ފަގީރުންނާއި މިސްކިީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

އިސްލާމިކް މިިނސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ލިސްޓު އެކުލަވާލުމަށްޓަކައި އެފަދަ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައިި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް މިިހާރު ރަޖިސްޓްރީ ވެވޭނެ ކަމަށް އިިސްލާމިކް މިނިިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 8764 މީހުން އެބަތިބިއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ދަފްތަރުގައި ރަޖިސްޓްރީީ ކުރުމަށް ހުޅުވާލާފައިވާ އިރު ފަގީރުންނާއި މިސްކީނުންނަށް ވިިޔަފާރިއެއް ފެށުމަށް އެހީތެެރިިވުމަށް ސަރުކާރުން ވަަނީީ ނިންމައިފައެވެ. އެގޮތުން ޒަކާތުން ލިބޭ ފައިސާ ބޭނުންކޮށްގެން މިފަދަ ކަމއް ފެށުމަށް އެހީވާނެ ކަމަށް އެ މިިނިސްޓްރީން މީގެ ކުރިން ވަނީީ ހާމަކޮށްފައެެވެެ.