ރާއްޖެއިން އިތުރު 112 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
މީގެ ތެރެއިން މާލެ ސަރަހައްދުން 83 މީހަކު ވަނީ މިއަދު ކޮވިޑަށް ފައްސިވެފައެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 11 މީހަކު ރިސޯޓްތަކުން 14 މީހަކާއި، ތަރައްގީ ކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިއަދު ރާއްޖެއިން ފައްސިވި މީހުންނާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 17828 އަށް އަރާފައެވެ. މީގެ ތެރެއިން 15448 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި މިހާރު ފައްސިވެފައިވާ 2315 ފަރާތެއް އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭގައި 43 ރަށެއްގެ 193 ވޭދަނައެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލީގައި 58 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިހާރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެއިން 10 މީހަކު ވަނީ ނިޔާވެފައެެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ އަހަރެއްވާން ވަނީ ކައިރިވެފައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައި ވަނީ ރިސޯޓަކުންނެވެ. މާލެ ސަރަހައްދުން ކޮވިޑްގެ ފުރަތަަމަ ވޭދަނަ ފެނިފައި ވަނީ އޭޕްރިލް 15 ވަަނަ ދުވަހު އެވެ.
މިއަދު ކިތަައް ސަައިކްތަ ފައްސިވީ ؟؟
މީއަޅެ އަޖައިބެއް ކަހަލަ ވޭރިއެންޓެއްނު؟ ފެތުރި ގަންނައިރު ހީވަނީ ފުއްލާއެއް ދުއްވައިގަންނަހެން! އާނ އެހެންޏާ މައްޗަށް އަރާފަ ތިރިވަނީ އެއަށް ވުރެންވެސް ހަލުއިކޮށް ވިއްޔަ! ކަމާބެހޭ ފަރާތުން ކިޔާ އެއްޗިއްސާ ކަން ހިނގާގޮތް ތަންކޮޅެއް ސާދުކޮށް ކިޔައިދެއްވުން އެދެން!!