އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ސަމާލުގައި ވަނީ، އެ ދެ ސިޓީއަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 1:00 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންދާ ކަމަށް ވިދާޅުވެފައެވެ.

އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރު އަތޮޅުތަކަށް މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވި ނަމަވެސް، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު