ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ބޭރުކުރަން އޭނާ ގޮވާލާފައިވާ ކަމަށް ބުނެ މީޑީއާގައި ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް ރަައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "އައްޑޫ އޮންލައިން"ގައި އޮތް ލިޔުމެއްގައި ބުނެފައި ވަނީ ޕީޕީއެމް/ޕީއެންސީ އިސްބޭފުޅުން ހިމެނޭ ވައިބަ ގްރޫޕެއްގައި ޝުޖާ ޑރ.ޖަމީލަށް ފާޑު ވިދާޅުވެފައިވާ ކަމަށެވެ.އެއްފަހަރު ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތް ކުރުމަށް ފަހު ޑރ.ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ކަމަށާއި، އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ޝުޖާއު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
އެ މައްސަލަ ރައީސް ޔާމީންއަށް ހުށަހަޅާދިނުމަށް ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަބްދުﷲގެ އަރިހުން ޝޖާއު އެދިވަޑައިގެންނެވި ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް ޝުޖާއު "ވަގުތު" އަށް ވިދާޅުވީ އެއީ ކަނޑަައެޅިގެން ދޮގެއް ކަމަށެވެ.
"ރައީސް ޔާމީންގެ މުޅި ވަކީލުންގެ ޓީމަށް އިތުބާރު އެބައޮތް ޕީޕީއެމްގެ ލީޑަރޝިޕްގެ. ޕީޕީއެމްގެ ބަދަހި ސަފުތައް ފެނި ރޫޅަން ދައްކާ އެފަދަ ވާހަކަތަކަށް ޖާގައެއް ނުދޭނަން." އޭނާ ވިާޅުވިއެވެ.
ޝުޖާއު ޖަމީލަށް ފާޑު ވިދާޅުވި ކަމަށް ބުނެ އަޑު ފެތުރިފައ މިވަނީ ޑރ.ޖަމީލު ނައިބް ރައީސްކަމުން ބޭރުކުރި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ސުޕްރީމް ކޯޓުގައި ބާއްވާފައި ވަނިކޮށެވެ. އެ އަޑުއެހުމުގައި ޑރ.ޖަމީލު މަޤާމުން ދުރުކުރީ ޤާނޫނުއަސާސީން ލިބިދޭ ދިފާއުވުމުގެ ފުރުސަތު ނުދީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ހަމަހަމަ ކަމާއި އެކު ލިބިދޭންޖެހޭނެ ކަމަށާއި، އެއްވެސް މައްސަލައެއް ބަލާ ނަމަ، އެ މައްސަލައެއްގައި އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭނެ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީން ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް އަކީ ޑ.މުހައްމަދު ޖަމީލެވެ. އެމަނިކުފާނު މަޤާމުން ވަކި ކުރީ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ފަހުގައެވެ.
އިތުރުފުޅު ނުހައްދަވާ، ސުޖާ ނޫންތޯ އަހަރެމެން ކައިރީބުނީ ޖަމީލްގެ ބޭނުންކޮށްގެން ރައީސް ޔާމީނު މިނިވަންކޮށް ސަރުކާރަށް ޕުރެސަރުކޮށް ހަމަ ސަރުކާރުބަދަލުވާތަނުން ސައްޕެއްޖަހާފަ ޖަމީލް ބޭރުކޮށްލާނަމޭ، ރައީސް ޔާމީންވެސް ބޭނުންވަނީ ހަމައެގޮތޭ، ތިމަންނަމެން މިހާރު ޖަމީލް ހައްދައިގެން މޮޅުމީހަކަށް ހަދައިގެން ޓިކެޓްދޭނަމޭކިޔައިގެން މިހުރިހާކަމެއް ކުރުވާނަމޭ
އެމްޑީޕީ ދެބޯގެރިން އަނބުރާ ފިތުނައާ ގޭސް.. ޖަމީލުގެ އަމިއްލަ މަދަނީ މައްސަލައަކާ ޔާމީނުގެ މައްޗައްދައުލަދަކުން ކުރާ ނުހައްޤު ޖިނާއީދަޢުވާއަކާ ގުޅުމެއްނެތް..
