ރާއްޖޭގައި ގަވައިދާއި ހިލާފަށް އެއްވެސް ކަހަލަ ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް ކޮވިޑް-19 ގެ ވެކްސިން ޖަހަން ރަޖިސްޓްރީ ވާން މާދާމަ ހުޅުވާލާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ވޯކް ޕާމިޓް ތިބި ބިދޭސީންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕޯޓަލްގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. އަދި އެފަދަ ލިޔެކިޔުމެއް ނެތް ބިދޭސީން ރެޑް ކްރެސެންޓުގެ ބެނެފިޝަރީ ސިސްޓަމްގައި ރަޖިސްޓަރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޯކް ޕާމިޓް ނެތް، އެއްވެސް ކަހަލަ ލިޔެކިއުމެއް ނެތް ފަރާތްތައް ކަމަށްވާނަމަ، އެފަރާތްތައް އަޅުގަނޑުމެންގެ ބެނެފިޝަރީ ސިސްޓަމްގަ މި ރަޖިސްޓަރ ވަނީ. ރަޖިސްޓަރ ވުމަށްފަހުގައި ވެކްސިން ބިދޭސީންނަށް ޖަހަން ފަށާ ހިސާބުން އަޅުގަނޑުމެންގެ އެހީތެރިކަމާއި އެކީގަ އެޗްޕީއޭ މެދުވެރިކޮށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެން ދާނެ" ހިމްޔާ ވިދާޅުވިއެވެ.

ރެޑް ކްރެސެންޓުގެ މާލެ ގޮފީގެ މައިގްރަންޓް ސަޕޯޓު ސެންޓަރަށް ގުޅުމުން، އެ ސިސްޓަމްގައި ރަޖިސްޓަރީވުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭވޭނެ ކަމަށް ހިމްޔާ ވިދާޅުވިއެވެ. އެގޮތަށް އޮންލައިންކޮށް ކުރިއަށް ގެންދަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމުގެ ގޮތުން ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، އެގޮތުން މާދަމާއިން ފެށިގެން ދުވާލަކު 250 މީހުން ރަޖިސްޓަރ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މައިގްރެންޓް ސަޕޯޓު ސެންޓަރުގެ ނަމްބަރަކީ 9114584 އާއި 9114512 ކަމަށް ހިމްޔާ ވިދާޅުވއިެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށް އަންނައިރު، ސަރުކާރުން ވަނީ ބިދޭސީންނަށްވެސް ހިލޭ ވެކްސިން ޖަހައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނާ ޒަރީރު

    މައިގްރެންޓް ރެގިއުލަރައިޒޭޝަން ނުކުރެވިގެން އުޅެނީ އިކޮނޮމިކް މިނިސްޓްރީގައި އެސްއޯޕީ އެއް ހަދާނެ ފެންވަރު ވެރިން ނެތިގެންނޯ އަޑުއެހިން އަދި އެންސީއައިޓިއިން އިކޮނޮމިކް މިނިސްޓްރީއަށް ޑޭޓާތަކެއް ނަގާނުދީގެން ދަތިކޮށް ޖެއްސުން ކުރާތީ އަޑުއެހިން ،
    ނޫސްވެރިން ވެއްޖެއެއްނުން މިކަމަށް ރިޕޯޓެއް ނޫހުގައި ލިޔެދެން . އަހަރެން އިމިގްރެންޓް ކެޓަގަރީގެ ބިދޭސީ މީހެއް ރެގިއުލަރައިޒް ކުރަން ހުށަހަޅާފައި އޮންނަތާ މާރިޗު މަހަށް 01 އަހަރު ފުރޭނެ... އަދި ވެސް ޕެންޑިން އެޕްރޫވަލްގައި . މިކަމާއި ބެހޭގޮތުން މިނިސްޓަރު މަޖުލިހަށް ހާސިރުކޮށްދޭން ވީއެންނުން އިދިކޮޅު ފަރާތްތަކުން

  2. ނަޖީބު އައްބާސް

    ގަވައިދާ ހިލާވާމީހުން ވެކުސިންދެނީ އެކަމައް ހިއްވަރު ދިނުމައް

  3. ކަލްދޯބަޖޭންގާ

    ތިޔަބޭފުޅުން އަޑު އަހަންތޯ ލެއްގި ބަބުރެއްގެ ވާހަހަކަ ހަމަ އގޮތައް ލެއްގި ދަރިފަސް ކޮޅެއްތީ އަމިއްލަދަރިން ކާންބޯންދޭ ނުލިބޭނޭ ކިޔާފަ ދޭތެރެ ދުރުކުރާ ޕޮރޮގުރާމްގެ ދަށުން ނައްތާލީ އެކަމުގެ ހިތި ނަތީޖާ މިއުފުލަން ޖެހެނީ އަހަރުމެންގެ މާމަދަރިންނެއްނު އެގޮވާލީއެއްނު ގަވާއިދާ ގާނޫނާޙިލާފައް އަރާތިބިބަޔަކު ގާނޫނުގެ ތެރެޔައް ވެއްދިވާހަކަ ފަޙުރުވެރިކަމާއެކު އެކަމަކު މީ ފަޙުރެއްނޫން ގާނޫނުގެ ކުރިމަތީގަ ފަކުރަކައްވީ ގާނޫނާއި ޙިލާފައް ވަންކަމުގެ ކުށުގެ އަދަބުކޮބާ ކޮބާތޯ ގާނޫނު ނގަހައްޓަން ހުވާކޮއްގެން ތިބި ފަރާތްތައް