ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު ޖަހައިފިއެވެ.

އަޝްފާގް ވެކްސިން ޖެހުމަށްފަހު މީސް މީޑިއާއަށް ވަނީ ފޮޓޯއެއް ލާފައެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ އޭނާ ވެކްސިން ޖެހުމަށް އިންނަ ތަނެވެ.

ރައްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 38591 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 31322 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 7170 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

އަޝްފާގް ވެކްސިން ޖަހާފައިވާއިރު، މިހާރު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަވަހަށް ފެށުމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެެވެ.

ކިޔުންތެރިންގެ ހިޔާލު