ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މިވަގުތު ރާއްޖެ ފުރަބަންދު (ލޮކްޑައުން) އަށް ނުގެންނާނެ ކަމަށާއި ވޭދަނަތައް އިތުރުވާން ފަށައިފި ނަމަ، އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ.

"މިވަގުތު ނަންބަރު ތަކަށް މިބަލީ، އަދި ލޮކްޑައުން އަކަށް ދާކަށް ނުވިސްނާ، އެކަމަކު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކޮށްފާނެ" އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުމާ ގުޅިގެން ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެކި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް ބަލީގެ ވޭދަނަތައް ފެންނަ އިންސައްތަ މަދުވާން ފެށުމުން ސަރުކާރުން ވަނީ ފިޔަވަޅުތައް ލުއިކޮށްފައެވެ. މިއާ އެކީ ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނާ ރާޅެއް އަރައި އަނެއްކާވެސް ވޭދަނަތައް ވަނީ އިތުރުވާން ފަށައިފައެވެ.

އެގޮތުން ބަލާއިރު، ދުވާލެއްގެ މައްޗަށް މިހާރު ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފައެވެ. އަދި މި ބަލީގައި މި މަހުގެ ތެރޭގައި ހަ މީހަކު ވަނީ މަރުވެފައެވެ. އެހެން ކަމުން ސަރުކާރުން ވަނީ އަނެއްކާވެސް އިތުރު ފިޔަވަޅުތަކެއް މާލޭގައި އަޅައިފައެވެ.

ދާދިފަހުން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 18:00 އިން ފެށިގެން ހެނދުނު 6:00 އަށް ދުއްވާ އެއްވެސް ދުއްވުން މަނާ ކޮށް، 10 މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިބްރާހިމް

  18:00- 06:00 ގޭން ބޭރަށް ނުކުތުން މަނާަ ކުރަން ވިސްނާފަ އޯތީ!

  16
  • ނައިކް

   ސްކޫލު އޮފީސް އަދި ކެފޭ ތައް ހުޅުވާފަ ބަހައއޓައޮގެން ތި އަޅާ ހަރުކަށިފިޔަވަޚުގެ މާނައެއް ނުވިސްނޭ އެއަށް ކިޔަނީ ސިޔާސީ ފިޔަވަޅު..ތިޔަ ބުނާހާ ސީރިޔަސް ނަމަ އެފިޔަވަޅުތައް އަޅާނެ ކުޑަމިނުން ދެ ހަފްތާއަށް ނަމަވެސް އަދި ލޮކްޓައުންއަކަށް ނުދިޔަޔަސް..

 2. ސިނެކް

  ކޮރޯނާޔަކީ ރޭގަނޑު ސައިކަލް ދުއްވީމަޔާއި ރޭގަނޑު މީހުން ބޭރުގައުޅުނީމައެކަނި ފެތުރޭ ވައިރަހެއްތޯ ޗޕއޭ ކޮބާމަސްމާރުކޭޓް ބަލާބަލަ މާލެވެސް ހުޅުނާލެވެސް ކިތައްމީހުންތޯ ރަނގަޅަށް
  މާސްކު އަޅައިގެންއުޅެނީ ދެންއޮތީ ތަރުކާރީމާރުކޭޓްތައްވެސް ހަމައެހެން ދެންބުނާނެ ފަރުދީޒިއްމާއަދާކުރާށޯ ތިޔަކަހަލަވާހަޔެއްމިވެސް (މަސްތުވާތަކެތިބޯމީހެއްކާރީ ދެންނުބާޝޭބުނެ ފަ ފަސްދީ ދިޔުންކަހަލަކަކަމެއް މީ

  21
  6
 3. އަބްދޫ

  ޓެސްޓް ކުރާ ގޮތް ބަދަލު ކޮށް މުޅި މާލެ ގާ ތިބި ކޮވިޑް ބަލީގެ އެންމެން ދަންގަނެ އެކަހެރި ކުރުމުން އަވަހަށް ބަލިންސަލާމަތް ވެވިދާނެ. މިހާރު މިގެނދެވެގޮތުން ބަލި 10 އަހަރަށްވެސް ދެމިފަ އޮވެދާނެ.

  18
  1
 4. މޮހޮނު

  ﷲގެ ރަހުމަތުން ތިރިވާނެ، އިއްޔެވެސް 5000 ޓެސްޓް ހަދައިގެން މާލެން 100 ކޭސް ހަމަވީ، މުޒާހަރާ ތަކާހދި މިއލެނީ

  15
  15
 5. އެޗްޕީއޭ

  ވާނެ ހަތަރުކަން ހަމަވަންދެން ތިބޭނެ ރައްޔިތު މީހާ ކުށްވެރިކޮށްފަ! ކޮންމެ ފަހަރަކު އަތަށްގޮވިމަ މި ޕީއޭއެޗް ކިޔާ މޮޔަބަޔަކު ހޭވެރިކަން ވާނީ. މިވެރިންގެ ޖީބުތައް ހުޅާވާލާފަ އޮހެނީ ޑޮލަރު! ރައްޔިތުމީހާ ގޭގައި ތަޅުލާފަ ޖީބުތައް ބަންދުކޮށްފަ! ވަރަށް ސަލާމް!