މާލޭގައި ލަވަކިޔައި، މަޖާކޮށް ނާޗަރަންގީ ކުޅެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާއިއެވެ. އެ ގަރާރު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވި މެމްބަރަކު ނެތް އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތުމާއި އެކު ގަރާރު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ މި ގަރާރަކީ ނައިޓް ކްލަބްތަކާއި ނާޗަރަންޖީ ޖަގަހަތަކެއް މާލޭގައި ބެހެއްޓުމަށް ހުށަހެޅި ގަރާރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. އެހެންނަމަވެސް އެމްޑީޕީއިން ބުނަނީ އެއީ ޒުވާނުންގެ ފަންނުތައް ކުރިއަރުވަން ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މި ގަރާރަށް ތާޢީދުކޮށް މިއުޒިކް ހުއްދަކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގައި ވާހަކަދައްކަވާފައެވެ. މިފަދަ ގޮތަކަށް ދީނުގެ ހުކުމްތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ވާހަކަ ދައްކަވާފައިވަނިކޮށް އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ވަނީ ދީނީ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.

ހަސަން ލަތީފުގެ އެ ގަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، އެ ޒުވާނުންގެ އެ އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

އަދި ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ލާދީނީ

    ޒުވާ ކުޅޭނެ ތަނެއްވެސް އަޅަން ފެންނަނީ........

    21
    7
    • ލޮލްލޮލް

      ޒުވާރި ތަ

      8
      1
      • އެމްޑީޕީ އާންމު މެމްބަރ

        އެމްޑީޕީ ވެރިކަމަށް އަރާއިރަށް މި ޕާޓީގެ ނާޗަރަންގީ ބޯގޯސް ބައެއް މީހުންގެ އަމަލްތަކުގެ ސަބަބުން ވެރިކަން ވެއްޓެން ދިމާވަނީ... މިހާރު އަނެއްކާ އަނެއްކަންތަށް އެފެއްޓީ... ކިހާ ދެރަކަމެއް... ތިހެން ވެގެންނޭ ވެރިކަން ވެއްޓެނީ.. ހަދާންނެތުނީތަ 7 ފެބްރުއަރީ...

  2. ދިވެހި ފަރުލޮކި

    މިއީ ދުރާލާ ރޭވިގެން ބޮޅަކަށް ފަހު ބޮޅެއް ގަތަމުންދާ ސިލްސިލާ އެއްގެ ބޮޅެއް ހަގީގަތަކީ ސަލީބީންނާ މުސްލިމުންނާ ދޭތެރޭގާވާ ދުޝްމަން ކަން ސަލީބީން ޓްރޭންކޮށް އުފައްދާ ފައިވާ ކުދި ދައްޖާލުން ގައުމުތަކުގައި އިބިލީހުންގެ ބައި ކުޅެނީ އެކަމަކު މިކަން ދަންނަނީ މަދު ބަޔަކު ކަޅު ހިލަ ދަޔަށާ ދޮންދުނބުރި ފަތި ފަދަ ދައްޖާލުންނަށް ވޯޓް ދިނުމަކީ ދިވެހިން އިސްލާމް ދީނަށް ކުލުނެއް ނެއްކަމުގެ ސާފު ހެކި ޑްރާމާ ނުޖައްސާ އަންނިގެ ކުޑަ ކަމުދާ ތަކެތިވެސް ފެނުގެ ގޮތުގައި ބޭނުން ކޮށްބަލަ ދެން ބުނޭ މިއީ ޕޯޕް ބަރަކާތްލާދީފައިވާ ފެނޭ މީ ދިވެހިންގެ ހާލު މުޅި މަޖިލިީހުގައި އެތިބީ އިއްޒަތްތެރި ގުންޑާ އިން ދެން ބާރަށް ހިީ ހީފާ އަތްޖަހާ

    113
    6
    • މުހައްމަދުި

      ރީނދޫ ގުނޑާއިން ދޯ.

      11
  3. މަސްއޫދު

    ތިޔަ ހަދަމްއުޅޭތަން ވެގެންދާނީ އުސްފަސްގަޑު ވެގެންދިޔަގޮތައް!އެތަނުގައިވެސް ރާހުސްކުރި ފުޅިޔާއި ބޭނުންކޮށްފައިވާ ކޮނަޑަންސުގެ އައްޑާއަކަށް އެންޑީޕީގެ ފިކުރަކީ މިބާވަތުގެ ކަންތައް ދިރުވައި އާލާކޮށް ޒުވާނުން މަގުފުރެއްދުން! އެތަނަށް ދާނީ ލާޗާރބެޗާރު މަގުމަތީ ކުދިން

    66
    1
  4. ބޯހަލާކު

    ސުރުހީ ބަދަލުކުރަން ފެނޭ " ނައިޓް ކްލަބް ހިންގުމުގެ ޤަރާރު މަޖިލީހުން ބަލައިގެންފި"

    101
    6
  5. ހުސޭނުބޭ

    މި މީހުންނަށް ވޯޓު ދިން މީހުންނަށް ސިޔާސީ ޕާޓީއަށްވުރެ މުހިއްމު އެއްވެސް އެއްޗެއް ނެތީތަ؟ މި މީހުން ކުރާ ކަމެއްގެ ޒިންމާ ވޯޓުދިން މީހުން ނަގަންޖެހޭ ދުވަހެއް އަންނާނެ!

