މިރޭ މާލޭގެ ބައެއް ސަރަހައްދުން ފެން ކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިވްއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރިއަށްދާނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިރޭ 23:00 އިން 2:00 އަށެވެ.

އެގޮތުން ފްލޫނިއާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބިސީތަކާއި، ހަވީރީ ހިނގުމުާއި ފްލޫނިއާ މަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން މި ވަގުތުގައި ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް އެމްޑަބްލިވްއެސްސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢަހަންމާ

  ޥަރަށް ރަގަޅު ޜައްޔިތުން ގެއަށް ވައްދާފަ ފެންކަޑާލަނީ. މީ ހަމަ ބަލާވެރި ސަރުކާރެއް

  3
  1
  • ބުރާންތި

   ކަލޭ ބުނެބަލަ ފެން ނުކަނޑައި ފެންހޮޅި ގުޅާނެގޮތެއް. ކަލޭގެ ދަރިންނަށް ފަހުން ފައިދާވާނީ