ޖިންްސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް މި ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމަށް ރައްިތުންގެ މަޖިލީހުގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޢަފޫރު ވިދާޅުވީ މި ސަރުކާރުން ވަކި މީހަކު ހިމާޔަތްކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. އަލީ ވަހީދު އާއި މެދުވެސް އަޅަން ޖެހޭ ފިޔަވަޅު މި ސަރުކާރުން އަޅާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، ވަކި މީހަކު ހިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣަފޫރު ވަނީ އަލީ ވަހީދު ދޫވީ ނިޒާމުގެ ތެރެއިން ކަމަށް ވެސް ސިފަކުރައްވާފައެވެ.

"ސަރުކާރަށް އިޚުލާސްތެރިވާން ޖެހޭނެ. ރައްޔިތުންނަށް އިޚުލާސްތެރިވާން ޖެހޭނެ. އެހެން ނޫނީ އެއީކީއެއް ވަފާތެރިންނެއް ނޫން. އިޚުލާސްތެރިންނެއް ނޫން. އަޅުގަނޑުމެން ވަގުންނެއް، އިންސާފައި ދެކޮޅަށް މަސައްކަތް ކުރާ މީހުންނެއް ނޫން އެމްޑީޕީއަކީ. އެހެންވީމަ ފުރުވާލީ އޭ ބުނާއިރުގާ ސަރުކާރުން އަލީ ވަހީދު ފުރުވާލަން ކުރި މަސައްކަތެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް އިއްޒަތްތެރި ރައީސް. ނިޒާމުގެ ތެރެއިން ޕާސްޕޯޓު ދޫވުން އެއީ ސަރުކާރުން ފުރުވާލީއޭ ބުނުުގެ ޖާގަ އޮތް ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ ބުނެފައެވެ.

އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، ފެބްރުއަރީ 9 ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވެއެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ބަފޫރު

    ސިއްރުން ވަގަށް ކުރާ ކަންކަން ފެންނަން އޮވޭތަ. ދައުލަތުގެ އެތައް މުއައްސަސާއެއް ހިމެނިގެންނޫނީ އެހާ އަވަހަށް ފަސޭހައިން ކުރެވެން ނެތް ކަމެއްގައި އަލީވަހީދު ފުރައިގެން ދާން އެއްވެސް އެހީއެއް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުވާކަމަށް ބުނީމާ ގަބޫލުކުރާނީ މިސަރުކާރު ގެންނަން ވޯޓްދިން ގމާރުން އެކަނި. ސަރުކާރުން އެއްކަމެއްވެސް ނުކުރާނަމަ ތިޔަ ބުނެވެނީ އަލީވަހީދަކީ ދައުލަތުގެ ހުރިހާ ދިމާއަކަށް ބާރުފޯރުވައިގެން ބޭނުން ކަމެއް ކުރެވޭހާ ބާރުގަދަ ބްރޯއެއްފަދަ މީހެކޭ.

    40
  2. ޢީސަދަރި

    އަލީ ވަހީދު އަމިއްލައަށް ފުރައިގެން ދިޔައީ ކަމަށް މިވަނީ ދެއްތޯ؟ކިހާ ބާރު ގަދަ ބޭފުޅެއް ޢަލީ ވަހީދު މިއީވެސް.

    34
  3. އަސްލު

    ގޯސް ކޮށް ކަމެއް ކޮށްފިއްޔާ ނުފެންނާނެ އަމިއްލަ އަކަށް ތީވަރަށް ބޮޑު ތެދެއް

    32
  4. Anonymous

    ގަބޯ ކަލެއައް މިހާރު ހަނިމާދޫ ރައްޔިތުންފެނޭތޯ؟

    40
  5. ބޯހަލާކު

    ސައިކޯވީދޯ...ކ ގުރައިދުއަށް ފޮނުވާލާ އަވަހަށް

    34
  6. މަބޭ

    އެމްޑީޕީ ވެރިލަމުގަ ހިންގާ އެއްވެސް ޖަރީމާއަކައް މިމީހުން ޒިންމާވާންނުޖެހޭ ބުނާތީ މަހަމަކޮސްވެއްޖެ އެމްޑީޕީ ނޫންބަޔަކު ވެރިކަމުގަ ތިބިއްޔާ ހުރިހާޒިންމާއެއް ސަރުކާރުން އަދި އެއިރެއްގެ ރައީސްނަގަންޖެހޭ

    37
  7. 🤭

    🤑🤑🤑

    14
  8. Anonymous

    އަނދިރި މީހުނަށް އެއްޗެހި ފެނޭތަ؟

    36
    1
  9. ލާރިޖާޑި

    ބަަލަ ކަނޑުކޮހާ! މަދުވިލާރިގަނޑުވެސް ނުފެނެއޭ ؟ ބޮޑާމީހެކޭދޯމީ

    39
  10. މޫސަބެ

    "ޣަފޫރު ވަނީ އަލީ ވަހީދު ދޫވީ ނިޒާމުގެ ތެރެއިން ކަމަށް ވެސް ސިފަކުރައްވާފައެވެ."
    މިހިރަކަލޭގެއާ ނިޒާމޭ، ކިޔައިގެން ތިޔައިގެން ރެކެވޭކަށްނެތް ތިޔައީ ތިޔަބައިގަޑު ގަސްދުގަ ކުޑަމޯދީ، ކެރަފާ ނަޝީދު އަށް އެނގިގެން ބުނެގެން ހިންގާފައިވާ ކަމެއް. ނިޒާމޭ. ގޮހޮރޭ ކިޔާނެކަމެއްނެތް، ތި ވާހަކަ ޤަބޫލުކުރާމީހަކު ނެތް.

