ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެމްޑީޕީގެ 118 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނަން ހުށަހެޅި 50 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ނަން ހުށަހެޅި 68 ކެންޑިޑޭޓެކެވެ.

އިދިކޮޅު ޕީޕީއެމް އިން ނަން އަނބުރާ ގެންގޮސްފައި ވަނީ 47 ކެންޑިޑޭޓެކެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނަން ހުށަހެޅި 50 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ނަން ހުށަހެޅި 68 ކެންޑިޑޭޓެކެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ 22 ކެންޑިޑޭޓެކެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނަން ހުށަހެޅި 12 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ނަން ހުށަހެޅި 10 ކެންޑިޑޭޓެކެވެ.

އަދާލަތު ޕާޓީއިން ނަން އަނބުރާ ނަގާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެންމެ ކެންޑިޑޭޓެއްގެއެވެ. މީގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކުން 4 މެމްބަރެއްގެ ނަން އަނބުރާ ގެންގޮސްފައިވެއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނަން ހުށަހެޅި 3 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ނަން ހުށަހެޅި ކެންޑިޑޭޓެކެވެ.

އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މުޅިއަކު 116 ނަމެއް ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނަން ހުށަހެޅި 72 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ނަން ހުށަހެޅި 44 ކެންޑިޑޭޓެކެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ނަގަން ހުޅުވާލި މުއްދަތު ހަމަވިއިރު އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި މެމްބަރުންނެވެ. އެ ޕާޓީން ވާދަކުރި 50 ކެނޑިޑޭޓަކު ވަނީ ނަންނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އެޕްރީލް ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ލަސް ކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ. އިންތިހާބު ލަސް ކުރުމަށް ފަހު ނަން އަނބުރާ ގެންދަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އެއް އަހަރު ދުވަހު މުއްދަތެއް ދެން އިންތިހާބު ބޭއްވުމާ ދެމެދު ވާތީއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި އީސީ އިން ކަނޑައަޅާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިހިސާަބު ދިމާކުރަނީ ކޮހިނެއްތޯ ޕީޕީއެމުން ނަން އަބުރާގެންދިޔަ ކަމައް ތިބުނަނީ 47 ކެޑިދޭޓުން އެކަމަކު ކައެންސިލައް ވާދަކުރާ 50 ކެޑިދޭޓުން އަންހެނުންގެ ކޮމެތީއައް މަސަކަތްކުރާ 68 ދެން ދިމާވަނީކިހިނެ

    11
    • ާްްއަަމިރު

      ކޮންތަނަކުންބަ ހިސަބު ކިޔެވި

  2. މަގުރޫޕް

    ރަށްވެހި ނަޖިސް

  3. ނަގޫރޯޅި

    ވޯޓު ފޮށިން ނަތީޖާ ހޯދާނަމޭ ބުނާ ޕާޓީ ވެރިކަމުގަ ތިބެ ހާލަކީ މީ؟ ގަސްތުގަ އިންތިހާބު ލަސްކުރަމުން ލަސްކުރަމުުން ގޮސް 300 އެތައް ކެނޑިޑޭޓެއް ހާއްސަކޮއް އަންހެނުންގެ ތަރައްގީއައް ކުރިމަތިލާފައިވާ އެތައް ބައިވަރު ކެންޑިޑޭޓުން ތަކެއް ނަންއަބުރާ ނެގީމަވެސް ތިމާމެނައް ވޯޓަކާނުލާ ގޮނޑި ކަށަވަރުވާތީ ހުރިހާ ދިމާލަކައް އަތްކޮއްޕަމުންދާއިރު މިކަމުގަ ނޭގޭކަމައް ހެދިގެން. ކެރެންޔާ އެހުސްވި ގޮންޑިތަކައް މީހުން ކުރިމަތިލާން ފުރުސަތު ހުޅުވަބަލަ. އޭރުން ދޯ ވޯޓު ފޮށީގެ ރާހަތް ފެންނާނީ

  4. ޟިސާލު

    އުއްމީދެއް ގެނެސްނުދެވުނު ސަރުކާރަކާއި އެކު ކައުންސިލަށް ހޮވުނަސް ބަދުނާމްވާނީ. ރައްޔިތުންގެ ކަންކަމުގައި ކޮށްދެވޭނެ ކަމެއް ނޯންނާނެ.