އިއުލާން ކުރި ފްލެޓް ލިސްޓްގައި މައްސަލަ ހުރި ނަމަ އެކަން ބަލާ ހައްލު ހޯދާ ދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ދެންމެ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ފްލެޓްތައް އެންމެ ޙައްޤުވާ ފަރާތްތަކަށް ނުލިބި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިިދިޔަ ސަރުކާރުން ފަށާފައި އޮތް މަސައްކަތެއް 7000 ފްލެޓްގެ މަސައްކަތަކީ. އެ މަސައްކަތް ނިމުމުން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ކޮށްފައި. އަޅުގަނޑަށް އިނގޭ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުން އެބަހުރިކަން. 7000 ފްލެޓަށް 25،000 މީހުން ކުރިމަތިލާ އިރު ޝަކުވާ ހުންނާނެ. އިއުލާން ކުރި ފްލެޓްގައި މައްސަލަ ހުރި ނަމަ އެކަން ބަލާ ހައްލު ހޯދައި ދޭނަން." ރައީސް ވިދާޅުވިއެވެ.

އަހަރެއްހާ ދުވަހަށް ފަހު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ ފްލެޓްގެ ތެރެއިން 7000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ނަން އިޢުލާންކޮށްފައި ވާއިރު އާއްމުންގެ ގިނަ ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާ ކަމަށާއި، އެ މަސައްކަތް ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ވެސް މިރޭ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ނިމުމަކާއި ގާތައް ގޮސްފައި ހުރި 7000 ހައުސިން ޔުނިޓް އޭރު ދީފައި ވަނީ ޙައްޤު ނޫން ފަރާތްތަކަކަށް ކަމަށް ބުނެ ރައީސް ޞާލިހް ވަނީ ހައްޤުވެރިންނަށް ފްލެޓް ހަވާލު ކުރަން ކޮމެޓީއެއް އެކުލަވާލާފައެވެ. އެކޮމެޓީން ދެއަހަރު ދުވަހު މަސައްކަތް ކޮށްގެން މިހާރު ފްލެޓް ލިބޭނެ މީހުންގެ ލިސްޓެއް ތައްޔާރުކޮށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ކުރިން ފްލެޓް ލިބުނު ނިކަމެތި އެތައް ރައްޔިތުންނެއްގެ އަތުން މިސަރުކާރުން ވަނީ ފްލެޓް ނިގުޅައިގެންފައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކަށާއި އެފަރާތްތަކާއި ގުޅުން އޮންނަ މީހުންނަށް ފްލެޓްތައް ދިން ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އެކަމަށް ބާރުލިބޭ ހެކިތައް ވެސް އެކިފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ސައީދު

    ފުލެޓުގައި އެއްވެސް މައްސައެއްނެތް! މައްސަލައުޅެނީ ލިބޭ ފަރާތައް ކަޑައެޅުމުގައި މިކަަން އިސްލާހުކުރާނަމަ ފުރަތަމަ އާއިލާއަށް ދިން ފުލެޓ އަތުލާ! އިބުރާހިމަކީ އެއްކަމެއްގައި އެތަކެއް ދޮގުހަދައިފައިވާ މީހެއް ރައްޔިތުންގެ މެޖޯރިޓީ އިބުރާހިމް ދައްކާއެއްވެސް ވާހަކައަކަށް އިތުބާނުކުރޭ!

  2. ށަލާމީ

    ތިޔަސަކުވާ ހަ އްލެ އް ނުވާނެ ދުވަހަކުވެސް ރަ އްރަށުގަ ތިބި މީހުންނަ އް ކެޓަގަރީ އެއއ އް ހަދަ އިގެން މުޅިން ގަޑުބަޑުވާނީ ރަ އްރަށު މީހުންނަ އް އެރަށަކުންދީ

    4
    1
  3. އަސްލަމް

    މަނަދޫ މަރިޔަމްސައީދާއަށް ލިބިފައޮތް ފްލެޓް ބާތިލްކޮށްފިއްޔާ ސަރުކާރު އިހްލާސްތެރިކަމަށް ބަލާނަން. ސަބަބު އޭނަޔަކީ ރަށުގަ އަމިއްލަގޭގަ އުޅޭ މީހަކަށްވުން

  4. ދޮންކާނަ

    މައްސަލަ ބާވަރު ބެލޭނެބާ؟؟؟

  5. ހުސޭނުބޭ

    ފްލެޓްގައެއް ނޫނޭ މައްސަލަ ހުރީކީ! ފްލެޓް ދިން ގޮތުގައި މައްސަލަ ބޮޑީ!