    14
    1
  11. ލ.ގަމު

    ކަލޭ ވަގަށް ކެއިހާއެއްޗެހި ގޮހޮރުފުލަށް ދިޔައީމަ އެވެސްނުހުންނާނެ ފެންނާކަށް އަނގައޮތީޔަ ކާޅެއްނުކާނެ!

    25
  12. ދަރަނި ދަންތުރަ

    މިކަލޭގެ ހަނިމާދޫއަށްގެނައި ލާދީނީގުރޫޕު ގެންނަންކުރިކަމެއްވެސް ފެއްނާކަންނެތް އެކަމަކުގެނައި ނަސީދުގެ ވެރިކަމުގައި 8 މިލިޔަން ރުފިޔާ ދަމާލި ސަރުކާރުތެރެއިން

    14
  13. ދަރަނި ދަންތުރަ

    އަލީވަހީދު އަމިއްލަޔަށް ޖިންސީފުރައްސާރަކުރީވެސް ސާބަސް ގަބޯ މަސްތުވާ ޒާތެއްގެ ގެރިގުއި ވިއްކައިގެން މަހުޖަނަކަށްވި މީހެއް މިއީ

    14
  14. ވަސްޓިކާ

    ދެމަފިިރިން ކުރާ ކަންތައްވެސް ފެނޭތަ. އެކަމަކު ދަރި ފެނޭނު ދެއްތޯ..

    11
  15. މަބޭ

    ގަފޫރު ތިބުނިވާހަކައިން މިހާރުޔަގީންވެއްޖެ ރާއްޖޭގެ ބޯޑަރ އޮތީފޫގޮސްފަކަން ފުރާމީހަކު ހަންނަމީހަކު.ވަކިނުވާހާލަތައް މިހާރުމިގައުމު މިވަނީގޮސްފަ

    14
  16. ބޫ

    ކޮއިފުޅު މެންނޭ މިއަދު ތި އިއްޒަތްތެރިތާ މަޖްލީހުގަ ދެއްކިވާހަކަ ރަގަޅަށް އަޑު އަހާލަބަލަ. މަށަށް ސިފަވީ މަހުރަބް އިއްބެ ކުޅުނު ކަނޑުއަޑީގެ ކެންސަރުގަ ވާހަދައްކަން އަރާފަ އިއްބެ ވާހަކަ ދެއްކިގޮތް.. ރަގަޅަށް މިބުނީ އެކައްޗެއް ކިޔާލަ ކިޔާލާ ދައްކާނެނުދައްކާނެ ވާހަކައެއް ނޭގިގެން ތެޅުނުގޮތް.. އަސްލު ކީކޭކިޔާނީ އަދި ކީކޭ ކިޔެންއޮތީ... ހިތްވަރުކުރި އިއްބެ ހެން.

    11
  17. ކާލާ އަތުކުރި

    ތަންކޮޅެއް ހަޔާވެސް ކުޑައީ!!!!!

    13
  18. ނަސީދު

    ޢަންތަރީސްވެދާ މިބައިގަނޑާހެދި

    12
  19. މަރީ

    އަލީ ވަހީދު ފަދަ މުޖުރިމުން ފުރައިގެން ދިޔަނުދިނުމަށް މިސަރުކާރުން ކުރި ކަމެއްފެންނާކަށް ނެތް. ސުޕަ މެޖޯރިޓީ ދިނުމުންވެސް ކުރެެވުނު ކަމެއްނެތް.

    15
  20. ރ.އ

    ނުބަލާ މީހަކަށް ފެންނާނެ އެއްޗެއްއޮވޭތަ އެހެންނޫނަސް ބުރާންތީނަކަށް އެއްޗެއްފެނުނަސް ގިނަފަހަރަށް ކޯއްޗެއްކަމެއް ނޭގޭނެ

    13
  21. ބުއްޅަބޭ

    ކަނު އަނދިރިންނަކަށް އެއްވެސް އިރެއްގަ ނުފެންނާނެއެވެ!

  22. ދެންހަމަ

    އެކަން ނުފެންނާނީ ކަލޭކަހަލަ ދެލޯކަނު ކަންފަތްބީރު މީހުނައް ބުރާންޗާ!!

  23. ހަޔާތް

    އަޅޭ! ހާދަ ހަޔާތް ވެސް ކުޑައޭ.... ދިވެހީން މިއީ ގަމާރުން ތަކެއްތަ؟

  24. ޒީރޯ ޓޮލަރަންސް

    ބުނާތީ އިވޭ، އަލީ ވަހީދު ފުރީ އިއްޒަތްތެރިން ފުރާމާލަމުން އިއްޒަތުގައޯ؟ ވީއައިޕީ ގެސްޓެއްގެ ގޮތުގަތޯ އެމަނިކުފާނު ފުރީ؟ ވަގުތު އެމްވީ އިން ސާފުކޮށްލަ ދެއްވުމަށް.

  25. ޢަލީ

    ދެލޯ މަރައިގެން ތިބީމަ ނުފެންނާނެއެއްނު، ތި ތިބެނީ ދެލޯ މަރައިގެން ކަންފަތަށް އުނގުރި ޖަހައިގެންވިއްޔާ، ބަޔަކު ކިޔާ އެއްޗެއްގެ އަޑެއްވެސް ނީވެއެއްނު.