ވ. އަތޮޅު އަންބާރާ ކައިރިން ދަތުރު ކުރަމުންދިޔަ ސަފާރީއަކަށް، ހާލުގައި ޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީއަކު އިންދާ ފެނިގެން އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ.
މި މީހާ ފެނިފައި ވަނީ މަލްޑިވިއާނާ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ބަޔަކަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ މައުލޫމާތު މިއަދު ހަވީރު 17:12 ހާއިރު އެމްއެންޑީއެފް އިން ލިބުމާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި ޑީންގީ، ވ. ފުލިދޫއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ އަތުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ގަދަވެ ހެޔޮހާލުގައި އިންމީހެއް. ތީ ބޯޓަކުން ބާލަފަ އިން މީހެއް. ޓެރަރިސްޓަކަށް ވެދާނެ! ވިސްނާ
މީނާ އާއި އެއްކޮށް އުޅުނު މީހާ ކޮބާ؟ އޭނާ ފަޅުރަށުގައި މަރާލާފަ އޮތީ، ޑްރަގް އޮޕަރޭޝަން އެއް!