ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު 5485 މީހަކަށް ދީފިއެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ދިނުމުގެ ކަންކަން ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ތެރެެެއިން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދިވެސް 18 އަހަރުން މަތީގެ ހާއްސަ ބަލިތަކުގެ މީހުން ހިމެނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 5486 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 4257 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1129 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ. އަދި ރިސޯޓްކުން 99 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 38591 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 31322 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 7170 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ރައްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.