މިދިޔަ މަހު އިމްޕޯޓު އަދި އެކްސްޕޯޓުން ރާއްޖެއަށް ލިބުނު އާމްދަނީ 12 އިންސައްތަ އަށް ދަށަށް ގޮސްފިއެެވެ.

މޯލްޑިވްސް ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެތެރެކުުރި މުުދަލާ އަޅާ ބަލާއިރު ވަނީ 24 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 3.8 މިލިއަން ރުފިޔާގެެ މުދާ ކަމަށާއި މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އެތެރެކޮށްފައި ވަނީ 2.9 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި އަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނަ އަދަދަަކަށް މުދާ އެތެރެކޮށްފައި ވަނީ ޗައިނާ އާއި ޔޫޫއޭއީ އަދ އޮމާނުންނެވެ.

ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުުދާ އެތެރެކޮށްފައިވާއިރު ޔޫއޭއީން އެތެރެކޮށްފައި ވަނީ 386 މިލިއަން ރުފިޔާގެ މުދަލެވެެ. އޮމާނުުން ރާއްޖެ އެތެރެކޮށްފައި ވަނީ 364 މިލިއަން ރުފިޔާގެެ މުދަލެވެެ.

ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ކަޅުބިލަމަހުގެ ބާވަތްތަކެެވެ.