ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބަކާއި ނުލާ 30 ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންތިހާބަކާއި ނުލާ 22 ގޮޑިއެއް ކަށަވަރުވެފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކަށެވެ. ބާކީ 8 ގޮޑީ ކަށަވަރުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ މިނިވަން 8 ކެންޑިޑޭޓަކަށެވެ.
އެ ގޮޑިތައް ކަށަވަރުވެފައިވަނީ އެ ދާއިރާތަކަށް ކުރިމަތިލި ބައެއް ކެނޑިޑޭޓުން ނަން ނެގުމުގެ ސަބަބުން ކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ. އެގޮތުން އިންތިހާބަކާއި ނުލާ އެމްޑީޕީއަށް ލިބިފައިވާ 22 ގޮޑީގެ ތެރެއިން 8 ގޮޑިއަކީ ކައުންސިލް ރައީސް ކަމަށް އިންތިހާބުވި ގޮޑިތައް ކަމަށް ފާހަގަކުރެއްވިއެވެ.
ކައުންސިލް ރައީސް ކަމަށް އިންތިހާބުވި އެމްޑީޕީގެ ގޮޑިތައް
- ނ. މިލަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލް މަޖީދު މުހައްމަދު ( އެމްޑީޕީ )
- ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ފަތުހުއްﷲ ނަސީރު ( އެމްޑީޕީ )
- އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު ( އެމްޑީޕީ )
- ނ. މާފަރު ކައުންސިލްގެ ރައީސްކަމަށްް މުހައްމަދު އަދުނާނު ( އެމްޑީޕީ )
- ނ . ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު ( އެމްޑީޕީ )
- ދ. ރިނބިދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު އިގްބާލު އަބްދުލްޤައްޔޫމް ( އެމްޑީޕީ )
- ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު ( އެމްޑީޕީ )
- ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާޤް ހުސެއިން ( އެމްޑީޕީ )
ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި 14 ކައުންސިލަރުން ހޮވިފައިވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ކައުންސިލް މެމްބަރުކަން އެމްޑީޕީއަށް ކަށަވަރުވި
- މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާ މެމްބަރުކަމަށް މުހައްމަދު ސައިފް ފާތިހް ( އެމްޑީޕީ)
- ސ. ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ހުސެއިން ފައިޒުއް ރަހްމާން ( އެމްޑީޕީ)
- ސ. ހިތަދޫ ހޮރުވަލުދާއިރާ ކައުންސިލް މެމްބަރުކަމަށް އިބްރާހިމް ޝީނާޒް ( އެމްޑީޕީ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު އަރޫޝާ ( އެމްޑީޕީ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސާދިޔާ އަބްދުލްމުހްސިން ( އެމްޑީޕީ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިސްމާއިލް މާހިދު ( އެމްޑީޕީ )
- ތ. ކަނޑުދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު ރީހާން ( އެމްޑީޕީ )
- ސ. ހިތަދޫ ބޭރުމަތި ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ސައީދާ ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ހުމާމު އުބްދުއްރަހީމް ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް އަރޫޝާ އަބްދުﷲ ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހްމަދު ( އެމްޑީޕީ )
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު ( އެމްޑީޕީ )
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހްމަދު ( އެމްޑީޕީ )
އެމްޑީޕީއަށް ޖުމްލަ 22 ގޮނޑި އިންތިިހާބަކާއި ނުލާ ލިބިފައިވާއިރު އަމިއްލަގޮތުން ކުރިމަތިލާފައިވާ 8 ކެންޑިޑޭޓަކަށްވެސް ވަނީ ގޮނޑި ކަށަވަރުވެފައެވެ.
އިންތިހާބަކާއި ނުލާ ގޮނޑި ކަށަވަރުވި މިނިވަން ކެންޑިޑޭޓުން
- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ހުސްނާ އިބްރާހިމް ( އަމިއްލަ )
- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ފަރްޝާ ( އަމިއްލަ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސަފީނާ އަބްދުއްރަޝީދު ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް ހަސަން އަޝްރަފް ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ޝާފީ ( އަމިއްލަ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު ޝީޒާ ( އަމިއްލަ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިބްރާހިމް ހަލީލް ( އަމިއްލަ )
- އއ. ބޮޑުފުޅަދޫ ކައުންސިލް ރައީސްކަމަށް ސުޖާއު އާދަމް ( އަމިއްލަ )
މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 2433 ކެނޑިޑޭޓުން ކުރިމަތިލީ ނަމަވެސް ނަން އަނބުރާ ނެގުމުން ދެން އިންތިހާބުގައި ވާދަކުރާނީ 2264 ކެނޑިޑޭޓުންނެވެ.
