"ވަގުތު" ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ދަށް މުސާރައެއް ލިބޭ މުވައްޒަފަކަށް ވެސް އެންމެ މަދުވެގެން ދިހަހާސް ރުފިޔާގެ މުސާރައެއް ލިބޭ ގޮތައް "ވަގުތު" މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.

"ވަގުތު" މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ މުސާރަ އާއި އެލަވަންސްތަކާއި އެކު ކޮންމެ މުވައްޒަފަކަށް އެންމެ މަދުވެގެން ދިހަހާސް ރުފިޔާގެ މުސާރައެއް ލިބޭ ގޮތައް އުސޫލު ބަދަލު ކުރީ މުވައްޒަފުން ކުރާ މަސައްކަތާއި އެކަށީގެންވާ މުސާރައެއް ދިނުމުގެ ގޮތުން ކަމަށެވެ.

"ވަގުތު"ގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުންގެ މުސާރައިގެ އުސޫލަށް ގެނައި ބަދަލަށް މާޗް މަހުން ފެށިގެން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

"މުވައްޒަފުންނަށް އެންމެ މަދުވެގެން ދިހަހާސް ރުފިޔާގެ މުސާރައެއް ދޭން ނިންމުމުން ރާއްޖޭގައި ވެސް އެންމެ ރަނގަޅު މުސާރައެއް ލިބޭ މީޑިއާއަކަށް "ވަގުތު" ވެގެން ދާނެ. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ މިހާރު ވެސް ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން މަސައްކަތް ކުރަން ނުޖެހޭ މަދު މީޑިއާތަކުގެ ތެރެއިން އެއް މީޑިއާކަން އަޅުގަނޑުމެން ފާހަގަ ކުރަނީ ފަހުރުވެރިކަމާއިއެކު." އޮފިޝަލް ވިދާޅުވިއެވެ.

ދިހަހާސް ރުފިޔާގެ މުސާރައެއް ލިބޭނީ "ވަގުތު" ގައި ދާއިމީ ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ. "ވަގުތު" ގައި 24 މުވައްޒަފަކު ދާއިމީ މުވައްޒަފުންނާއި ޕާޓް ޓައިމް ގޮތުގައި ވަޒީފާ އަދާކުރާ މީހުން ހިމަނައިގެންނެވެ.

"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ އެންމެ މަގުބޫލު އޮންލައިން ނޫހެވެ. "ވަގުތު" އަށް ދުވާލަކު ދޮޅު ލައްކައަށް ވުރެ ގިނަ މީހުން އެވްރެޖްކޮށް ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ސުލައިމާން

  ސަރުކާރު މުއައްޒަފުންނައް ވތިއައްވުރެން މާމުސާރަބޮޑު

  19
  9
  • މަރީ

   ސަރުކާރުގަ އެބައޅޭ ގެއަށް ގެންނަން 5500 ރުފިޔާ ލިބޭ މުވައްޒަފުން 12 ގަޑިއިރު މަސައްކަތް ކުރުވައިފަވެސް. ދުވާލަކު އިތުރު 6 ގަޑިއިރު މަސައްކަތް ކުރުވޭ އެކަމު އިތުރު ގަޑީ ލާރި ދެނީ ދުވާލަކަށް 2 ގަޑިއިރަށް. އެޢީއޯ އިތުރުގަޑީގެ ޕޮލިސީ އަކީ އެކަމު މަސައްކަތް ކުރުވަން ވީމަ ނޯވޭ ޕޮލިސީއެއް

   14
   1
 2. Happy

  ސާބަހޭ ވގތ

  22
  1
 3. އަލިބެއްޔާ

  ސަރުކާރުންވެސް "ވަގުތު" ނަމޫނާ އަކަށް ބަލަން ވެއްޖެ އެއްނު!!!!

  30
  2
 4. ފަތިސް

  ޚަބަރު
  ރިޕޯޓް
  އީވަގުތު
  (ދީން) ވެސް ހިމަނާލުން ރަނގަޅު ދެއްތޯ!
  ......... 100% މުސްލިމް ޤައުމެއްގެ އެންމެ މަޤްބޫލް ނޫސް ކަމަށްވާއިރު، ވަގުތު ނޫސް ގައި ދީނީ މައުލޫމާތު ގެ ކޮލަމް އެއް ނެތްކަން ހިތާމައާއެކު ފާހަގަ ކުރަން، އުއްމީދަކީ އެފަދަ މައުލޫމާތަށް އަޅުގަނޑުމެންގެ މުޖުތަމައަށް ފޯރުކޮށްދިނުން. ވަރަށް ބޭނުންވޭ ޕްލީޒް.
  އަޅުގަނޑަކީ ވަގުތުނޫސް އަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ކިޔުންތެރިއަކީމެވެ. ޝުކުރިއްޔާ

  47
  4
 5. ޕަރީ

  ހެޔޮނުވާނެ އަޅުގަނޑަށް ވަޒީފާއެއް ދެއްވާ.. އާދޭސް ކުރަން. ދަރާ ދަރާ ގޮތްހުސްވެއްޖެ..

