ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައި މީގެ ކުރިން ބަޔާންކޮށްފައިނުވާ އިތުރު ފަސް ހާލަތެއްގައި ފުލުހުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދަށް ގެންނެވި ފަސްވަނަ އިސްލާހުގައިވާގޮތުން އެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް އަލަށް އިތުރުކުރެވުނު ފަސް ހާލަތުންކުރެ ހާލަތެއް މެދުވެރިވެގެން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެ މުވައްޒަފަކު އެފަދަ އަމަލެއް ހިންގި ކަމަށް ބެލެވޭނަމަ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ނުވަތަ މިނިސްޓަރަށް ހުށަހެޅުމުގެ ބާރު ޕޮލިސް ކޮމިޝަނަރަށް ލިބިގެންވާ ކަމަށެވެ.

މިގޮތަށް ވަޒީފާއިން ވަކިކުރަން ހުށަހެޅޭނެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ޖިނާއީ ބޮޑު ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވުމާއެކު އެކަށީގެންވާ ހެކި ހުރެގެން އެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި، ޤައުމީ ސަލާމަތާއި ދައުލަތުގެ އިސްތިޤްލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިގެން އެކަށީގެންވާ ހެއްކާއެކު ހައްޔަރު ކުރުމާއި، އެފަދަ އަމަލެއް ހިންގުމުގެ ކުށުގެ އަދި އެއްވެސް ޖިނާއީ ބޮޑު ކުށެއްގެ ތަހްޤީގެއް ހިންގުމުގައި ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްކަމުގައި ހިމެނޭ އެއްވެސް ކަމެއް ކުރިކަން ފުލުހުންގެ ތަހްޤީގަށް ސާބިތުވުމުގެ އިތުރުން މި ބާވަތުގެ މައްސަލައެއްގެ ތަހްޤީގަށް ދަތިކޮށް ނުފޫޒުފޯރުވުމުގެ ގޮތުން އެ ތަހްޤީޤުގެ މަޢުލޫމާތު ކަމާނުބެހޭ ފަރާތްތަކަށް ހިއްސާކުރިކަން ޕޮލިހުންގެ ތަހްޤީޤަށް ސާބިތުވުމެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދަށް ބަދަލު ގެންނެވިއިރު، އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ވަނީ އުވާލާފައެވެ. އެ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދަށް ބަދަލު ގެނެވޭނީ މެނޭޖްމަންޓު ބޯޑުގެ ލަފާގެ މަތިން މިނިސްޓަރަށް ކަމަށެވެ.

މީގެ އިތުރުން މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި ފުލުހުންގެ އަހަރީ ޗުއްޓީ ގުނާނެ ގޮތާއި، ޗުއްޓީން ޖަމާނުކުރެވޭ ދުވަސްތަކަށް މުސާރައިން ދުވާލަކަށް ޖެހޭ މިނަވަރު ފައިސާ ދިނުމާއި، ދިވެހިރާއްޖެއަށް މުޅިން އަލަށް "ޗުއްޓީ ބޭންކް" ތައާރަފްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫންތޯ

    ޤަވާއިދުން ސަޓަނި ހެދުމަކީ މިސަރުކާރަށް މެޓާ

    • އަޗަޅޭ

      ގަވައިދުން ބޮނޑިބަތް ކައްކާ އެއަށް ސިޙުރުހަދާފަ ބެހުމަކީ ކަލޭމެންގެ ރީނދޫ ސަރުކާރަށް ޗޮކުލެޓް.

  2. މުހައީ

    އެހެންވީމާ ތީޔަބުނަނީ ސާބީތުނުވަނީސް.. ތުހުމަތަކައް ފުލުހުން ވަޒީފާއީން ވަކީ ކުރެވީދާނެޔޭތާ.. އަނެއްކާވެސް ވެރީކަން ދީފާއުކޮއްލަން އީންތީޚާބާ ދީމާކޮއްލާފަ ބޭނުންކޮއްލެވީދާނެ އުކުޅެއް ދޯ..؟ ފުލުހުންނައް ވަރައް ސަލާން.. ޣައީރުގާނޫނީ އަމުރު ހީންގާ ދީނުމުގެ ބަދަލު ރީތީތޯއެވެ.. މީހާރީ ތީޔަ ބަދަލުވީ ކެރެޓް އޯ ސުޓީކް ސީޓުއޭޝަނަކައަ ނޫންތޯ.. ދެން ފުލުހަކައް ވީތީ ލީބުނު މީނީވަންކަންވެސް އެ ގެއްލުނީދެއްތޯ..