ސަރުކާރުގެ އެއްވެސް މުވައްސަސާއަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ދިނުމަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާކަމުގައިވާނަމަ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅިގެން އެ އެޕްލިކޭޝަނެއްގައި އީ-ފާސް ބޭނުން ކުރުމަށް ހުރިހާ އިދާރާއަކަށް އަންގައިފިއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އިން ނެރެފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ އާންމުކޮށް މައުލޫމާތު ދިނުމުގެ މަގު ފުޅާކޮށް ސަރުކާރުގެ ހިދުމަތްތައް ދިނުން ހަލުވި ކުރުމަށާއި، ރާއްޖޭގައި "އިލެކްޓްރޯނިކް ގަވަރންމަންޓް" (އީ-ގަވަރންމަންޓް) ގާއިމު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ހުރިހާ އޮންލައިން އެޕްލިކޭޝަންތަކެއްގައި ބޭނުން ކުރުމަށްޓަކައި ދައުލަތުގެ "ސިންގަލް ސައިންއިން ސިސްޓަމެއް" ގާއިމު ކުރެވިފައިވާ ކަމަށެވެ.
ދައުލަތުގެ ސިންގަލް ސައިންއޮން ސިސްޓަމް "އީފާސް އެކައުންޓަކީ" ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓަރ ވެވޭ ޑިޖިޓަލް އައިޑެންޓިޓީ އެކެވެ.
އެ މިނިސްޓްރީން ބުނީ، ކޮންމެ ފަރުދަކަށްވެސް ދޫކުރެވޭނީ އައިޑީ ކާޑް ނަންބަރާއި ގުޅިފައިވާ އެންމެ ޔޫސަރ އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން މެދުވެރިކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކައުންޓެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"ވީމާ ސަރުކާރުގެ އެއްވެސް މުވައްސަސާއަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ދިނުމަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާކަމުގައިވާނަމަ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅިގެން އެ އެޕްލިކޭޝަނެއްގައި އީ-ފާސް ބޭނުން ކުރުމަށް ހުރިހާ އިދާރާތަކަށް އަންގަމެވެ" މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިހާރު ޑިވެޕޮލް ކޮށްފައިވާ އެޕްލިކޭޝަން ތަކުގައި އީ-ފާސް ލޮގިން ބޭނުން ކުރުމުގެ އިންތިާމް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްވެސް ވަނީ އަންގާފައެވެ.
ދުއްޕާނެއް އޮތިއްޔާ ކުރާތި
ވަގު ވޯޓަށް އަހުލު ވެރި ކުރާން ރޭ ވި ރޭ ވުމެއްތީ. ދެންފެންނާނީ އަމިއްލައަށް ވޯޓްލާތަން މިމީހާ މިހާރު އެމްޑީޕީ މީހުނަށް. އޯކޭ ވާނެ