އައްޑޫ ސިޓީގައި މިހާރު އުފެދިފައި އޮތް އޭވިއޭޝަން އިހަލުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މީހާ ފައްސިވެފައި ވަނީ ފޭދޫންނެވެ.

ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންނާ އެކު އެ އިހަލުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 36 އަށް އަރައިފައެވެ. އެންމެ ފަހުން ކޮވިޑަށް ފައްސިވި މީހުންނަކީ ވެސް އެ ބައްޔަށް މީގެކުރިން ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ހޯމް ކަރަންޓީންގައި ތިބި ބައެއް ކަމަށް މައުލޫމާތު ދެއެވެ.

މިހާތަނަށް އައިއިރު، މި އިހާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އަދިވެސް މައިމޫނާގެ ހާސްސަހުއްދައިތުރުކޮއްލާ

  2. Anonymous

    މިތާނގަ ވާ އެއްޗަކީ އަދި ނުވާ އެއްޗަކީ ކޮބާ؟
    ޖ: "ކޮވިޑް"