ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދުގެ ސަލާން ވަރަށް ގިނަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދުވަހެއްގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން އެ ޖަލްސާ ފެށޭ ވަގުތުގެ ހާޒިރީ އާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ އަދަދާއި، ސަލާމެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދާއި، ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުގައި ތިއްބެވި މެންބަރުންގެ އަދަދު ހާމަކުރައްވައެވެ.
މިއަދުގެ ޖަލްސާގައި މި އަދަދުތައް ހާމަކުރެއްވުމަށް ފަހު، ރައީސް ނަޝީދު ވިދާޅުވީ ބައެއް މެންބަރުން ސަލާމުގައި ހުންނަވާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. މި ގޮތުން ހުސައިން ވަހީދު ސަލާމުގައި ހުންނަވާތާ ވަރަށް ދުވަސްވީއިރު އޭނާ ހުންނެވީ އާލާސްކަންފުޅާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހުސެއިން ވަހީދު ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުންދާ ކަމަށްވެއެވެ.
ގާސިމް މިދިޔަ އަހަރުގެ ފުރަބަންދުން ފެށިގެން ސަލާމުގައި ހުންނެވި ކަމަށާއި، ސިޔާމް ވެސް މި އަހަރުގެ ފަހުން އަދި މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ތިން މެންބަރުންގެ ސަލާން ގިނަ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އިރު އެންމެ ފަހުން އާންމުކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނަށް ބަލާއިރު އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯއްދަވާފައިވަަނީ ވެސް މި މެންބަރުންނެވެ.
ސިޔާމްއަށް 21 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވަނީ މަޖިލީހުގެ މެންބަރުގެ މުސާރަގެ އިތުރަށް، އޭނާގެ ސަން ސިޔާމް ކުންފުނިން ލިބިވަޑައިގަންނަވާ އާމްދަނީ އާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ފައިދާއިން ލިބިވަޑައިގެންނެވި ޑިވިޑެންޑަށެވެ.
ވަހީދަށް ލިބިވަޑައިގެންނެވި 14 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ، މެންބަރުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަގެ އިތުރަށް އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބިވަޑައިގަންނަވާ އާމްދަނީ އާއި، ޓިމްބާ ހައުސް އެންޑް އޯޕަން ސީސް ކުންފުނީގެ ފައިދާއިން ލިބިވަޑައިގެންނެވި އާމްދަނީއެވެ.
ގާސިމަށް އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 11 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މަޖިލީހުގެ މުސާރައާއި ވިލާ ކުންފުނީގެ ފައިދާއިންނާއި ހިއްސާ އޮތް ކުންފުނިތަކުގެ ޑިވިޑެންޑުން ލިބިވަޑައިގެންނެވި ފައިސާއެވެ.
ޒިންމާ ވާން ޖެހޭނީ ވޯޓް ލީ ރައްޔިތުންނެވެ.
ޒިންމާވާން އަބަދު ވެސް ޖެހޭނީ ރައްޔިތުން އެމީހުން ކޮންމެގޮތަކަށް އުޅުނަސް
މިމީސް މީހުން މަޖްލޫހަށް ކުރިމަތި ލައިގެން ފައިސާވެސް ބަހައިގެން ރައްޔިތުން ކުރިމަތީ ހެއްދެވިހާ ދޮގެއް ހަދައިގެން މަޖްލީހަށް ހޮވެނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަކަށްނޫން!! މިކަން ދަންނަންޖެހެނީ ރައްޔިތުން!! މިމީސް މީހުން މަޖްލީހަށް ވަންނަނީ ނުވަތަ ގޮނޑި ކަށަވަރުކުރަނީ އަމިއްލަ ފައިދާއަށް!! މަޖްލިސް މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތަކުގެ ބޭނުން ހިފުމަށާ ޑިޕޮލޮމެޓިކް ޕާސްޕޯޓް ހޯދުމަށާ ލިބޭ ބާރާ ނުފޫޒުގެ ބޭނުން ހަމަ ގޮތުގަޔާއި ނަހަމަ ގޮތުގައި ހިފައިގެން އަމިއްލަ ވިތަފާރިއަށް ފަހިގޮތްތަށް ހޯދުމާ ސަރުކާރުގެތެރެއިން މިކަންކަމަށް ފުރުސަތު ހޯދުން!! މިނޫންކަމެއް މިމީހުން ނުކުރޭ!! އެހެން ގިނަ މެމްބަރުންގެ ބޭނުންވެސް އޮންނަނީ މިހެން!! ފަސް އަހަރުތެރޭ ހެދުނު އެއްޗެއް ހަދައިގެން އަމިއްލަ އަންބޮޑި ބުޑުކުރުން!! ރައްޔިތުންގެ ސިކުނޑިތަކުން ވިސްނަންވެއްޖެ ނޫންތޯ؟
ރައްޔިތުން އިންތިހާބީ ކެމްޕޭން ދުވަސްވަރު ދޭހަދިޔާތަކަށް ހެއްލޭތީ މައްސަލައަކީ.
