ކުރިއަށް އޮތް ދެ ތިންމަހަކީ ހޫނު މޫސުން ކަމަށްވާތީ ކަރަންޓު ބިލަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯ ފަރާތުން ހުސެއިން ފަހުމީ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހޫނު މޫސުމާ ދިމާކޮށް ބިލަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަރަންޓު ބޭނުން ކުރާ އެވްރެޖަށް ބެލުމަށް ފަހު "އީކުއަލް ޕޭ"ގެ ނަމުގައި ދެ ފަރާތުން އެއްބަސްވާ ވަކި އަދަދަކަށް ފައިސާ ސްކީމެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ކޮންމެ އަަހަރަކުވެސް ހޫނު މޫސުމެއް އާދޭ. ކުރިއަށް މި އޮތް ދެ ތިން މަހަކީ ބިލަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މަހެއް ކަމަށް ފެންނާތީ އަޅުގަނޑުމެން ހައްލެއްގެ ގޮތުގައި، ހިއްސާކޮށްލަނީ ކޮންމެ މަހަކުވެސް އީކުއަލް އެއް އެމައުންޓަކުން ފައިސާ ދައްކާ ރައްޔިތުންނަށް ފަސޭހަކަމާއެކު ބިލް ދަައްކާލެވޭ ކަހަލަ ނިޒާމަކަށް. އެއީ އީކުއަލް ޕޭމެންޓް ޕްލޭން." ފަހުމީ ވިދާޅުވިއެވެ.

ހޫނު މަހާއި ރަމަޟާން މަހު އިންތިހާ އަށް ކަރަންޓު ބިލްތައް ބޮޑުވާ މައްސަލަ އަކީ ކޮންމެ އަހަރަކުވެސް ބޮޑުވާ މައްސަލައެކެވެ. އެގޮތަށް ކަރަންޓު ބިލު ބޮޑު ވަނީ ކަރަންޓު ބޭނުންވާ ނިސްބަތް ބޮޑު ވުމުން ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް އާއްމުން އެކަމާއި މެދު ސުވާލު އުފައްދައެވެ. މިދިޔަ އަހަރު ހޫނު މޫސުން ދިމާވީ ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގައި އާއްމުން ގޭގައި ގިނަ ވަގުތު ތިބެން ޖެހުނު ދުވަސްކޮޅަކަށް ވުމުން އެ މައްސަލަ އިތުރަށް ބޮޑުވިއެވެ. އަދި ބިލްތައް ބޮޑުވުމުން ދިމާވި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ވަކިން ބަހާލައިގެން އެކި ފަހަރު މަތިން ފައިސާ ދެއްކުމަށް ސްޓެލްކޯއިން ވަނީ ފުރުސަތު ދީީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަލީބެ

    އިންތިހާބަށް ކުޅޭ ގޭމް މޮޅެއް ނުވާނެ

  2. ޖަނާޒާ

    ތިޔަވެސް ވާނީ ނުރައްކާތެރި ކަރަންޓްބިލާއި ގުޅުންހުރި އިންޒާރަކަށް. މިހާރުވެސް ކަރަންޓް ކަޑަން އަތޮޅުތެރޭގައި ހޭބޯނެތި ދުވަނީ. ކޮވިޑްގެ ހާއްޞަ ހާލަތުގައި ލަސްކޮށްދިން ބިލްތައް ފަހަތުންދުވަނީ. އަނެއްކޮޅުން ސަރުކާރުން ސަބްސިޓީ ދެމޭކިޔައިގެން އަނގަތަޅަނީ. މި ވާއްއެއްނުވާއެއްނޭންގޭ. އެނގޭކަމަކީ ނިކަމެތި މީހާގެ އާންމުދަނީއަށް އެއްވެސް ހެޔޮބަދަލެއް ނުލިބި އުޅެނިކޮން ކަރަންޓް ކަނޑަމުންދާކަން. ތިޔަ ބިލްތައްވެސް ބަހާލައިގެން ފައިދާ ހޯދާނީ މާލޭގަވެސް އުޅޭ ޕާޓީކުދިންކޮޅު. މި އޮތީވާ ވެރިކަމެއް. އަނެއްހެން ބުނަނީނަމަ ބަލާވެރިކަމެއް.

  3. ސިނެކް

    100%ހީލަތެއް މިގޭއެއްމެން މިދިޔަލޮކުޑައުންގަ ގޭގަނޫޅޭ އެއްބަޔަކުއިންޑިޔާގަތާށިވީ އަނެއްބަޔަކު ރާއްޖެތެރޭގަ އެކަމަކު އެއްކަލަ ބޮޑުވިބިލް އޮތީމިގެޔަށްވެސް ލިބިފަ މީހީލަތަކީ މީވަށްކަމަކީ

    13
    1
  4. ސްޓެލްކޯ

    ދެން ފިނި މޫސުމުގަ ބިލް ކުަޑަ ނުވަނީ ކީއްވެ ބާ؟

    19
  5. ރާފިޢު

    ފާޑުފާޑުގެ ނަންކިޔައިން މީހުންގެ އަތުން ފެލާނެކަމެއްނެތް

  6. ނނނ

    ގޭގަ ނޫޅި ކަރަންޓުބިލް ބޮޑުވާތި މައްސަލައަކީ

  7. ބޮއެކަޓް އަލީ

    ރޯދަމަހު އެލަވަސް ދިނުމަކީ ސަރުކާރުން ބޮޑު ހެދައެއް ކުރަންޖެހޭ ކަމެއް.

  8. ހެހެހެ

    ތިޔަތާގައި މުވައްޒަފަކަށް ލުޔެއް ނުލިބޭ 24 ގަޑިއިރު އޮފީހުގައި އުޅެވޭނެގޮތް ރޭވުން ކަމަކީ މުގުނީ އާއި ފަހުމީއަށް ރޭވެނީ އެގޮތަށް އެޗްޕީއޭގެ ގަވާއިދަކީ އެއްވެސް އެއްޗެއްނޫން. ބަލާނެ މީހަކުނެތް

  9. މޮހޮދޭ

    ބޭނުން ނުކުރާއިރުވެސް ހޫނު ގަދަ ވީވީނުން ބިލް ހަމަ ބޮޑުވަނީ. ތިޔައްވުރެ ރަނގަޅުވާނެ ސަރުކާރުގެ ތިޖޫރީގެ ފުލުގައިން ލޯވޅު ބައްދަން އުޅުނިއްޔާ.

  10. ނާސިރު

    މީދެން ކިހާބޮޑުވެއްޖެ ކަމެއް ، ކަރަންޓް ބޭނުން ނުކުރިޔަސް ހަމަ ބޮޑުވަނީތަ.

  11. ޢަލީ

    ކުރީބައިގަ ބުނެލީދޯ. އޯކޭ މިއަދު ތިގޮތަށް ލާރިނެގިދާނެ، އަބަދަކު ތިކަމެއް ނުވާނެ، މުޣުނީވެސް ހަމަޖެހޭނީ ދާން.

  12. ާެކަރަހިކި

    100%