ޒަކް ްާބޫލުނުކުރަންނާ ސުޖާކައިރިން ނިކަންއަހާލަބަލަ، އޭނަ އަހަރެމެންކައިރީ ހަމައެގޮތައްބުނީ، ޖަމީލް ސައްޕެއްޖަހާފަ ބޭރުކޮށްލާނަމޭ
ޕީޕީ އެމް ޓީމުގައިވެސް ޑރ ޖަމީލާ ވަރަށް ޙަސަދަވެރި ބަޔަކު އެބަތިއްބެވެ. ޙަޤީޤަތުގައި ރުޅި އަންނަންވީ ޖަމީލެވެ. ޙައްޤުންކަމަކާ ނުލައި ޖަމީލްގެ ދުވަސް ދުއްވާލުމަށް މަސައްކަތްކުރީ ޕީޕީ ގައި އަމިއްލަ އެދުމުން ފޯވެފައިތިބި ބައެކެވެ. އެކަމަކުވެސް ހެޔޮތާއެވެ. އެހުރިހާ އަނިޔާއެއް ދިނީމާވެސް ޖަމީލް ރައީސް ޔާމިނުގެ ދިފާޢުގައި ނުކުމެ އެމަނިކުފާނު ސަލާމަތްކުރަން މަސައްކަތް ކޮށްދޭތީ އަހަރެމެން ސްޕޯރޓަރުން ޖަމީލަށް ޝުކުރު އަދާކުރަމެވެ. ރިޝްވަތަށް ދެވިހިފާފައިތިބި ބަޔަކު ފައިސާގެ ދަހިވެތިކަމުގައި ޖަމީލް ބޭރުކުރިޔަސް ޖަމީލަކީ ޕާޓީއަށާއި ޔާމީނު ވެރިކަމަށް ގެނައުމްށް 2013 ގައި އެންމެ ބޮޑަށް މަސައްކަތްކުރި ބޭފުޅާއެވެ. އަދި އޭނާއަކީ މަޤާމަށް އެކަށީގެންވާ ޢިލްމީ ދީންވެރި ބަސްމޮށުންތެރި އިންސާފަށް ލޯބިކުރާ ބޭފުޅެކެވެ. ޔާމިނުގެ އިޚްލާސްތެރިއެކެވެ.
ޝައްކުވާ ހާލަތެއް އޮތްނަމަ ވަކީލު ބަދަލުކޮށްލުމަކީ ކުރެވެން އޮތްކަމެއް. މިހާރު މާބޮޑު ކުރިއެރުމެއް ލިބޭތަނެއް ނުފެނޭ. ޔާމީން މިނިވަންކުރަން ޖަމީލްގެ އިޚްލާސްތެރިކަން ހުރިކަމެއް ޕީޕީއެމަށް ކިހިނެތް އެނގެނީ؟ ޖަމީލަކީ މައްސަލައިގެ އެތެރޭގަ ހިނގާ ކަންކަން ބަލަން ފޮނުވާފަހުރި އޭޖެންޓެއްނޫންކަމެއް ކިހިނެތް ޔަގީންވަނީ؟ އޭރުގެ އިދިކޮޅު ކޯލިޝަންގެ އިސް މީހަކަށް ޖަމީލް ހުރީ ކީއްވެބާ؟ އެއިރުގެ އިދިކޮޅު ހުރިހާ މީހުންގެ ގްރޫޕުގެ ތެރެއިން ޖަމީލު ވަކިވެގެން އެއުޅެނީ ކީއްވެބާ؟
ބަލަގަ އެމީހާނޯންތަ ބުނީ ބުރޯވެސްޔާމިންކާރިޔަށް ފޮނުވާފަހުރީތިމަންނާމެންނޭ އެގޮތައްމިހާރުޖަމީލްވެސް ހުރެދާނެ ދޯދެކޮޅުންކާގޮތަށްވެސް މީވަރަށްވާހަކަ