ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން މިދިޔަ މެއި މަހު އެންެމެ ގިނައިން ސާވިސް ޗާޖްދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ހޮވިއްޖެއެވެ. މިގޮތުން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެލާއިން 1,106 ޑޮލަރު ( 17054.52 ރުފިޔާ ) ދީފައިވެއެވެ.

ރިސޯޓްތަކުގެ ސާވިސް ޗާޖްގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ ސައިޓެއް ކަމަށްވާ މޯލްޑިވްސްއެސްސީގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަތަރު މަހަށްފަހު މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދީފައިވަނީ ވެލާއިންނެވެ. އަދި މިލިސްޓްގެ ދެވަނައިގައި އުޅެނީ އަނަންތަރަ ރިސޯޓްއެވެ. މި ރިސޯޓްއިން 800.24 ޑޮލަރު ( 12339.70 ރުފިޔާ ) ސާވިސް ޗާޖްގެ ގޮތުގައިދީފައިވެއެވެ. އަދި މިލިސްޓްގެ ތިންވަނައިގައި އުޅޭ ރަންދެލި ރިސޯޓްއިން މިމަހު ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 774.00 ޑޮލަރު (11935.08 ރުފިޔާ) އެވެ.

މިދިޔަ މަހު ދިން ސާވިސް ޗާޖްތަކާއި މިމަހުގެ ސާވިސް ޗާޖްތަކަށް ބަލާލާއިރު، މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ލަންދެލި ރިސޯޓް މިމަހު އޮތީ ލިސްޓްގެ ތިންވަނައިގައެވެ. މިއަހަރުގެ ފުރަތަމަ މަސް ނޫން އެހެން ހުރިހާ މަހެއްގައި އެންމެ ގިނައިން ސާވިސް ޗާޖް ދީފައިވަނީ ރަންދެލިއިންކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް އެސްސީއިން ބުނާގޮތުގައި ސާވިސް ޗާޖްގެ މައުލޫމާތު ދިވެހިން ހިންގާ ރިސޯޓްތަކުން ނުލިބޭ ކަމަށާއި އެބޭފުޅުންގެ އެދުމަކީ ހުރިހާ ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒިފުންވެސް ވެބްސައިޓް ނުވަތަ އެބޭފުޅުންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޗާވިސް ޗާޖްގެ މައުލޫމާތު ހިއްސާ ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    ބުރުމާ ގާސިމްގެ ރިސޯޓް ތަކުން ތިޔަށް ވުރެ މާ ގިނައިންދޭ.. ބައެއް މަސްމަހު.. 20000 ޑޮލަރުވެސް ދޭ.. ކިހާސަޅި.. އެންމެން އާދޭ.

  2. އަލީ

    ވެލާ ތީ 150ގެ ތަނެއް

  3. ޢަލީ

    ސުވާލަކީ ތި ސާރވިސް ޗާރޖް ހަލާލުވާނެތޯ؟

  4. ދިސްވޭ

    މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ވެލާއިން، ކޮންމެ މުވައްޒިފަކަށް 17،054 ރުފިޔާ ދިން އިރު ތީ 10 ދިވެހިން އުޅޭ ރަށެކޭ. ވެލާ އަކީ އެތަނުގެ ޑިޕާރޓްމެންޓް ހެޑުން ނާއި އަދި މެދު ފަންތި އަށް އެއްގޮތަކަށް ވެސް ދިވެހިން ނަށް ވަޒީފާ ނުދޭ ރިސޯރޓެކެވެ. މަހަކު 500 ޑޮލަރަށް ވުރެން މުސާރަ ބޮޑު އެއްވެސް މަގާމަކަށް ތިޔާ ރިސޯރޓް އިން ދިވެހިންނަށް ވަޒީފާ ނުދެއެވެ. ތިޔާ ޕްރޮޕެގެންޑާ ފެތުރި ނަމަވެސް ތީގެ ފައިދާ ކުރަނީ ލަންކާ އިންޑިއާ އަދި ޔޫރަޕް އަދި ތައިލެންޑް މީހުންނަށެވެ. ހަގީގަތުގައި ރިސޯރޓްސް ތަކުގެ ސާރވިސް ޗާރޖް ނުދެވޭނެ ބޭރު މީހުންނަށް. އެމީހުންނަށް ރިސޯރޓްސް ތަކުން ދޭން ޖެހޭނީ ކޮންޓްރެކްޓް ވަޒީފާ އެދޭން ޖެހޭނީ ދިވެހިންނަށް. ދިވެހިން ތިބެން ޖެހޭނީ ރިސޯރޓް ތަކުގެ ފްރަންޓް އޮފް ހައުސް ގައި މުޅިން ވެސް. މީ ގާނޫނަކުން ވެސް ކަނޑައަޅަން ވެއްޖެކަމެކެވެ.

  5. ހެޔޮނުވާނެ

    އަނެއްކާަ އަނެއްކަންތަން. ދެން ސަރވިސް ޗާރޖް ގެ ހަލާލް ހަރާމް ވަކިކުރުމުގެ ކެމްޕެއިނެއް ފަށާ . އެންމެ ފަހުން ނިމެންވާނީ އެކަންވެސް ސިޔާސީ ވެގެން

  6. އައިޔޫޒްޑް

    އެންމެ މަތިން ސާވިސް ޗާޖު ވެލާ އަށް، މިދިޔަ މަހު ވީ އިތުރުވިނަމަވެސް ވެލާގައި އުޅޭ މުވައްޒަފުންގެ %5 އެއީ ދިވެހިން ދެން މުޅިން ވެސް ތިބެނީ ބޭރު މީހުންނެވެ. ވެލާ ގެ މެދުފަންތިއަށް އަދި މަތީ ފަންތީގެ ވަޒީފާ އަށް ދިވެއްސަކު އެޕްލައި ކުރި ނަމަވެސް އެމެން ޝޯރޓް ލިސްޓް ވެސް ނުކުރެއޭ ކަން މިހެން ހުުރުމުން ވެލާ އިން ސާރވިސް ޗާރޖް ބޮޑު ކޮޮށް ދިން ނަމަވެސް ތިޔާ ފައިސާގެ %95 ދަނީ ރާއްޖޭން ބޭރު މީހުންނަށެވެ. އެވާހަކަ ވެލާ އިން ނުދައްކަނީ ކީއްވެތޭ. ރާއްޖޭގެ ރިސޯރޓްސް ތަކުގައި ބޭރު މީހުން ވަޒީފާ އަދާ ކުރާނަމަ އެމެންނަށް ސާރވިސް ޗާރޖް ދޭން ނުޖެހޭނެއޭ އެމެންނަށް ދޭން ޖެހޭނީ މުސާރަ އެކަނިއޭ އެމެން ތިބެން ޖެހޭނީ ކޮންޓްރެކްޓް އެއްގެ ދަށުންނޭ ރިސޯރޓްސް ތަކުގައި މަސައްކަތް ކުރަން ޖެހޭނީ މިގޮތަށް ރިސޯރޓްސް ތަކުގައި ބޭރު މީހުން ވަޒީފާ އަދާ ކުރުމާއި ބެހޭ ގާނޫނެއް މަޖްލީހުން އުފަން ކުރުވަންވީއޭ. އައި ޔޫޒްޑް ޓު ތިންކް ވަންޑޭ އަވަރ އެޑްމިނިސްޓްރޭޝަން ކޭން ޑިޓެކްޓް ދަ ސީރިއަސް ލެވެލް އޮފް އަވަރ ވިއުސް...