ކ. ގުރައިދޫން ފަސް ދުވަހުގެ ތެރޭގައި 1،200 ޓަނުގެ ކުނި ނަގާފައިވާ ކަަމަށް ވޭސްޓު މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ވިދާޅުވެއްޖެެއެވެ.

ވެމްކޯއިން މިއަދު ކުރި ޓްވީޓެެއްގައި ވަނީ، ގުރައިދޫ ސާފް ކުރުމުގެެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ތެރެއިން 1،200 ޓަނުގެެ ކުނި ނަގާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ގުރައިދޫގެެ އެކި ތަންތަނުން ނެެގި ކުުންޏާއި، އެ ރަށުގެެ ކުނިގޮނޑު ސަރަަހައްދު ސާފްކޮށްގެެން ނެެގި ކުނި ހިމެނެއެވެެ.

ކުނި ކޮށި ސާފުކުރުމަށް ވެމްކޯއިން ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން ވަނީ އެެކި ޒާތްޒާތުގެެ ކުންޏާއި، ރިސިޑިއުލް ކުނި ނަގާ ސާފްކޮށްފައެވެ.

ރަށްރަށުގައި ޖަމާވެފައި ހުންނަ ކުނި ނަގާ ސާފްކުރުުމުގެ މަސައްކަކަތުގެެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ މިފަދަ ކުނި ސާފްކުމުގެެ މަސައްކަތް ކުރުމަށް ވެެމްކޯ އިން ވަނީ ރާވައިފައެވެ. މީގެ ތެެރެއިން ކުޅުދުއްފުށީ ކުނިގޮނޑު ސާފުނުކޮށްް ހުންނަތާ 10 އަހަރަށްވުރެ ވަނީ ގިނަ ދުވަސްވެފައެވެެ.

ފުވައްމުލަކު ކުނިގޮނޑު ވެެސްް މީހުން ދިރިއުޅޭ ހިިސާބުގަނޑެއްގައި ކަމުން ވަމުންދާ ގެއްލުމާއި ދަތިތައް އެެރަށުގެ ރައްޔިތުން ވަނީ ޝަކުވާކޮށްފައެވެ.