ބަލި މީހުންނަށް އަވަސް ޝިފާއަކަށް އެދެން.މިމީހުން މަޖްލިހަށް ކުރިމަތިލަނީ ކޮންމެހެން ލިބޭ އުޖޫރައިގެ ބޭނުމަކުނޫން.80000 ރުފިޔާއެއީ އެމީހުންނަށް މުހިންމު އެއްޗެއް ނޫން.އެމީހުން ބޭނުންވަނީ އެމީހުންގެ ނުފޫޒު ރާއްޖޭގެ ސިޔާސީ ސްޕެކްޓްރަމްގަ ބާއްވަން.މި ބޭނުމުގަ އެމީހުން އެތިބެނީ.އެނޫން އެއްވެސް ބޭނުމެއް ނެތް.ވ.ވެދުން
އަދި ވެސް ސަރުކާރު މުވައްޒަފުންގެ ސަލާމް ދުވަސްތައް އުނިކުރަންވީ ގަވައިދު ހަދަންތިބި މީހުންގެ ސަލާމްތައް ވަރި ހަމަނުން 366 ދުވަހަށް ހެދިޔަސް
އެކަމަކު މުސާރައި ކުޑަވެސް އުނިކަމެއްނެތް ތޯ ސިވިލްސާވިސްގަ ސަލާމުގަ ތިހާދުވަހު ހުރެއްޖެނަމަ މުސާރަ ނުލިބޭނެ އޭ ނަހުންނަންޖެހޭނީ ނޯޕޭގަ މިވެސް އިނސާފުތޯ
މުއްސަދިން ނަމަވެސް ވޯޓާ ޖެހުނީމާ ރަޢިއްޔަތުންނަށް ސަލާންޖަހާ ފަގީރުން... ވަޢުދުތަކެއްވެ ހުވާ މައްޗަށް ހުވާކުރިޔަސް ހޮވުނީމާ ދޮގުހަދާ މީހުން .... އިންސާނުންގައި ލަދު ލެއްވިޔަސް އޭގެ ކަންފުޅެއްވެސް ނެތް މީހުން. މިމީސްމީހުން މަޖްލިސަށް މި ކުރިމަތިލަނީ ތިމަތިމާ ގެ އަމިއްލަ މަސްލަހަތަށާ ވިޔަފާރިތައް ދެމެހެއްޓުމަށް ޓަކައި. މިސާލަކަށް ކަންކަމުން ނަގާ ޓެކްސް ނަގާއިރު އެންމެ ބާރު ބޮޑުވާނީ މިމީސްމީހުންނަށް. އެހެންވީމާ އެމީހުންނަށް އެކަމާ "އުޅެވޭނީ" އެތާ ތިބިއްޔާ.
އަހަރެމެން އެންމެ ދު ވަހަކު މަސައްކަތުނަޔަސް މުސާރަ ކަޑާ ގާސިމް މެން އަހަރު ނިންމާލީ މަޖުލިހަށް ނުގޮސް ބަރާބަރަށް މުސާރަލިބޭ ދެރަައީ އެހެންމީހުންގެ ހާލު ނޭގޭތީ . ގާސިމް އަދި ވެސް ހަމަމުސާރަ ނުދޭ ލަދުގެ ކަންފުޅެއް ވެސް ނެތް އަސްދޫނި ގެންގުޅެވެނިކޮއް ނިމުނީ.ދޯ
ތިޔައީ ދާވަރުގެ ތަނެއްނޫން! ކެނެރީގޭ ސިޓިންގ ރޫމުއެއް ކަމަށް ބެލެވެނީ ވީމާ އެތަނަށް ދާނީ ލާދީނީ ފުރުގެ މީހުން!
ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސެން ވަހީދު ކެންސަރުގެ އާލާސްކަންފުޅަކާ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ދާތީވެ މަޖްލިސް އައް ހާޒިރު ނުވެވެނީ. މައުލޫމާތައްޓަކައި ދަންނަވާލީ.