  6. ސިރީން

    މައްސަލަ އުޅޭ، ދެލޯ ހޮޅުވައިގެން ބަލާބަލަ

  7. ނޫރު

    ރ.ޔާމިންގެ ސަރުކާރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރީ އެމީހާގެ ރެކޯޑް އަށާއި އެމީހާގެ އިގުރާރަށް.... ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން އުޅޭތަން ބަލާއިރު އެއީ އެ ރައްޔިތު މީހާ ކުއްޔަށް އުޅޭ ކޮންމެވެސް މީހެއްގެ ގެޔެއް.. އެތަނުގެ ފެންވަރު އާއި ގު ގުޅިފައިވާނީ ގޭގެ ވެރިފަރާތާއި. ރ. ސޯލިހުގެ އާއިލާ 10 އަހަރު އެމްއެސްއެލްގެ ބާވެފަ ހުރި ފުލެޓްގައި އުޅުއްވީ .. އެތަނުގެ މެއިންޓްނަންސް ބަލަހައްޓަންޖެހޭނީ ވެރިފަރާތުން އެއީ ކުއްޔަށްތިބޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރެވޭނެ ގޮތެއްނޫން... ރައްޔިތުންގެ ފުލެޓްތައް އަބުރާ ހަވާލުކުރޭ.....

  8. މާމަ

    ހައްގުވެރިންނަށް ދިނީމަ ތަން ކުއްޔަށް ދީގެން އާމްދަނީ ހޯދާނީ.

    3
    2
  9. ޙުޜާ

    ހައްލު ހޯދާދޭއިރު މިޙާރު ލިބިފަ ހުރި ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއދައިގެ މީހާ އަތުން އަތުލާނެ

  10. ޑަބިޔާ

    ހައްލު ހޯދަދީ އޯގާތެރި ވެރިކަމެއް ކުރަން އަހަރެމެން ގެނައީ ކަލޯމެން އެކަމެއް ކަލޯމެނަކަށް ނުވި. ކިހިނެއް ކުރާނީ އަބަދުވެސް އުޅެވެނީ ދީނުން ބޭރުނުވެވިގެން. އެހެންވުން އެކަށީގެންވޭ ރާއްޖެއަށް ގެންނަ ހާ ރަލެއް މިގެންނަނީ ކަލޯގެ މީހުން

  11. ސްކިޕަރ

    އެހެންވީމަ މިހާރު މި ކަށަވަރުވީ މައްސަލަ އެބަ ހުރިކަން. ފަޅާ ތިއެރީ.

  12. ާފަތޭ

    ވެ ރިކަމުގެ ބާކީއޮތްތާގަ އަނެއްކާ އަނެއް ކޮމިޓީ ހަދައިގެން ވެ ރިކަން ނިމެންދެން ތެޅިތެޅިތިބޭ. ވެ ރިކަމެއްތަ މިކު ރަނީ ނޫނީ ބަލާވެ ރިކަމެއްތަމީ.

  13. ސިޔާސަތުލާހޫރޭ

    ތި މައްސަލައެއް ދުވަހަކުވެސް ނުނިމޭނެ.. އިންސާނުން ކުރާކަންކަމުގަ މައްސަލަ ހޯދާނިމޭނެތަ؟ މޮޅު ވާހަކަ ނުދައްކާ ތިކަން ދިގު ނުދަންމާ ދެންވެސް ނިންމޭތޯ ބަލާ މިހާރު ތިވެސް އަރަތަކަށް ވެއްޖެދޯ؟؟ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރައާ ބޮޑު އެލަވަންސް ދީގެން ބޮޑު ކޮމިޓީއެއް ހަދުވާފަ މަސައްކަތްކޮށްގެން ތިޔަ ނެރުނު ދާއިމީ ލިސްޓުގެ ބޭނުމަކީ ކޮބާ؟؟ ތިޔަށް ކިޔަނީ ސިޔާސަތު ލާހޫރޭ...އަމާޒެއް ނެތް ސަރުކާރު..

