ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުއްދަ ނެތި، އއ. މަތިވެރިއަަށް އެރި މައްސަލާގައި ޖޫރިމަނާ ކޮށްފިއެވެ.

ޖާބިރު ހިމެނޭހެން އެރަށަށް ގޮސްފައި ވަނީ 11 މީހެކެވެ. އެ މީހުން އެރަށަށް ގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ފުލުހުން ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންސްތަކާއި ހިލާފަށް ދަތުރު ކުރުމުގެ ހުއްދަ ނުހޯދައި އއ. މަތިވެރިއަށް ދިޔަ 11 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މަތިވެރި ހެލްތް ސެންޓަރުން ވިދާޅުވީ، ޖާބިރު ހިމެނޭހެން 11 ބޭފުޅަކު އެރަށަށް މިއަދު އައި ކަމަށާއި ބެލެވޭ ގޮތުގައި އޭގެ ތެރޭގައި ޖާބިރު އާއި އެކީ މަސައްކަތް ކުރާ ބެފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެމީހުން އެރަށަށް ގޮސްފައިވަނީ މާލެ އިން ފުރައިގެން ކަމަށާއި މިވަގުތު އެރަށުގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސްގައި ކަމަށް ހެލްތް ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

"އެމީހުންނަށް އޮތީ އިރުއޮއްސި 6 އާއި ހަމައަށް އެރަށުން ފޭބުމަށް އަންގާފައި. އެކަމަކު ޖާބިރު ވިދާޅުވި ހުއްދަ ލިބޭތޯ ބަލާކަމަށް، ހުއްދަ ނުލިބިއްޖެއްޔާ 7:15 އެހާކަންހާއިރު ލޯންޗެއް ނަގައިގެން ދާނެ ކަމަށް ބުނި" ހެލްތް ސެންޓަރުން ބުންޏެވެ.

ފުލުހުން ވަނީ މިފަދަ ދަނޑިވަޅެއްގައި އެންމެންގެވެސް ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުތަކަށް ތަބާވުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް އެޗްޕީއޭގެ ގަވާއިދު ތަކާއި އުސޫލުތަކަށް ބޯލަނބާތޯ ބަލައި އެކަން މޮނިޓަރ ކުރަމުން އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަބޭ

    އަބްލޯސާހިދު އެއޮއްއުޅެނީ މަގުމަތީކަ ރާއްޖެއިންބޭރުންއައިސް ކަރަންޓީންނުވެ ނިކަންކުރެނީވިޔާ ޖޫރިމަނާކޮއްލަބަލަ އެޗްޕީއޭގަވާއިދުގަނެއް ވަކިމީހަކު އިސްތިސްނާވާނެކަމަކައް

    18
  2. ދުންތަރި

    ޖާބިރުވީމާ ޤަވާޢިދާ ޚިލާފަށް ރަށަކަށް ދިޔާމަ ޖުރުމަނާކުރަނީ ނިކަމެތި ރައްޔިތަކު ޤަވާޢިދާ ޚިލާފަށް ރަށަކަށް އެރީމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލުގެ ތޭރިތަކުގެތެރޭގަ ވަރަށް އިންސާފު މިސަރުކާރު މީހަމަ ސަދޫމުގެ އިންސާފު

    11
    1
  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ވަކްތުން ވަކްތަށް ރަށުން ފޭބުމަށް އަންގަން.

    11
  4. ޑާޓޯ

    މިހާރު ލޮލީ ޖާބިރުގެ ލަގަބު އުވި މަތިވެރި ޖާބިރަށް ލަގަބު ބަދަލްވީި

  5. އިމގު ރޭޝަނ

    ދެން އެ 11 މީހުން ޑީޕޯރޓުކޮށްލާ

    7
    1
  6. ޅަވިޔަނި

    ޢެ ވާނީ ހަނދާންނެތުނީ ކަމަށް

  7. ޛީޛ

    ޖާބިރު ވީމާ އިރުއޮއްސޭއިރަށް، ދެން އިޝާނަމާދުން ފޭބީމާ ފައިބަން ވަގުތު ދިނީ. ބަންދެއްވެސް ނުކުރޭ. އެމީހުން ރަށުތެރޭ އެނބުރުނީ