    80
    1
  6. ކަތްދައަލީ

    ކޮބާ އެޖެންޑާ 19 ގެ ތަފާތު އެބަ ފެނޭތަ؟

    71
    1
  7. Anonymous

    ޞުބުހާނަﷲ، ހުރި ހިތާމައެއްގެ ބޮޑުކަމާއެ.

    106
    3
  8. Anonymous

    މިގައުމު ބަންޑުން ނުޖައްސަވާއޮތީ މާﷲގެ އޯގާވަންތަވެރިކަމުން.

    84
    3
  9. ޑަމީ

    މަށަށް އޭކޮން ށޯ އަށާ ޕްރިޔާންކަ ނަށާ ލާ ތަން ބަލައިލަން ދެވުނު ކަމަށް ޓަކާ ރައިސް ޔާމިން އަށް ށުކުރު ކުރަން.

    5
    35
  10. މަންބާ

    ދެން އީވާއާ އިންތި ގެންދޭ ލަވަ ކިއަން..

    50
    1
  11. 😢

    ސުބްހާނައްލާހި

    44
    1
  12. ކާސިމް

    ކޮންމެ ދުވަހަކުވެސް ހެނދުނު ދިވެހި ރާއްޖޭގެ އަޑުން ގެނެސްދެނީ ބޮޑުބެރުލަވަ ކުރިންވެސް މިހާރުވެސް.

    14
    5
  13. މޫސަބެ

    މި އެމްޑީޕީގެ ކުޑަމޯދީގެ ވެރިކަން ނިމުން ވަރައްގާތް. އިންޝާﷲ މިފެންނަނީ އެކަމުގެ އަލާމާތްތައް.

    46
    2
  14. ކޮވެލި

    ނައިޓް ކުލަބު ހަދަން ވެގެން އެއުޅެނީ......

    28
  15. ކޮރަލް

    މަޖްލިސް އިން ބުނީ ދީނީ ކަންކަމާ ވާހަކަ ދައްކަން ނޭނގޭނެ އޭ ދެން މިއޮތީ އޮޅުވާލާ ފަ އެވެ.

    17
  16. ކާލި

    މަޖިލިސް ކުރާ ގެޔަކީ ފައްކާވެ ދޮންވެފައިވާ އެފަދަ ތަނެއް ނުންތޯ ހަވީރު ގަޑީގައި ނިކަންރީތި ހިންދީ ފިލްމު އަޅުވާފަ ބަހައްޓަވާ ޒުވާނުން ވަދެ ގުޑުގުޑާ ބޯލަން ވަރަށް ފައްކާވަނެ!

    18
  17. ޙައުލާ

    މިބގަެުމު ހަލާކޮށް ނައްތާލާފަ މިނުބައި ދައްޖާލު ގުރޫޕު ހުއްޓާލަނީ! މިމީހުންނަށް ވޯޓު ދިން މީހުން ﷲ ގެ ހަޞްރަތަށް ޖަވާބުދާރީވާނީ!

    22
    1
  18. މައިކް

    ތިތަނާކީ ތިކަމައް އެންމެ ރަގާލުތަން މަށައްފެން ނަނީ ތިތާތެރޭތިމިޙުން ތަގަޑުގަންނަް މާތްﷲ ގެ ކޯފާއެއް އައިސް ތިބައިގަޑު ނެތިދަން ދެން

    14
  19. އަލިބެއްޔާ

    ކަމެއް ދިމާ ވުމުން ހަރުކަށްޓޭ ނުކިޔާނެ ކަމަށް އުންމީދުކުރަން.. ލާދިނިއްޔަތަށް މަގު ހުޅުވާލުމަކީ ހަރުކަށްޓަށް ފުރުސަތު ދިނުން..

    23
  20. ބެއްޔާ

    މިއީ ކުރަންޖެހޭ ކަމެއް! 24 ގަޑި އިރު ތުންތަޅުވަތަޅުވާ ތިބޭކަށް ނުޖެހޭނެ! އެކަމަށް 5 ވަގުތު ވޭ!

    6
    29
    • Anonymous

      އަނދިރިކޮށްގެން ދެޖިންސު މަސްހުނިވެ ހޭކި ވާނުވާނޭނގި ދުނިޔޭންގެއްލެން ވަގުތު ބޭނުންވާ މީހުންނަށް 24 ގަޑިއިރު ތިބޭނީ ހަމައިން ނެއްޓިފަ.