  14. ޤައްދާރު

    މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހުރިނަމަ ކޮބާތޯ ރައީސް ޔާމީނު އަޅުއްވަން ނިންމި 2500 ކަށް ފުލެޓު؟ އެފުލެޓަށް ވީ ކިހިނެއްތޯ؟

  15. ސުއައިބު

    މައްސަލަ ބަލާނެ ކަމަށް ބުނާއިރު ޝަކުވާ ހުށަހެޅޭނެ ގޮތެއްވެސް ނެތް. ހުސް ވާހަކަ!

  16. އަދުލުއިންސާފު

    ފްލެޓްގައި މައްސަލަ އެބަހުރި؟؟؟ ދާއިރާތަކުގެ މެންބަރު ހަނުގައި؟؟؟ ކޮންމެއް މެންބަރެއްގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އަޑު އަހަންވީ ވަގުތު ނޫންތޯ މިއީ؟ ކޮބާތޯ ވޯޓު ހޯދުމަށްޓަކައި ދާއިރާ މެންބަރުވި ޕޯޑިއަމްތަކަށް އަރާ ވިވައުދުތައް؟ ހަދާންނެތުނީތޯ؟

  17. ޤައުމަށްޤައްދާރު

    އިއުލާން ކުރި ފްލެޓްގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި؟؟؟ އެމް.ޑީ.ޕީއިން ފުލެޓްގެ މައްސަލަ ހައްލުކޮށްދެވޭނެބާ؟ ފުލެޓްގެ މައްސަލަ ހައްލުވެއްޖެއް ހާލަތެއްގައި ފުލެޓް ލިބޭނެތޯ؟ ހާލުތު ބަލަން ގެތަކަށް ޒިޔާރަ ކުރިއިރު އިތުރުވެފައިވާ ދަރިންނަށް ޕްއިންޓް ދިނުމުގައި މިސަރުކާރުން އިހުމާލުވީ ކީއްވެތޯ؟ތޯހާ އަގަޔަށް ބާރުލާފަ ބުނާ އިންސާފަކީ މިއީތޯ؟ ރައީސް ސޯލިހުގެ ޖާވާބު ބޭނުން......

  18. Anonymous

    ފްލެޓްގައި މައްސަލަ އެބަހުރި ހައްލު ހޯދައިދޭވޭނެބާ؟ ޕީ.ޕީ އެމް ސަރުކާރުގައި ފުލެޓްދޫއްކޮށްފައި ހުރު

  19. ތތ

    ނިކަމެތި ރައްޔިތުންގެ އަތުން ފްލެޓް އަތުލާފަ މާލޭގެ އަދި ސަރުކާރުގެ މުއްސަދި ބޭފުޅުންނަށް ދިނީ... މާލޭގަ އެތަށް ގެޔެއް ލިބިފަ ތިބި މާލޭ މީހުންނަށް ހިޔާ ފްލެޓް ލިބުމަކީ ވަރަށް ބޭއިންސާފުން ކުރިކަމެއް.. އެމީހުން ފްލެޓްގަ ނުއުޅެ ފްލޭޓް ދެނީ ކުއްޔަށް.. މި ސަރުކާރުން މިހާ ބޭއިންސާފުން ކަންތަށް ކުރާނެ ކަމަށް ހީވެސް ނުކުރަން..

  20. އަންދާޤާނޫނު

    ޕީ.ޕީ.އެމްގެ ސަރުކާރުން ދޫކުރި ލިޔުންތައް ތަންފީޒުކޮށް ދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަން. ސަރުކާރުން ދޫކުރާ މިަފަދަ ލިޔުންތައް ތަންފީޒު ނުވެ ދިއުމަކީ، ދިވެހި ސަރުކާރުން ދޫކުރާ ލިޔުމުގެ އެއްވެސް އަގެއް ނެތްކަން ދޭހަވާކަމެއް. މިފަދަ ލިޔުތައް ލިބުނު މީހުންގެ ތެރެއިން މިސަރުކާރަށް ތާއީދު ނުކުރުމުގެ ސަބަބުން ފުލެޓު ލިބުމުން މަހުރޫކޮށްލުމަކީ ދިވެހިރައްޔިތުންނާއި މެދު އަދުލު އިންސާފުން ކަންތައްތައް ކުރުމުގައި އެމް.ޑީ.ޕީ ސަރުކާރު ނުކުޅެދިފައިވާކަން ދޭހަވާކަމެއް.

