ރާއްޖެ އަށް އިންޑިއާ އިން ހަދިިޔާ ކުރި ކޮވިޝީލްޑް އެއްލައްކަ ޑޯޒްވެސް ދޭނީ ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާގޮތް ނޫސްވެރިންނަށް އޮޅުންފިލުވާދެއްވަމުން، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ލިބިފައިވާ ހުރިހާ ވެކްސިން އެއް ވެސް ދޭނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން އިތުރު ވެކްސިން ޑޯޒްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްޒަތު ވިދާޅުވީ މި ވަގުތު ވެކްސިން ދެމުން ދަނީ އެންމެ ބޮޑަށް ވެކްސިން ބޭނުންވާ މީހުންނަށް ބަލައިގެން ކަމަށެވެ. އެގޮތުން ފުަރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުން ފަދަ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް އަވަހަށް ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވެކްސިން ނުލިބިގެން ވެކްސިން ޕްރޮގްރާމް ހުއްޓާލަން ނުޖެހޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

" ދެވަނަ ޑޯޒެއް މި މަސް ނިމުމުގެ ކުރިން ލިބޭނެ. ނަމަވެސް ސީދާ ދުވަހެއް ދަންނަވަން ދަތި. ވެކްސިން ދޭން ޖެހޭ އެންމެ ބޭނުންވާ މީހުންނަށް ވެކްސިން ދޭން މި މަސައްކަތް ކުރަނީ. 80 އަހަރުން ދޮށީ މީހުންނަކީ އެންމެ ވެކްސިން ބޭޭނުންވާ މީހުން. ވެކްސިން ދިނުމުގައި ކެޓަގަރީތަކަށް އިސްކަން ދީގެން ވެކްސިން ދެމުންދާނީ. އަތޮޅުތެރޭގައި ވެސް 60 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭ ވަރަށް އަޅުގަނޑުމެން އަތުގައި ވެކްސިން އެބަ ހުރި." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު 5204 މީހަކަށް ވަނީ ދީފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 43817 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 35289 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 8429 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަދި ރިސޯޓްތަކުން 49 މީހެެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންް ޖަހަން ފަށާފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑަބިޔާ

  ތިޖެހުނީ އަނެއް ކަންތަން. ދެވަނަ ޑޯޒް ޖަހަންވާ ދުވަހައް ވެކްސިން ނުލިބެޔޭ ކިޔާފަ ފަށާނެ ދޮގުތައް. ދެން ޖަހަން އޮތީ ފައިޒާ ދެވަނަ ޑޯޒް އަށް

 2. އެމަންޖެ

  ދެވަނަ ޑޯޒް ބޭނުމިއްޔާ ދެންޖެހޭނީ އަންނި ފައިބުޑައްވެއްޓި ސަލާން ޖަހަން.

 3. ލާދީނީ އަންނި

  ދެވަނަ ޑޯޒް ބޭނުން ކުރާނީ ވިޔަފާރި ކޮށް ގައުމުގެ ހަރަދުތައް ފޫބެއްދުމައް.

 4. މަހުލޫފުގެ ރަހްމަތްތެރިޔާ

  ވެކްސިން ދެނީ ކަލޭމެން ބޭނުންވާމީހުންނަށް ވަކި އުމުރުން ދޮށީ މީހުންނަށް ނޫން ވެކްސިންވެސް ލިބޭނީ ބާރުގަދަ މީހުންނަށް އަހަރެން އުޅޭ އޮފީހުގައިވެސް ނުލާހިކު ޅަކުދން ވެކްސިން ޖަހައިފި ބާރުގެ ބޭނުން ހުރިހާކަމެއްކާވެސް

 5. ސިދާތާގެ ބެޑްސީޓް

  ގަވައިދާ ހިލާފަށް އުޅޭ ބިދޭސީނަން ވެކްސިން ޖަހަން އޯކޭ ކޮންމެ އުމުރަކަސް ދިވެހި ރައްޔިތަކުވިޔަށް ކަމަކު ނުދޭ