ރާއްޖެއަށް 72 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިހަ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެންމެ ވިދާޅުވީ 08 ޑިސެންބަރު 2020 ދުވަހު، ސ.ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަޤިއްޔުއާއި، ރ.އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި، ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދިހަ މީހެއްގެ މައްޗަށް ކުރުމަށް 14 ފެބްރުވަރީ 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ:

1. ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔު
2. ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް
3. ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމް
4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
5. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން
8. ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން
9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީޙު
10. ކ މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ:

1. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
2. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
3. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ދިޔަ މީހުންނާއި ލޯންޗުގައި މާލެ އަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން އޭގައި ދިޔަ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަ ބިރުން ގައިން ހީނބިހި ނަގައިގަނޭ ތީގެ މީހެއް ފެނުނަސް.. އަދި ބޯ ފެން ހޭ ކެނޑޭ އިރު ކިހާ ބިރުވެރި ވާނެ.. ހުވާ ގަންނަ ފަކުރެއް ބުނަން ވެސް ނޭނގެ.

  2. ކަންޖޫސީ

    ތީ ވިޔަފާރީގެ ކުނި. އަސްލު މަންފާ ވެރިން ހޯދާނުފެންނާނެ.