    6
    1
  21. އުމަރުމަނިކު

    ގެދޮރަކީ އެންމެންގެ ހައްގެއް، އެ ދިނުމުގައި އަދުލުވެރި ނުވެއްޖެނަމަ މަޤުމައްޗަށް ނިކުމެގެން ވެސް ހޯއްދަން މިތިބީ ތައްޔާރަށް؟ ދިވެހިރައްޔިތުން މިއަދު އެންމެއް ބޭނުން ޖެހިފައިވަނީ ބޯހިޔާވެހިަކަން / މިއުޒިކެއް ނޫން. މިައުޒިކު ޖަހަން ބޭނުން ވެއްޖެޔާ އަތުގައި އޮންނަ ފޯނުންވެސް މިއުޒިކު އަޑުއަހާލެވިދާނެ.

  22. އަލީވައްޑޭ

    ހާލުތު ބަލަން ދިޔައިރު އިތުރުވި ދަރިންނަށް ޕޮއިންޓް މިސަރުކާރުން ނުދިނުމަކީ، މިސަރުކާރު ތެރޭގައި އަދުލުއިންސާފު ރައްޔިތުންގެ މެދުގައި ނެތްކަން ހާމަވިކަމެއް.

    4
    1
  23. ރާއްޖެތެރެ

    އެމްޑީޕީ އިސް ވެރިންގެ މީހުންނަ ބަހާލީ

  24. ނިޒާމު

    ތިޔަ ދިގުދެންމި ވަ ރަކައް ވާނީގޯސް މީ،ދިވެހިން ބަސް އެހުމުގެފެންވަ ރު ބައްލަވާ މިޔޮއް ބޮޑު ރޯގާ ދުވަސްވަ ރު އެޗް.ޕީ.އޭ އަށްވެސް ބޯ ނުލަނބާ..ތި ޔަ ފްލެޓް ކަންތައް ދޮގުނުދައްމަ ނިންމުން ބުއްދިވެ ރި..މީގެ ކުރިންވެސް ފްލެޓް އަޅާ ފްލެޓް ބަހާ..މިވަރެއްނުވޭ....އެންމެނައް އެއްފަހަރަކާ ނުވެސްދެވޭނެ...ހޯވަނީ ތިޔަލަން ކުރަން 3 އަހަ ރުވެސް ނަގާފާނެހެން..ތިޔަހާ އިންސާފައް ބަލަނޯނަމަ..ކޯކޭތޯ

  25. ހަގީގަތް

    ކުރީ ސަރުކާރުން ދީފަ ހުރިގޮތަށް ފުލެޓް ދީފަ އޭގަ ހުރި ގޯސްތަށް ރައްޔިތުން އަށް ކިޔާ ދިންނަމަ ފުލެޓް ތަކާ ނުކުޅެ އޭރުން މޮޅު ވީސް މިހާރު ތިއޮތީ ގުއިރޯނުގާ ޖެހިފައި ދެންތިޔަކުން ސަލާމަތެއް ނުވެވޭނެ

  26. ޖޫން ޖުލައި

    އެހެންވިއްޔާ އަވަހަށް ތައްޔާރުވާންވީނުން.މުޅި އުމުރު ރާއްޖެތެރޭ ދިރިއުޅޭ މީހުންނަށްވެސް ފުލެޓް ލިބިފަ އެބަހުރި.ހީވާގޮތުން ފުލެޓް ތަކަކީ މާލޭގަ ހާލުގަ ދިރިއުޅޭ މީހުންނަށް އެޅި ފުލެޓް ތަކެއް.ކީކޭ ބުނާނީ.

  27. ޑައެލޯގް

    ހޫން! ކަލެއަށް ތިހުރީ ހައްލު ހޯދައިދެވިފައެވެ. މިވީހާތަނަށް ތިޔަބުނާ ހައްލެއް ހޯދައިދެވުނީ ރޭޕްކުރާ މީހުންނަށާއި، ދީނަށް ފުރައްސާރަކުރާމީހުންނަށާއި ވަގުންނަށެވެ.
    1. ހޯރަ އިއްބެދޫކޮށް އޭނާއަށް ހައްލުހޯދައިދިނުން
    2. ސަފާރީ ރޭޕިސްޓުންނަށް ހައްލުހޯދައިދިނުން
    3. އުތެމަ އަށާޢި އެމްޑީއެންގެ އިސްވެރިނަށް މަތީމަގާމުދީ ހައްލުހޯދައިދިނުން
    4. ދީބާޖާ ކަހަލަ ބައިވަރު ގުރޫޕުތަކަށް ދައުލަތުގެ ހާޒާނާދިނުން

  28. ވަތަނަބޭ

    އިސްތިއުފާ ދޭންވީ ،ވަރަށް ސަޅިވާނެ

  29. އަލީ ފައިސަލު

    މާދުރަކަށް ނޫން . ތިޕާޓީ އޮފީސް ހުންނަ މަގުގެ އެނެއް ކަންމަތީ ހުންނަ މަރިޔަމުގެ ކުދިންނަށް ވީގޮތް ބަލާބަލަ.

