ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުން ބަދަލުކޮށް މިސަރުކާރުން އެކުލަވާލި ލިސްޓްގައި ވެސް ކުށް ހުންނާނެކަމާއި މެދު ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އެކުލަވާލުމުގައި ބައެއް ކަންކަން އަތްދަށުން ދޫވެފައި ހުރެދާނެކަން ޤަބޫލުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް އެ ލިސްޓުގައި ކުށް މަދުވާނެ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވަން ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފުކުރައްވާފައެވެ.

"7000 ފްލެޓްގައި ޝަކުވާ ހުންނާނެ. އެއަކު ޝައްކެއް ވެސް ނެތް. އެކަމަކު އޭގައި ކުށް މަދުވާނެ. ހުންނާނެ އަތްދަށުން ދޫވެފައި ހުރި ކަންކަންވެސް." އެމަނިކުފާނު ވިދާޅުވިއެވެ.

ރަައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާއްމު ކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ހިޔާ މަޝްރޫއުގެ 7000 ފްލެޓްގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ޔާމީނުގެ ވެރިކަން ނިމުނުއިރު ފްލެޓްތައް ދޭނެ މީހުން ވެސް އޮތީ ކަނޑައަޅާފައެވެ.

ނަމަވެސް ފްލެޓްތައް ދިނުމުގެ މަރުހަލާ އިންސާފުވެރި ނޫން ކަމަށް ބުނެ އަލުން ޕޮއިންޓު ދީގެން ހުރިހާ ފްލެޓްތައް މީހުންނަށް ދިނުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ކޮށްފައެވެ. އެ މަސައްކަތް ކުރި ފްލެޓް ކޮމިޓީއެއް އުފަދައިގެން އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ފްލެޓް ކޮމެޓީން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ކަލޭ މިގަ އުމާ ދޭތެރޭ ހިތުހުރި ގޮތަކަށް ކަންތަ އް ނުކުރުމަށް، ގަ އުމުދެކެ ލޯބިވާ ދަރި އެ އްގެ ހަ އިސި އްޔަތުން އިލްތިމާސްކުރަން.

    13
    1
  2. ޑަބިޔާ

    ކަލޯމެން ކުރާ ހުރިހާ ކަމެއްވެސް ހުންނާނީ ތިހެން ޔާމީން ގޯސްކޮއް ކުރިކަމަށް ކިޔަން ކަލޭމެންނައް އިގުނީ. ރަނގަޅައް އެއްވެސް ކަމެއް ނުދާނެ ކަންޔަގީން ސަބަބަކީ އަބަދުވެސް ހެއްދެވި ފަރާތް އަންގާ ގޮތައް ނޫން ގޮތައް ތެދުވަން އުޅުން. ދުވަހަކުވެސް ކާމިޔާބެއް ނުވާނެ އެއްވެސް ކަމެެއް ރަނގަޅައް ނުވެސް ކުރެވޭނެ. ތޯތޯ ވާހަކައެއްނޫން

  3. އަނިލް

    ބަލަ ކަލޯ ކަލޭވެސްވެރިކަމުގައި ބޮލުގެ މޮޅުއެއްޗެއް ހަދާނަމޭހިތުން ކަލޭގެ ކުރިމަތީގައި
    ހުރިހާވަޒީރުންގެ އިސްތިއުފާގެ ސިޓީހުށްހެޅިއިރު
    އެދުވަހު ޑޮކްޓަރ ވަހީދުގެ ބޯހަރުކަމުން ސިޓީ
    ހުށަނޭލުމުން ތިމާ މީހާ ގޮތް ހުސްވުމުން ވެރިކަން އަތްދޮށުން ދޫވެގެންނޫންތޯ ވެރިކަން ނިމިގެން ދިޔައީ

    11
  4. ހަސަނު

    ކުށެއްނޫން އޮޅުވާލުން.

  5. މަޒް

    ޔާމީނު އަޅާ ނިންމާފަ ހުރި އެއްޗެއްނަމަ އެތާންގައި މީހުން ދިރި އުޅެން ނުފެށީ ކީއްވެ.. ހުސް ކޮސް ގޮވަނީ.. ފުލެޓުތައް އޭރު ބަހާ ނިންމާލީ ޕާޓީ ކުދިންނަށް.. މިހާރުވެސް ތިޔަ ލިސްޓަކަށް މާ ބޮޑު ބަދަލެއް ނާދޭ

    1
    14
  6. ަަަާަާައާމިން

    މަގޭ ދަ ރިފުގެ ފުޅެޓް ކާލީ ނަ ރުހުންގެ ކެޓަގަ ރީން ކު ރިމަތިލާ ލިބިފަކަމަށް ލިޔުން ލިބިފައި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައޮއްވާ

