އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާގައި ދެން އޮތް މަރުހަލާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަނޑުވަރުން ނެރުމުގެ މަރުހަލާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު ވަނީ މީގެ ކުރިން ވެސް މި ސަރުކާރާ މެދު ރައްޔިތުން ނާއުންމީދު ވެފައިވާ ކަމަށާއި ރައިސް ސޯލިހް ވެރިކަމުން ބާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސިއްދީގު ވަނީ ކުރިއަށް އޮތް ތަނުގައި މުޒާހަރާތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"މުޒާހަރާތަކުގައި ދެން އޮތް ހަރުފަތް މާ ވަރުގަދަ ވާނެ. ދެން އޮތީ ރައީސް އިބްރާހީމް އޭނާގެ ގަނޑުވަރުން ނެރުމުގެ މަރުޙަލާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވައި ސިއްދީގު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސިއްދީގް އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލުމަށް ގޮވާލައި އިއްޔެ މުޒާހަރާކުރި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ސަޕޯޓަރެއްގެ އަތުގައި އޮތް ދިވެހި ގައުމީ ދިދައެއް އަތުލަން ފިރިހެން ފުލުހުން އުޅުނު ގޮތުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ސިއްދީގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރީތިގޮތަކީ އޭރެއްގައި ހުންނަ ރައީސް އާ ދިމާއަށް ބޭނުން ކޮންމެ އެއްޗެއް ނުކިޔުން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މި އޮންނަ ގޮތުން ރައީސްއާ ދިމާއަށް ބޭނުން ކޮންމެ އެއްޗެއް ކިޔޭ ކަމަށާއި އެކަން އާދަކާދައަކަށް ހެދީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން ކަމަށް ސިއްދީގު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި އިދިކޮޅުން ދަނީ މިހާރު ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮވިޑް

  އިންޝާ ﷲ ދެން އޮތީ ތިކަންތައް.ﷲ ގެ ވާގިފުޅުން މިލާދީ ސަރުކާރު އަނިޔާވެރި ސަރުކާރު ވީ އެންމެ އަވަސް ގޮތަކަށް ބަދަލު ކޮށް ދެއްވާށި އާމީން.

  5
  3
 2. ނަބީލު

  މާ ލަސްވެއްޖެ މިހާރުވެސް! ޤަވްމުގައި ނުވީދި ކައިވަތެއް އިންދާނަމަވެސް ތިކަން ކުރަންއެބަޖެހޭ!

  9
  9
 3. ނަމަ

  ސިއްދީގު ވެސް އަގައެއް އޮތީމަ ހަމަ ކިޔާނެ ނުކިޔާނެ އެއްޗެއް ނޭގިގެންބާ މިއުލެނީ

  16
  9
 4. ީއިބުރާހީމް

  ކާކުތީ ތިކަހަލަ ވާހަކަދައްކަން ކަލޭ ގޮޅިއަށް ދާން ތައްޔާރުވޭ؟

  5
  2
 5. ީއިބުރާހީމް

  ކާކުތީ ތިކަހަލަ ވާހަކަދައްކަން ކަލޭ ގޮޅިއަށް ދާން ތައްޔާރުވޭ؟ ސިއްދީގުގެ ވާހަކަ މިބުނީ!

  5
  2