  30. އެމަންޖެ

    މަނިކުފާނުންމެންގެ ވެރިކަމެއްގާ ހައްލެއް ނުލިބޭނެ އެއްވެސް ކަމަކައް.

  31. ސަޢީދު

    އިދިކޮޅަށް ހަމަ ފަށްފަށުން ސާބަސް! ތިޔަބޭފުޅުންގެ މަސައްކަތުން ސަރުކާރުގެ ފިޔަ ބިނދެމުންދާތަން އެބަ ފެނޭ! ޕްރެޝަރ ބޮޑުވެ ވަރަ އެލޭތަން އެބަ ފެނޭ! ހިތްވަރުކޮށްލާ

  32. ނަމަ

    ރައީސް އަނެންކާ އޮލިގެން ނުބައި ލިސްޓެއް ނެރެގެން ކީރިތި ނުކުރައްވާފިއްޔާ ވެދާނެ

  33. ޙަހަހަހަހަހހަހަހ

    ޢިސްތިއުފާ

  34. ޒާ

    ކޮން ހައްލެއްގެ ވާހަކަ ތި ދައްކަނީ؟ އިބޫވަނީ ފެއިލްވެފަ. ހައްލެއް ހޯދައި ނުދެވޭނެ. ވެރިކަމަށް ކަމަކު ނުދޭ. ވީހާ ވައުދު ވަނީ ބޮޑު ދޮގަށްވެ ހުސްވެފަ.

  35. ކަނބުލޮ

    އިޢުލާން ކުރި ފުލެޓުގައެއް ނޫނޭ މައްސަލަ ހުރީ، ރައީސް ގެ ދެންނެވުމަށް ކޮތަރުކޮށި މިނަން ދެއްވައި ދިރިއުޅެން ހެޔޮނުވާވަރު ތަނެކޭ ވިދާޅުވެ އެންމެފަހުން އެވަރުގެ ތަނެއް މިސަރުކާރަށް ފައިސާ ހޯދޭނެ ގޮތެއް އެނޫނީ ނެތަތީވެ، މިސަރުކާރުން އޭގެ ފައިދާ ނަގަންވެގެން އިބޫ ސޯލިޙްގެ އަމުރަށް ކަންކަން ކުރަމުން ދަނީ ފުލެޓު އޭގެ ޙައްޤުވެރިންނަށް ނުދޭންވެގެން. ރއީސް ސޯލިހުގެ އަމިއްލަ ފައިދާއަށް. ރައްޔިތުން ނިކަމެތިކުރުން ނޫންކަމެއް ނެތް. ބޮޑެތި މަހުޖަނުންނާ ބޮޑެތި ވިޔަފާރިންނަށް މި ސަރުކާރުގައި މިއޮތީ ބޭނުންގޮތެއް ހަދަން އިބޫ މިއޮތީ ޖާގަ ދީފައި.ދެން މިވަރުގެ މީހަކު ކޮން ފުލެޓު އިޢުލާނެކޭ ކިޔާކަށް. ދީ ނިންމާފަ ހުރިތަންތަން އެއީ. އޭގެ ޙައްޤުވެރިންނާ އެ ޙަވާލުކުރޭ ގުއި އުނދުޅި ނުބާނައި. ފުކެއް ބޮޑުވަރު ތީ އިބޫ ސޯލިޙް.

  36. ާައަހުމަދު

    މާބޮޑަށްވެސް މައްސަލަ އެބަހުރި، ހުޅުމާލޭން ފުލެޓް ގަނެގެން އުޅޭމީހުންގެ އަނބިންނަށާ، ކުރީ ސަރުކާރުން ފްލެޓް ލިބިފަ ތިބި މީހުންގެ ފިރިންނަށްވެސް އެބަހުރި ދީފަ.