  20
  2
 6. މަ

  😍❤️ ވަގުތު ކުދިންގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި🤲🏾♥️

  25
  2
 7. ޢޯކެ

  ދީބަލަ ވަޒީފާއެއް

  13
 8. ޢަލީ

  ދެން ކޮންކަމެއް. 10 ހާސް ނުލިބޭ ވަރަށް ގިނަ މީހުން އެބަ އުޅޭ. ޢަހަންނަށްވެސް ލިބެނީ 5.

  13
  6
 9. ލޮލްލޮލް

  ދެން ހަވާ އަރުވަމާ

  2
  4
 10. ަފކ

  ޒީރޯ ޓޮލަރިޒް

 11. ާއާމިނަތު

  ވަގުތުގެ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ރާއްޖޭގައި ތަކެތީގެ އަގުތައް ހުރިގޮތަށް ބަލާއިރު މަހާރު މަދުވެގެން 10 ހާސް ރުފިޔާގެ މުސާރައެއް ކޮންމެ މުވައްޒަފަކަށް ދޭން އެބަޖެހެއެވެ. އެހެން ކަމުން ވަގުތުގެ މެނޭޖްމަންޓުން ތިޔަ އެޅުއްވި ހަރުދަނާ ފިޔަވަޅަށް އައްްސަރިބަހެވެ. ނަމަވެސް ހިތާމަޔަކީ ސިވިލްސަރވިސް މުވައްޒަފުންގެ އިދާރީ މަޤާމުތަކާށ ދޭތެރޭ ވިސްނާލާނެ ބޮޑަކު ނެތުމެވެ. އެންމެ 5000ރ ގެ މުސާރަކޮޅެއް ގެއަށް ގެންދަންލިބޭއިރު ކަމެއްނުކޮށް ދެއަތްއުރާލައިގެންތިބެ އަބަދު ސިޔާސީ މީހުންނަށް އެއްޗެހިގޮވާ 65 އަހަރުގެ މުއްސަނދިންނަށްވެސް 5000ރ ލިބެއެވެ. ފަގީރުންނަށް އޯކޭ އެވެ. އެކަމަކު އުޅެވޭވަރުގެ ތަނަވަސް މީހުންނަށް ދޭންވަނީ ސިވިލް މުވައްޒަފުންގެ އަނބިދަރިންގެ ޒަރޫރީ ބޭނުންތައް ފުދޭވަރުގެ މުސާރައެއް ދެވޭނަމައެވެ. ކޮންމެ ސަރުކާރަކުންވެސް ކިޔަނީ މުސާރައިގެ ފަރަގުތައް ކުޑަކޮށް ރަގަޅު މުސާރައެއްދޭނަމޭ އެވެ. އެކަމަކު ވަޒީފާގާއުޅޭތާ 25 ، 30 އަހަރުވެ ދަރިން ބޮޑެތިވެ މީހުންނާ އިންނަ ހިސާބަށް ދާއިރުވެސް ބޯހިޔާވަހިކަން ނުލިބޭ ކިތައްކިތައް މުވައްޒަފުން ތިބިތޯ ސަރުކާރުތަކުން ދިރާސާއެއް ހެދީމުތޯއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން މުވައްޒަފުން ބޭނުންވަނީ ކިހާ މުސާރައެއްތޯ ބެލުމަށް ދިރާސާއެއް ކުރިއެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ޖުޑީޝަރީއާ ޞިއްޙީ ދާއިރާގެ މުވައްޒަފުންނާ އެހެން މުވައްޒަފުންނާވެސް ތަފާތުހުރެއެވެ. ޖުޑީޝަރީގެ އެޑްމިން އޮފޮސަރުންނަށް އެކި އެލަވަންސާއެކު 10000ރ ވަރު ލިބޭއިރު އެހެން އިދާރީ މީހަކަށް 6000ރ ވަރު ގެއަށް ގެންދަން ލިބެނީ ނަޞީބުރަނގަޅު ފަހަރެއްގައެވެ.

  7
  1
 12. އަހުމަދު 45

  ވަރަށް އުފާވެރި ހަބަރެއް. ތިގޮތައް ސަރުކާރުން ސިޔާސީމީހުންނަށާ ޕާޓީމީހުނަށް ލާރިއިސްރާފުނުކޮއް ދިވެންހިންނަށް ރަނގަޅުގޮތެއް ހޯދަދޭން ނޭންގިފަހުރިތަން މިފެންނަނީ.