އިންތިހާބަކާ ނުލާ ކާމިޔާބު ކުރާ މީހުންނަކީ އެއްވެސް މީހެއްގެ ސަޕޯރޓް އޮތް ބައެއް ނޫން . ޢެކަން ބަލާލަން ފާހަގަ ޖަހަން ފުރުސަތު ދޭން ކެރޭނެތަ.
މިފަހަރު ކައުންސިލް ގެ ހުރިހާ ގޮނޑި ތައް މޑޕ ކާމިޔާބު ކުރާނެ
ނަންނެގީކީނޫން އިލެކްސަނުން ބާތިލްކުރީ ފޮމްބަލައިގަނެ ވެރިފައިކޮށް ކެނޑިޑޭޓުންގެ ނަމްބަރުވެސްދީފާ މާފަހުން އަންހެނަކު ދަރިފުޅައް ހަރަދުނުދޭ ސަރީފުކައިރީގާ ބުނީމާ ބުނީ ކޯޓައްދާށޭ ނުދީފިއްޔާ ނަންވެސްބާތިލްކުރާނަމޭ ބަލަމީ ސަރީފަކާ ބެހޭވެސްކަމެއްނޫން މިކަމުންވެސް ވައްކަން ރައްޔިތުންނޭ ވިސްނާ ވަގުތީ އުފަލައްވުރެ ދާއިމީ ހެއު މާރަގަޅުވާނެކަން...
ތި ތަބަކައް ލާފަ ލިބުން އެއްޗެއް ލިބޭނީ .ވޯޓުން އިންޝާﷲ ލާހިކެއްނޫ ހޮވޭކަށް ހުދު އެމް.ޑީ.ޕީ މީހުން ވެސް ނުދޭނެ.
ލަދެއް ހަޔާތެއްވެސް ތިބިބައެއް ނޫނޭމީ. ޝިނާޒް ކަލޭމެން ހިތަން އަރާ ދޯ ތިމަންނަމެން މީ ރައްޔިތުންގެ ތާއީދު ލިބިގެން ގޮނޑިތަކަށް އައްޔަންވެފަ ތިބި މީހުންނޭ. އެމްޑީޕީ ޕްރައިމަރީގަ ހަ ބޯ ކެހިން ދިން ވޯޓަކުން ނޭގޭނެ ރައްޔިތުން ގޮނޑި ކަށަވަރު ކުރާކަށް. އެހެން ނޫނަސް ދެއަހަރު މިވަނީ ވޯޓް ނުލާ. އަލުން ކައުންސިލް އިންތިހާާބަށް ފުރުސަތު ހުޅުވާލަން ޖެހޭ. އީސީ ޝަރީފު ކަލޭ މިއަދު ކަންތަށް ތިކުރަނީ ރަނގަޅަށް ނޫންކަން ކަލެޔަށް ވިސްނަދޭނަން ބުރާނޗާ.
ދިވެހި ދައުލަތުން ހަމައާއި އިންސާފް ޤަބޫލު ކުރާނަމަ، އަދި ދީމިޤްރާތީ އުސޫލުން ކައުންސިލަރުން ހޮވުމުގެ ނިޔަތެއްވާނަމަ، މި އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޓަކައި އަކުން އިންތިހާބު ހުޅުވާލަންޖެހޭ!
ގިނަ ގޮނޑި އިންތިޚާބަކާނުލާ ކާމިޔާބުކުރެވޭނެ އިންތިޚާބު ކިރިކޮށް އިދިކޮޅު ގިނަ ކެނޑިޑޭޓުންގެ ކެނޑިޑެންސީ ބާޠިލްކޮށްލީމަ މިހާރުވެސް ތީތިޖަހާ ސަކަރާތަކީ ޤާނޫނީ އިމުން ބޭރުން ސަރުކާރު އަޑީގަ އޮވެގެން ހިންގާ ޖަރީމާތީ