  21. Anonymous

    ހެދިދާނެ .. 24 ..ގަޑި .. އިރު ..ޕޮލިހުން ..ތިތަން.. މޮނިޓަރ..ކުރާނެ .. ރެޕް.. އާޓިސްޓް.. ޕެސްޓް .. އަތުލައިގަނެފަ..ވަނީ ..ދެރޭ..ކުރިން.. 2 ..ކިލޯ .. ޑްރަގާއެކީ

    3
    1
  22. ޑަމް ޑަމް ޑިގާ ޑިގާ

    ދެން އެންމެ އަވަހައް އަޑު އަރާނީ ތި ހަދަން އުޅޭ މަރުކަޒެއް ގޮއްވާލާނެ ކަމުގެ ޓަރަރިޒަމްގެ ޓްރެޓެއް. އެމް.ޑީ.ޕީ ތިޔަ އުޅެނީ މާ އަންޓަޗަބަލް ވެގަނެގެން.

  23. Anonymous

    މިހުރިހާ ނުބައި ކަމެއް މި ލޮބުވެތި ގައުމަށް މިވެރިން ގެންނާނެ. މިތިބީ ޒައިނިސްޓުންގެ ޕަޕެޓުން. ޑޮލަރުކޮޅަކަށް އީމާން ވިއްކާލުމަށްފަހު ގައުމެއް އެކީ ނަރަކައަށް ފޮނުވާލުމަށް ކަމަރު ބަނދެގެން އެތިބީ. ރައްޔިތުން ބޭނުމިއްޔާ މިކަމުން ސަލާމަތްވެވޭނެ. އަދި ލަހެއްނުވޭ.

    8
    1
  24. މޮހޮނު

    ކެނެރީގެ މުޙައްމަދު ނަޝީދަކީ ހަމަ ހުރި ގޮތަށް ހުރި ޝައިޠާނެއް! ކަލެއަށް ހަލާކު ހުރި! އޭނާ އަޑީގައި ހުރެގެން އިސްލާމް ދީން ޙަރާމް ކޮށްފައިވާ ހުކުމްތައް މިހާރު އެދަނީ ޙަލާލު ކުރަމުން! އޭނާ އާ އެެއްބައިވާނީ ޖަހަންނަމައަށް ދާން ބޭނުންވާ މީހުން!

    11
    • ކަނީރު

      އޭ މޮހޮނާ. ކަލޭތަތީ މީހުން ޖަހަންނަމައަށްލާމީހަކީ. ރަނގަޅަށްވިއްޔަ ސަޖިދައެއްވެސް ނުކޮށް ތިގޮތަށް އަނގައަރުވަމުން ދުވާބައިގަޑެއްތީ.

  25. ގައުމޭ މިއޮތީ ދެއްވާފާ

    ކޮބާ ތިއަވަސް މިނުގަ މިނިމަމް ވޭޖް ވެސް ކަނޑައަޅާ އަމަލު ކުރަން ފަށާބަލަ.... 😒😒

  26. ބުތު

    ދީނީ އިލްމު ވެރިޔަކު ކުރިމަތިލިޔަސް ނުހޮވާ ހުސްއަގަތަޅަނީ.....

  27. ޙަބީބު.

    މިފަސްގަނޑުގަ ދިވެހިންގެ ކަރައް ބަނގުރާވެސް ބަޔަކު އެޅި ޕޯޗުގީޒުން އެއީ ވަރުގަދަ ބާރެއް ނަމަވެސް ކިހިނެއް ނިމިގެންދިޔައީ ﷲ އިރާދަކުރެއްވިއްޔާ ތިކަހަލަ ފާހިސްކަމުގެ މުޑުވަކެއް މިތާ ކުރިލާ ހެދުނަކަ ނުދޭނަން މިއަދުވެސް އެފަދަ ބަތޮލުން މާތް ﷲ އުފަންކުރުވާނެ މޫސާގެފާނު ފިރުއައުނު ގާތުގާ ބޮޑުފުޅުވެ ފުރާ ފުރިހަމަވެ މިސްރު މިއަދު އެދެކޭ ތަރައްގީ ހާސިލުކުރި ހަމައެފަދަ ކަންކަން މިއަދުވެސް ވާނެ ތިޔަތަން ގަންބަވާގެންދަވާފާނެ މިތަނުން

  28. މހމމ

    ޑައިވާޝަން، ޑައިވާޝަން، ޑައިވާޝަން..
    ޑިވައިޑް، ޑިވައިޑް، ޑިވައިޑް..
    އެންމެން “ބިގް ޕިކްޗާރ” އިން ޑިސްޓްރެކް ކުރަނީ..

  29. ކުރީގެ ފުލުސް

    މި ސަރުކާރުން ދިވެހިރާއްޖޭގައި ފައްޅިވެސް އަޅާނެ، ފުލުހުންނާއި ސިފައިން ގުބޯ ހައްދައިފައި ބައިތިއްބައިގެން.

  30. ހަރާން އެޖެންޑާ 19

    މީ އެމްޑީޕީ ކުދިން ބޭނުންވާގޮތް