  7
  1
 13. ކޮވިޑް

  ވަގުތު ނޫސް ކިޔާ މީހެއްގެ ހައިސިއްޔަތުން "ވަގުތު" މެނޭޖްމަންޓަށް ވ ވ ބޮޑަށް ޝުކުރު.ތީ ހަމަ ނަމޫނާ އެއް.

  9
  1
 14. އިހުލާސްތެރި ހިތަކުން

  ތިޔަކުރައްވާ މަސައްކަތާއި ދައްކަވާ ނަމޫނާއަށް އްސެރިބަހާއި ސާބަސް ދަންނަވައި ޝުކުރު އަދާކުރަން ، ތިޔަ އަޒުމުގަ މަސައްކަތް ކުރުމުގެ މަގު ﷲސވ މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން

  9
  1
 15. އިބްރާހިމްބެ

  ނެތްތަ ވަޒީފާ އެއް. ހަމަ އަސްލުވެސް ރީތިކޮށް އުޅޭނަން. ބޮސީވެގެން ނޫޅޭނަން. އޯޝަން ކުދިންނަށް އުނދަގޫ ކުރާހެން ނުކުރާނަން

 16. ނަބީލް

  ވަގުތު ރަގަޅު! މިއީ ޞާލީހް ދޭންބުނި މިނިމަމްވޭޖް ވަޢުދު ހާމަކުރިގޮތް! ދަށްވެގެން 10000 ރުފިޔާ!؟؟؟ބަނަގާޅިއަކަސް ސޭޓަކަސް ވޮޗަރަކަސް ސަރުކާރަކަސް ސަރުކާރު ނޫނަސް ދަށްވެގެން މިވަރު ނުދެވިއްޖެއްޔާ އެއޮތީ ވަޢުދު ފުލުން ގޮސްފައެވެ.

 17. ޣާފިލާ

  ޙަރުދަނާ ކަމާއެކު ޒިންމާދާރު ހަމަ ހަމަ ހަބަރު ގެނެސް ދެއްވާ މީޑިއާ އަކަށްވުން އެއީ، ވަގުތުން ކޮންމެހެން ކުރަން ވެއްޖެކަމެއް...މުއަށްޒަފުންނަށް މުސާރަ ބޮޑުކޮށް ދިނުން ފަހުރަކަށް ވާފަދައިން ވަކި އަތަކަށް ބުރަނުވެ ހަބަރުތަށް ގެނެސް ދިނުން ވެސް ފަހުރެއް ކަމަށް ހަދުއްވާ. ޢޭރުން ވަރަށް ވަގުތު ސަޅިވީ...އަބަދުވެސް ކާމިޔާބަށް އެދެން.

 18. ޙޖދގހ

  ރަގަޅު ނިންމުމެއް ވަގުތު. އެންމެފަހުން ށިވިލްސާވިސްގެ މުއައްޒަފުންގެ މުސާރަބޮޑުކުރިއިރު ކާއްޓެއް 1 ރުފިޔާ މިހާރު 7 ރުފިޔާ 3 ވައް ދޮންކެޔޮ 2 ރުފިޔާ މިހާރު 5 ރުފިޔާ އަށްވަކެއް ޢޭރުގެ ބަޖެޓް 14 ބިލިޔަން މިހާރު ބަޖެޓް 40 ބިލިޔަން ގާތްގަޑަކަށް އިންފުލޭޝަން އިންތިހާއަށް ބޮޑުވާއިރު މުސާރަބޮޑުނުކުރުމަކީ އަނިޔާއެއް.

 19. ޖާހިލު

  ބަޔަކަށް ހަގީގަތް ނޭނގުނު ނަމަވެސް، ވަގުތުން މުސާރަ ދޭންޖެހޭ، ނުދީ ތިބި އެތައް ބަޔަކު އެބަ ތިބި. ތި 10،000 ރުފިޔާ ވެސް ނުދެވޭނެ. ބޭނުމަކީ މާކެޓިންއަށް ނުކުތުމުގެ ކުރިން ނޫހުގެ މަލަމަތި ރީތިކޮށްލަން. މީރާއަށް ދައްކަންޖެހޭ ދަރަނި 90،000 ރުފިޔާގެ. އެ ދަރަނި ދައްކަބަލަ ފުރަތަމަ.

 20. ޙަސަން

  ނެ އްތަ ޖޮބެ އް؟

 21. ޙަސަން

  އަޅުގަނޑަށް ވަޒީފާއެއް ދެއްވާ.