ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފިއެވެ.
މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އުދައްޔުގެ އިތުރުން އޭނާ ބޭބެއަށް ހަމަލާދީ، ޒަހަމްކޮށްލި އެވެ. އެ ހަމަލާގައި ނިޔާވީ އުދައްޔު އެވެ.
އުދައްޔު މަރެާލާފައި ވަނީ މިދިޔަ ހަފްތާ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ފުލުހުން ހާމަކުރީ އޭގެ އަނެއް ދުވަހު އެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާމެންދޫގައި ނިޔާވި އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
އަދި އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައި ވަނީ ޓްރީވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް ފުލހުންގެ މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަރާލި އުދައްޔުގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.
މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ބޭނުން ކަމެއް ނޫން
ޕޯސްޓް މޯރޓަމް ހަދަނީ މަރުވިގޮތް ހޯދަން. ވަޅިހަރާ މަރާލީމަ ވަރަށް ސާފު.
ދެން އިތުރަށް ތި އެސޮރު ފަޅަން ތި އިންޑިޔާއަށް ފޮނުވަނީ އެމީހުންނަށް ތަމްރީނަކަށްތަ ؟!