ރަށް ގިރުން ފަދަ މައްސަލަތަކަށް މުރަކަ އާލާކޮށްގެން ހައްލު ހޯދި ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެެ ރައީސްް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ވޯލްޑު ބޭންކުންނާއި އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު ފަދަ ބޭންކުތަކުން 1920 ގެ ޓްކެނޮލޮޖީތަކަށް އިންވެސްޓު ކުރަމުން ދިއުމަކީ ގޯހެއް ކަަމަށާއި، ބަދަލުގައި އިންވެސްޓުކުރަންވީ އެންމެ ފަހުގެ ގޮތްތަކާއި، ޓެކްނޯލޮޖީތަކަށް ކަމަށެވެެ.

އެެގޮތުން މުރަކަ ދިރުވާ އާލާ ކުރުމުގެ މަޝްރޫއުތަކަށްވެސް ހިޔާރުކުރަން ވާނީ އެންމެ ފަހުގެ އީޖާދުތައް ކަމަށާއި، ފަހުގެ ހޯދުންތަކާއި އީޖާދުތަކުގެ އެހީގައި މުރަކަ ވަރުގަދަކޮށް އަދި، ކެމިކަލްތަކުން ވެސް ރައްކާތެރިކޮށް ދިރުވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފިނި ހޫނު މިނުގެ ސަބަބުން މުރަކަ މަރުވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ފަހުގެ ހޯދުންތަކާއި އެކު އުފައްދާ މުރަކަ މިކަމުންވެސް ރައްކާތެރިވާ ކަމަށެވެ.

މިގޮތުން ޓްވިޓާގައި "ނޭޗަ ކޮމިއުނިކޭޝަން" އިން "މުރަކައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުރަކަ ދިރުވާ އާލާކުރުމާއި" ގުޅޭ ގޮތުން 2014 ވަނަ އަހަރު ތައްޔާޜުކޮށްފައިވާ ރިޕޯޓެެއް ހިއްސާކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށް ގިރުން ފަދަ މައްސަލަތަކަށް ވެސް ތިމާވެއްޓާއި ގުޅޭ ހައްލުތައް ހޯދުން މުހިންމު ކަމަށެވެ.

އެގޮތުން ކުޅި އަދި މުރަކަ އާލާކޮށްގެން އެކަންކަމަށް ހައްލު ހޯދިދާނެ ކަަމަށާއި، މިހާރު އެކަމަށް ހައްލު ހޯދުމަށް ތޮށި ލައި ހިލަ ޖެހުން ފަދަ ކަންކަން ކުރަމުން ގެންދިޔަ ނަމަވެސް އެކަންކަމަކީ އޭގެ ސަބަބުުން ތިމާވެއްޓަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާ ކަންކަން ކަމަށް ނަޝީދު ވިދާޅުުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަމިއްލަ ބިޒް

  އަމިއްލަ ކުންފުންޏެއް ހަދައިގެން ކުންފުނި މާކެޓްކޮށް ކުންފުންޏަށް މަސައްކަތް ހޯދަންވެގެން މރ.ސްޕީކަރ ދައްކަވާ ވާހަކަ މިހުންނަނީ.

 2. ހުސްނީ

  އައްޑޫ ހިތަދޫ ގިރާސަރަހައްދުގަ މުރަގަގަސް އަވަހައް އިންދަންވީނުން.؟ މިހާރުވެސް ފުއްޓަރު ފަރާތުގަ ދިރިއުޅެން ނުކެރޭ ހާލަތައްގޮސްސަހުރި އެތައް ގެއެއް އެބަހުރި.!

 3. ޓިމާގެރި

  ތިމާވެއްޓާ ރައްޓެހި ނާޗަރަންގި އެތަކެއް މާލޭގައަޅަންވީ

 4. ޑިންޑިން ކޮވެލި

  ކުއޯއު ކުއޯއު ކުއޯއު. ކިއްކިއްކިއްކ ކުއޯއު ކުއޯއު. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