ފުވައްމުލަކުން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 25 އަށް އަރައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު އެ ސީޓީން އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތް ވޯކާ އާމިނަތު އަހުމަދު ވިދާޅުވީ، އެރަށުގެ ކޮވިޑް ހާލަތު ރަނގަޅު ނޫން ކަމަށާއި، ގާތުން އެއްތާވި މީހުންގެ ތެރެއިން ނެގި ސުންކުތަކުން ފަސް މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

"އެހެންވީމަ މިވަގުތު ރަށުގެ ހާލަތު އެހާ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އަދި މިއަދު އިރުއޮއްސުމާއި ހަމައަށް 3976 ސުންކު އެރަށުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ގާތުން އެއްތާވި މީހުންގެ އަދަދު 660 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓްެކްޓް ޓްރޭސިންގގެ ތެރެއިން ހިރާސްބޮޑު 45 އަދި ބަލީގެ އަލާމަތްތައް ހުރި 12 މީހެއް ފާހަގަވެފައި އެބަ ހުރި"، އޭނާ ވިދާޅުުވިއެވެ.

އެހެންކަމުން މިހާރު ރަށުގައި ފައްސިވެފައި 24 މީހަކު ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެރަށުގައި ހުއްޓާ ފައްސިވި އެކަކު އޭނާގެ ރަށަށް ގޮސްފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އެރަށުން ކޮވިޑަށް ފައްސިވީ 30 ވޭދަނަ ކަމަށާއި، އޭގެ ތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށް އާމިނަތު އަހުމަދު ވިދާޅުވިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ އެއް ރަށަކީ ފުވައްމުލަކެވެ.

ކިޔުންތެރިންގެ ހިޔާލު