ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނު ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.

މިނިސްތަރ އަލީ ވަހީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މައްސަލަ ޕީޖީން ޖޭއެސްސީން ހުށަހެޅީ އިއްޔެ އެވެ.

މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށްޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، ފެބްރުއަރީ 9 ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވެއެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވާވާވާވާ

  މިފަހަރުގެ ޕްރަމޯޝަން ހައިކޯޓައް މުޅިދައުލަތްގުޅިގެން ފޮނުވާލީ

 2. ކާފަބޭ2020

  ކޮންހާޑުރާމާއެއްކުޅޭކަށްތޯ؟ މީހުންކިޔާއުޅޭގޮތަށްނަމަ ތިޔަޖެހެވެނީ މަހާނަމައްޗަށްމަޑިއަކަށް އަލީ އެހެރީއަތްނުފޯރާހިސާބުގަ ދެންތިޔައިސްތިއުނާފެކޭ މަހާނަމައްޗަށް ވިއްސާލާފެންފޮދެކޭ ހުރިތަފާތަކީކޮބައިތޯ؟

 3. ގައުމީ ލޯބި

  ގާޒީއަކު ކުރާ އަމުރަކާއި ނެރޭ ހުކުމެއްގެ ސަބަބުން އޭނާ ކުށްވެރި ނުވާނެކަމަށް، އެކަން އެގޮތަށް ކޮށްފިނަމަ، ގާޒީންގެ މިނިވަން ކަން ގެއްލި ވަކި ގޮތަކަށް ހުކުމް ކުރުމަށް ލާޒިމުވުމަކީ އެކަމުގެ ނުރައްކާ މުޅި އަދުލު އިންސާފަށް ކުރާނެކަމެއްކަމަށް ވީއިރު،
  އެހެން އެކިފެންވަރުގެ ކޯޓު ތައް ހަދާފައި މިހުންނަނީ! ދަށުކޯޓުގެ އަމުރާއި ހިތް ހަމަ ނުޖެހޭނަމަ، މަތީ ކޯޓުތަކަށް އިސްތިއުނާފުކުރުމަށް.

  މިކަލޭގެ މިއުޅެނީ މުޅި ޖުޑިޝަރީ ޚަރާބުކރުަންވެގެން.. ޕީޖީ އޮފީސް އުވާލާފައި ފަތިސް ގުރޫޕުގެ ނަމުގައި ފަތާފެންގނޑެއް މީނަޔާއި ހަވާލުކުރޭ.

  ހަޤީގަތުގައި ގާޒީން ލައްވާ ގޯސް ހައްދާފައި އެމީހުން ކަތިލަނީ ކަން ގޯހުން ގޯހަށް ދިޔައިމާ..
  ޕީޖީ ހަނުހުރީ އޭނާފުރަންދެކަށް.. ފުރީމަ ފުއްޕަނީ ތީ ހަމަ ސްޓަންޓް..