ކޮންމެ ތަނެއްގައި ޙައްޤު ބަސް ނުބުނެވިދާނެ ކަމަށް ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ތަނެއްގައި ކޮންމެ ހިނދަކު ޙައްޤު ބަސް ނުބުނެވިދާނެ ކަމަށް އޭނާގެ އުސްތާޒަކު ވިދާޅުވި ކަމަށެވެ.
"ކޮންމެ ތަނެއްގައި ކޮންމެ ހިނދެއްގައި އަހަރެންނަށް ޙައްޤު ބަސް ނުބުނެވިދާނެ އެވެ. އެކަމަކު އެއްވެސް ތަނެއްގައި އެއްވެސް ހިނދެއްގައި ޙައްޤު ބަހެއް ނޫނީ އަހަރެއް ނުބުނާނަނަމެވެ." އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
alhugadu v loabiva usthaz eh v kurin vidhaalhuvefaivaa basafulheh miadhu hama handhaan aavanee.
"konme thanehgai,konme hindhehgai ahurennah hahqu bas nubunevidhaane eve.
ekamaku ehves thanehgai,ehves hindhehgai hahqu baheh noonee ahuren nubunaanameve.— Imran Abdulla (@ShimranAb) February 15, 2021
ކޮންމެ ތަނެއްގައި ކޮންމެ ހިނދެއްގައި ޙައްޤު ބަސް ނުބުނެވިދާނެ ކަމަށް އިމްރާން ވިދާޅުވީ ކޮންކަމަކަށް އިޝާރާތްކޮށް ކަމެއް ނޭންގެއެވެ. ނަމަވެސް އިމްރާން މިހެން ވިދާޅުވެފައި މިވަނީ މިއުޒިކް ކުޅެ އުފާކޮށް މަޖާ ކުރާނެ ތަނެއް މާލޭގައި އަޅަން ވެރިކަން ކުރާ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުން ވަރަށް ގިނަ އިލްމުވެރިން މިއުޒިކާއި ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ ދުވަސް ވަރެއްގައެވެ.
މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ގިނަ އިލްމުވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އިމްރާން އެކަމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ޙައްޤު ބަހަކީ ތެދު، އަދުލްވެރި ވާހަކަތަކެވެ. ކޮންމެ ތަނެއްގައި ކޮންމެ ހިނދެއްގައި ޙައްޤު ބަސް ނުބުނެވިދާނެ ކަމަށް އިމްރާން ވިދާޅުވިއިރު 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބައިވެރިވުން އޮތް ކަމުގެ ހެކި އެބަހުރި ކަމަށް ބުނެ ލިޔުންތަކެއް ދައްކަވަމުން އިތުރުފުޅު ހައްދަވާފައެވެ.
އެކަމަކު ޙައްޤު ބަހެއް ނުބުނެވުނަސް ދޮގު ނުހަދާ ހުރެވިދާނެތާ...
އެވަގުތެއްގެ ޙާލަތަށް ބަލާފަ އިސްލާމްދީންނުންވެސް ބޭރުވާން ޖެހިލުމެއްނުވާނެ މީހުންއުޅޭ. މަގާމާ ދުނިޔެއަށް ހުރި ދަހިވެތިކަމެއްގެ ބޮޑުކަމުން.
ސީދާ ބޮޑު ކައްޒާބު.
ހައްގު ބަސް ދޯ މޭޑޭގަ ގެންގުޅުނީ ހިޔަަޅު.
ފޭކު އިމްރާނަކީ ރޯނު އެދުރެއް....ހަމާ ގަހުންނަ ވަގުތު ވަރައް މަދުވާނެ
އާޚިރަތައް ވުރެ ދުނިޔޭގެ އެދުން ބޮޑުވީމާ ވާނީ އެހެން ތިހުރީ ދުނިޔޭގެ އެދުމުން ފޯވެ އާޚިރަތް ހަނދާނައްތާލައިގެން ކަލޭމެން ސިފަކުރެވެނީ އިބުރާހީމް އަލަިހިއްސަލާމް ޒަމާނުގާ އުޅުނު ވާހަކަ ކިޔާމީހާޔާ ﷲ އިރާދަ ކުރެއްވިއްޔާ ދެން ތި އިމުރާނު އުޑުޖެހި ބިމު ޖެހުނަސް މި ކަލޭގެ ދައްކާ އެއްވެސް ވާހަކައެއް މަށެއް ބަލައެއް ނުގަންނާނަން މީ ވަރަށް ވާހަކަ
އިމްރާފަދަ ޝައިހަކަށް ޙަޤާއި،ބާތިލް އިންސާފާއި، ބޭއިންސާފް ފުރަށްސާރަޔާއި، ކަރާމާތް ނޭތްގުނީތީ ހަމަހައިރާންވެއްޖެ. ދުނިޔަވީ މަންފާއަށްޓަކައި ތިމާގެ ދީނާ، ޝަޚްސިއްޔަތު އިސްލާމީސަޤާފަތާ، އާދަކާ ވިއްކާލުމަކީ މުނާފިގޫކަމުގެ ސިފައެއްކަމުގައި ޢިލްމުވެރިން ބުނެއުޅޭ.
ތީ ވަރަށް ބޮޑު ތެދެއް. ގަނޫ ފިތިފަ،އަނގަ ބަންދު ވެފަ ހުރީމަ ބުނެވޭނީ ނުހައްޤުބަސް ރޭޕަ އަކީ އާންމު ތަންތާންގައި ކުރެވޭ މަޖާ ކަމެއްކަމަށް ބުނެވޭނެ ނުހައްޤުބަސް މިހާރު މަނިކުފާނަށް ކޮންމެތާކު ކޮންމެ އިރެއްގައި ވެސް ބުނެވޭނެ . އުސްތާޒަކު ބުނި މިހެން.
ފުރަހަމަ މުއުމިނަކު ތިމާ އަށް ޙައްޤުބަސް ނުބުނެވޭ ތަނެއް ގައި އެންމެ ހިނދުކޮޅަކަށްވެސް ނުހުންނާނެ، ލަދު ކުޑަ
އަނިޔާވެރި ވެރިއެއް ގެ ކުރިމަތީގަވެސް ޙައްޤުބަސް ބުނަން އޮންންނީ، ބަލަ ތިޔައީ މަޤާުމުގެ ދަހިވެތިކައމުގައި އުޅޭ މީހުންގެ ސިފައެއް،
ހައްގުބަސް ނުބުނެވޭމީހުން އިސްތިއުފާ ދިފައި ގޭގައިއޮތުން ރަނގަޅުވާނީ
ކޮންމެ ތާކުވެސް ޙައްޤުބަސް ނޫނީ ބުނެގެން ނުވާނެ!
ހައްގުބަސް ނުބުނެވޭތާ ދޮގުހަދާ މީސްތަކުން މަގުފުރައްދާކައް އުސްތާޒުނުބުނެ ހިމާރުތައް މިސްތަކުންނައް ދީންވެސް އޮޅުވާލީ
ބޭނުންވާ މަގާމުގައި ހުންނައިރު މަގާމް ގެއްލިދާނެތީ ހައްގުބަސްނުބުނެވެނީ. އެކަމުގައި މާބޮޑު ސިއްރުތަކެއް ނެތް.