ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ ފުރުވާލި މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންނެވުމުން އެކަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އެގޮތަށް އިއުލާން ކުރެއްވި އިރު، "ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު" ގެ ނަން ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވި ވާހަކައެވެ.

ނަޝީދު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ، "ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި ހުރި މީހަކު އޭނާ ރަށުން ފުރައިގެން ދިއުމާއި އެ ކަމާ ގުޅޭ ގޮތުން ކަން ހިނގައިދިޔަ ގޮތް ހަތަރު އިއްޒަތްތެރި މެންބަރަކު ހިތްޕުޅުހަމަޖެހިފައި ނުވާތީވެ ފޮނުވާފައިވާ ސިޓީއެއް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން،" ކަމަށެވެ.

އަލީ ވަހީދުގެ ނަން އެންމެ ފަހަރަކު ވެސް ވިދާޅުނުވެ ރައީސް ނަޝީދު މިކަން އިއުލާން ކުރެއްވިއިރު، އަލީ ވަހީދު މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފުރައިވަޑައިގެން ދިޔަ ފަހުން މިހާތަނަށް އައި އިރު ވެސް މި މައްސަލާގައި ނަޝީދު ހުންނެވީ އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމޭނުންނެވެ.

އަލީ ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ރައީސް ނަޝީދާ އެކު ހުންނަވައި މި ވެރިކަން ގެނައުމަށް މަސައްކަތް ކޮށްދެއްވި އެއް ބޭފުޅެކެވެ. މީގެ ކުރީގައި ވެސް އަލީ ވަހީދަށް ފާޑުކިއުން އަމާޒުވާ ފަހަރުތަކުގައި އޭނާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ވެސް އެންމެ ފަހަރަކުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެ ދުވަސްވަރު އެމަނިކުފާނު ފޮނުވި މެސެޖުގައި ވިދާޅުވީ ޖިންސީ ގޯނާގެ އެއަށް ވުރެ ބޮޑެތި މައްސަލަތަކުގައި މަދު ދައުވާތަކެއް ކުރާއިރު، އަލީ ވަހީދަށް މާ ބޮޑެތި ދައުވާތަކެއް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައެއްގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ބޮޑެތި ކުށްތަކެއްގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރައިވަޑައިގަތީ މި މަހުގެ ނުވަވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓް އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ. އެކަމަކު ޑޮކްޓަރުންގެ ލިޔެކިއުމަށް ރިއާޔަތްކޮށް އަދި ފިލައިގެން ގޮސްފިނަމަ ޖާމިނުވާނެ ފަރާތެއް ކަނޑައަޅައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެ މަޖިލީހުގެ އަންހެން ހަތަރު މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަލި

  ޖަނަވާރު ކަލޭގެ ރަނގަޅަށް ވިއްޔާ ބޮއެގެން ތިއިނީ..

  39
  4
 2. މުޙައްމަދު

  މަގާތަށް އަންނަނީ ހަމަ ހިނި

  36
 3. ނަމަ

  މުސްކުލިވެ ހަދާންބަލިވާން ފެށީބާ

  38
  2
  • ވަޒީރެއާލާ

   ނޫންނޫން، ހަމަ ތިމާގެހުރި ނުލަފާކަން ދައްކާލަނީ.

   19
   1
 4. ާދަލޭކް

  Alzheimer's disease

 5. ާދަލޭކް

  Alzheimer’s disease މިބަލީގެ ޢަލާމަތް ތިފެނުނީ.

  13
  1
 6. ރަދީފް

  ނަޝީދު އެއީ މުނާފިގެއް.ދެރައީ ބައެއް މީހުން މީނަގެ ވާހަކަތަކަށް އަތް ޖަހާތީވެ.

 7. ބަރުގޮނު

  ޢަލީ ވަޙީދު ގޮވަން ހުރި ވާހަކަ މާގިނަނޭތީއާ އެވާހަކަތައް ޢަލީ ވަޙީދު ގޮވާލާފިނަމަ ނަޝީދާ އެމް.ޑީ.ޕީ "އޮރިޔާން" ވާނޭ ސިއްރުތައް ޢަލީ ވަޙީދަށް އެގޭނޭތީ ބިރު ހީވަނީ.

 8. މހމމ

  ލޮލް، ޔޫ ސްކްރެޗް މައި ބެކް، އައިލް ސްކްރެޗް ޔޯސް!

 9. މޫސަބެ

  އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެ ދުވަސްވަރު އެމަނިކުފާނު ފޮނުވި މެސެޖުގައި ވިދާޅުވީ ޖިންސީ ގޯނާގެ އެއަށް ވުރެ ބޮޑެތި މައްސަލަތަކުގައި މަދު ދައުވާތަކެއް ކުރާއިރު، އަލީ ވަހީދަށް މާ ބޮޑެތި ދައުވާތަކެއް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މި 2 ބޭފުޅުންނަކީ ކުރިންވެސް އެއްކޮށް އިނގިރޭސިވިލާތުގަ ބިރެއްނެތި އުޅުއްވި 2 ބޭފުޅުން ދާދި އަވަހަށް ނަޝީދު އެތަނައް އަމިއްލަފުޅަށް އަރުވާލެއްވުން ވަރަށްގާތް.

 10. ލލ

  ތިޔަ މަޖިލިހަކީ ބޮޑު ގުޅަ އަންބުރާ ކުރަ، ހުރިހާ މައްސަލައެއް ތިޔަތަނަށް ވައްދާ ގޭސް އަބުރާ ތިބޭ !

 11. މައިކް

  މި ގެ ކބައިން މިގައުމަސަލާމަތް ކުރަން އެބަޖެޙޭ

 12. ގލޅ

  އޭނާ ފުރުވާލުގެ ކަން ކަން ރަގަޅަށް ދެނެވަޑައިގެން ވާގިވެރި ވެފައި އަދި ހަތަރެސްފައި އޭގެތެރެއަށް މަހާއިގެން އުޅުއްވުމުން ފުދޭނެއެވެ ނަމަކީ ކޮނމެހެން ބޭނުން އެއްޗެއް
  ނޫނެވެ.