ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށް ދިނުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އީސީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮންގްރެސްގައި 1200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެހެންކަމުން ކޮންގްރެސް ބޭއްވޭނެ ޖާގަ އޮތް ހަމައެކަނި ތަނަކީ ދަރުބާރުގެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.

ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށް ދިނުމަށް އެދި އެމްޑީޕީން ވަނީ ހައުސިން މިނިސްޓްރީ ވެސް ހުށަހަޅާފައެވެ.

އެމްޑީޕީގެ އިތުރުން މި މަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީން ވެސް ކޮންގްރެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ޕާޓީގެ ކޮންގްރެސް އޮންނާނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ވެސް ދަރުބާރުގެ ދޫކޮށްދިނުމަށް ހައުސިން މިނިސްޓްރީގައި އެ ޕާޓީން އެދިފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ޖަވާބެއް ދީފައިނުވާ ކަމަށް ޖޭޕީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާއިޒް

    މިހާރު ކޮން ޖެއްސުމެއް ސަރުކާރުން ހިންގާ ގެދޮރުވެރި ކުރުމުގެެ މަޝްރޫއުގެ ހުރިހާ ކަމެއް ހިނގަމުންދަނީ ދަރުބާރު ގޭގަ އެހެންވީމާ ކޮންމެވެސް ނޮހޮރުއްޕާނެއް ކުރަން އެއުޅެނީ...

  2. 3ނިރު

    ނުވާނެ ދީގެން

  3. ހުސޭނުބޭ

    އެންމެ ފަހުބްވެސް އެމްޑީޕީ ޤައުމީ މަޖިލީހަށް ހާޟިރުވީ 32 މެމްބަރުން. އަނެއްކާ ތަނަކަށް ނުތަކާ ވަރަށް މެމްބަރުން ސައިޒުން ބޮޑީތަ؟

  4. Anonymous

    ނުދޭތި މި ބުނި ނުދޭތި

  5. މާރިޔާ

    ނުދިނުން ވަރައްއެދެން އަދި މިޕާޓީއޮވާލަދެއްވުން އެދޭވާހަކަވެސްމިފުރުސަތުގައިބުނެލަން

  6. އައިއޭމް

    އެމްޑީޕީގެ ކޮންގްރެސް އަށް ދަރުބާރުގެ ދޭން އެދިއްޖެ ނަމަ ވެސް ފުރަތަމަ ކަމަކީ އެއީ އެމްޑީޕީން ކޮންގްރެސް ބާއްވަން އެންމެ ފަހުން އެމެން ބޭއްވި ގައުމީ ޖަލްސާ ގައި އެމެން ފާސް ކުރި ގަރާރު ފާސް ކުރީ އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އެއްގޮތަށް ތޯ ބަލަން ޖެހޭނެއޭ. ހުށައެޅުނު ގަރާރުގައި ވަނީ އެއީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަން އޭ އަސާސީ ގަވާއިދުގައި ވަނީ އެމްޑީޕީގެ ކޮންގްރެސް އެއް ބޭއްވޭނީ އެއީ ކޮންގްރެސް އެއް ބާއްވަން ގަރާރު ފާސް ކުރާތާ 2 މަސް ދުވަސް ފަހުންނޭ އެކަމަކު އެމްޑީޕީގެ ޗެއަރ ޕާރސަން ފާސް ކުރި ގަރާރުގައި ވަނީ އާދަޔާއި ޚިލާފު ކޮންގްރެސް އެއް ބާއްވަންއޭ އާދަޔާއި ޚިލާފު ކޮންގްރެސް އެއްބާއްވަން ހުށައެޅި ގަރާރުގައި ބަޔާން ކޮށްފައި ނެތޭ ދެން ކިހިނެއްތޭ އެމްޑީޕީ އަށް ހުށައެޅި ގަރާރުގައިވާ ގޮތަށް ކޮންގްރެސް މިމަހު ބޭއްވޭނީ އެމްޑީޕީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނުބޭއްވޭނެއޭ މީސީދާ އިލެކްޝަންސް ކަމިޝަން އިން ބަލަން ޖެހޭނެ ކަންކަމޭ. އައި އޭމް ސްޓާރޓިންގް ޓު ތިންކް އޮފް ދިސް...