޕްރިނސިޕަލެއް

    11
  7. ާަަަަަޔުމުނަ

    ޢި ސްތިއުފާދީ

    12
  8. ޖޫން ޖުލައި

    ވަޒިރަށް ނުކަތާއިގެން އަތުންދޫވެގެން ދިޔައީ.އައިޗާ އަކީ އެއްވެސް މީހެއްނުން.ގާބިލު މީހެއް ވަޒީރަކަށް ގެންނަވާ.އެއިރުން މިކަހަލަ ކަމެއް ދިމާނުވާނެ

  9. ފަޒީލް

    ކަންކަން ކުރަން އެނގުނަސް، ހިސާބަށްވުރެ ބޮޑަށްހުދުމުހުތާރު މީހުންނާ، ތަންތަން ހިންގަން ޙަވާލުކުރީމާ ތިކަހަލަ ނަތީޖާ ވެސް ފެންނާނެ. މާޒީ ގައިވެސް ކަންކަން ހިނގާފައިވަނީ މިބުނާ ބީދައިން. އޭގެ ރީތި މިސާލެއް. (ފުވައްމުލަކު ސްކޫލެއްގައި ސްޕަވައިޒަރަކަށް ހުރި މީހަކު އުތުރު އަތޮޅެއްގެ ސުކޫލެއް ހިންގަން "އެކްޓިންގ ހެޑްމާސްޓަރެއް" ގެ ގޮތުގައި ފޮނުވީމާ ދެނެކާ ދެނެއް ނެތް. ހީވީ ހިތާދޫ މީހަކަށް ހުދު ފޮށައެއް ލިބިގެން އުޅުނުހެން. ސްކޫލަށްވުރެ މުހިންމުވީ ރަށުތެރެ. މަސްބާނަން ދިއުމާ، ރޭގަނޑު ގަރުދިޔަ ސޫޕު ހެދުމާ، އެސެމްބްލީއަށް ޙާޟިރުވާ މަދު ދުވަހެއްގައިވެސް ފެންނުވަރާ ނުތާހިރުކަންމަތީ ހުރުމާ، ތަނުގައި ތިބި ވަކިބަޔަކު ވަޒީފާއިން ވަކިކުރަން އުޅުމާ... މިހެންގޮސް އެތައް ކަމެއް. އެންމެ ފަހުން ގޮވީ އަތަށް. ދެން އަހަރަކު ސްކޫލެއް ހިންގަން ހަވާލުކުރުމުން ކަންތައްތައް ބޮޑުވަމުންގޮސް ބޮޑުތަނުން ވީ ފެއިލް)
    މިބުނާ ބޭފުޅާ މިހާރު ކުރައްވާ ކަމަކީ ޕީޕީ ޕޯޑިއަމްގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުން.

    3
    1
  10. ވަރުގަދަ ކަމެއްނު!

    މިއުޅެނީ ވަޒީރުންގެ މަޖްލިސް އިސްތިޢުފާ ދީގެނެއް ނޫނެވެ. އެމީހުންތިބީ އަދިވެސް އެ ސްކޫލްގެ ޓީޗަރުންގެ ގޮތުގައެވެ. ލީޑިންގ ޓީޗަރުކަން ބޭނުން ނޫނިއްޔާ، އެކަމަށް އޯކޭ ބަޔަކު ހަމަޖެއްސީމައި ނިމުނީއެވެ. މިއީ ނޫސްތަކުގައި ޖަހާވަރަށްވުރެ އޮއްޓަރެއް ނެތް ވާހަކައެކެވެ. ހީވާގޮތުން މާމޮޅުކަމެއް ކުރެވުނުކަމަށް ދެކިގެން، މިއީ އެމީހުން އަމިއްލަޔަށް ނޫސްތަކަށް ދީގެން އުޅޭ ވާހަކައެކެވެ.

    1
    3
  11. ޔުވާން

    އިއްޒައްދީން ސްކޫލް ރަނގަޅަށް ކުރިޔަށްދާނީ މިސްކޫލްގެ ޕްރިންސިޕަލް އިސްމާއިލްނަސީރުއާއި އެޑްމިނިސްޓޭޓާ އައިމިނަތްޒުމްރާ އިސްތިއުފާދިނުމުންނެވެ. މިއީ ސްޓާފުންނަށް ވަރަށް ހަރާންކޯރު މުޢާމަލާތު ކުރުމުގައި ގޮތެއްނެއްބައެއްކަން ވަނީ ހާމަވެފައެވެ.