  7. ދެރަ

    މި ސަރުކާރުން މާ ބޭއިންސާފުން ކަންތަށް ކުރަނީ.. . ހީވެސް ނުކުރަން ތިހާ ބޭއިންސާފުން ކަންތަށް ކުރާނޭ ކަމަށް.. ނިކަމެތިން އަތުން ފްލެޓް އަތުލާފަ މާލޭގެ ގެ ހުރި މުއްސަދިންނަށް ދިނުމަކީ ވަރަށް ބޭއިންސާފް އަމަލެއް

    12
  8. ނަގޫރޯޅި

    ފްލެޓް ވަގު

  9. ވާނީ

    އަޖާއިބުވާވަރު ވާހަކައެއް، ކުރީގައި މި ފުލެޓް ތަކަށް ކުރިމަތި ނުލާ 200 ވަރަށް މީހުނަށް މިފަހަރު މި ފްލެޓް ލިބުނީ ކީއްވޭ؟ މަ ރައްޓއްސެއްގެ މަމްމަޔައްވެސް ލިބުނު! އެއީ ކުރިން މި ފްލެޓައް ލި މީހެއްވެސް ނޫން. ހުދު އޭނަވެސް ބުނި

    10
  10. އާސިދާ

    އަނެއްކާވެސް ލަސްވާނެ މަގެއް އޮތްތޯ ބަލަނީބާ މިނޫނީ އަދި މިގައުމުގަ ފްލެޓެއް ދީފައި ނުވަނީބާ..ޕިސްޕިސް

  11. ފައްކާ

    ވިޔާނުދާ ސޮރު. ޝައްކެއްެވެސް ނެތް! މީ ބޮޑުވިޔާނުދާ ކޮހެއް/ މި ޤައުމު ދޫކޮށްލެވުނީ މި ޤައުމެއްގައި ހުރި އެންމެބޮޑު ދެކޮހުންނަށް. ކޮސްގޮވާ ގޮވާ ސޮނި ފައިބާ! ސޫލާ ސިރާޖު ހިއްަވާފަހުންނަ ފަހަރަކު ވިއްޔާ އެބަ އޮރިޔާންވޭ! ވިޔާނުދާ ސޮރު!

  12. ޖޫން ޖުލައި

    ޝައްކެއް ނޯންނާނެތާ އެނގިގެން ކުރިކަމެއްވިއްޔާ..

  13. ރައްޔަތުންނާދޭތެރޭ ވިސްނާބެ

    ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވަން ބޭނުން ނުވާނެ ކަމުގަ ހެކި މިގައުމުގައި މީހުން އުޅެން ފެށީއްސުރެ ބޯހިޔާ ވަހިކަމުގެ މަސް އަލަޔެއް ނެތި ކައިވެނިކުރާ ދެމަފިރިންނައް ގޯތިދެމުން އައީ ކާފަގެ މާމަގެ މުނިކާފަގެ މައިންބަފައިންގެ ގެދޮރު ހުރިތޯ އެއް ނުބަލާ ކުއްލިޔަކައް އައި ޑިމޮކްރަސީއެއްގެ ދަށުން ބިންތައް ހިސޯރުކޮއް ރައްޔިތުންނައް ގޯތި ނުދޭން ފެށުނު ހިސަބުން ތިޔަ ގޯތީގެ މަސްއަލަ ނިކަންނަންފެށީ ޙައްސަކޮއް މިމާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ސަރުކާތަކުން ހިންގީ ބޭއިންސާފް ރައްރަށުގަ ގޯތި ދީފައި މާލޭގެ ރައްޔިތުންނައް ނުދީ ދަތިކޮއްފައި ފެށީ ފުލެޓްވިޔަފާރި ސީދާ ސަރުކާރުތަކުން ރައްޔިތުންނައް މީއެންމެންދަންނަސިއްރެއް މިއަދު ބޯހިޔާވަހިކަމޭ ތިޔަކިޔަނީ އިންތިހާބައް ވޯޓްހޯދަން

  14. އެމަންޖެ

    މީނާގެ އަންގަ ވަންނާނެ ކޮންމެތާކައް.

  15. ފާއިޒު

    ފްލެޓް ކޮމިޓީގައި ހިމެނިފައިވަނީ އެކަމަށް ތަޞައްރަފު ނުފުދޭ މެންބަރުންތަކެއް ކަމަށް ރައްޔިތުންގެ މަޖުލީހެގެ ރައީސް އިޢުތިރާފުވެ ވަޑައިގެންނެވި ވާހަކަ މިއޮތީ މިޚަބަރުގައި

  16. ނޮޓް

    މިސަރުކާރުންވިއްޔާ ލިއުމުގެ ކުށާ އަތުން ދޫވި ކުށާ އޮޅިގެން ބުނެވޭ އެއްޗެއްސާ މި އޮންނަނީ. އެސަރުކާރުންވިއްޔާ ގަސްދުގައި ނުލަފާކަމުން އަނިޔާވެރިކަމުން ކުރާ ކަންކަން ކަމަށްވެފައި އޮންނަނީ. ދުލުގަ ގޮށެއްނުޖެހޭވިއްޔަ ބޭނުންއެއްޗެއް ކިޔާއިރު.