ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމަސް އިން އަތުލައިގެންފިއެވެ.

މި ފައިސާތަކުގެ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމަސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފެބްރުއަރީ 12 ވަނަ ދުވަހުގެ ހެނދުނު 7:30 ބަންގްލަދޭޝްގެ ޑާކާއަށް ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ދަތުރު ކުރަން ހަމަޖެހިފައި އޮތް 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ތަފާތު އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި ފައިސާއަކީ އެތަނަށް ރިޕޯޓްކޮށްފައިވާ ފައިސާ ނޫން ކަމަށާއި، އަތުލާގަތް ފައިސާގެ ޖުމްލަ އަދަދު ދިިވެހި ފައިސާއިން ބަލާނަމަ 1،148،278،27 އަށް އަރާ ކަމަށެވެ.

އަދި މި މީހާ ހައްޔަރުކޮށް މި މައްސަލަ ތަހުހީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނުގެ ދަށުން، 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖޭ އެތެރެކޮށް ނުވަތަ ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިވެހި މީހާ

    ވަގުތު ކަހަލަ ރަޔިއްތުންގެ އިތުބާރު ލިބިފައިވާ ނޫހަކުން އެބަޖެހޭ މި ގައުމުގައި ބިދޭސީން މިހިންގާ ޖަރީމަތަށް ރަޔިއްތުންނަށް ތިލަކޮއްދީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭ ވަރު ކުރަން! އެހެން ނޫނީ ދިވެހިން އަތުން ވިޔަފާރި ތަކާ ދިވެހިންގެ ބިންތަށް ބޭރުގެ މިކަހަލަ ހީލަތް ތެރިންގެ ބާރުގެ ދަށަށް ދާކަށް މާގިނަ ދުވަހެއް ނުވާނެ!

    16
    2
  2. ހުތުރު

    ލާހިކެއްނޫން ވަގައްލާރިއެއް ބޭރުކުރާކައް
    ބޭނުންވަރަކައް ވަގއް މަސްތުވާތަކެތި އެތެރެ ކުރެވޭނެ

    14
    1
    • ޢާލިމް

      ކިހާވަރަކަށް ބޭރު ކުރާފަހުން އެހެން އަތުވާ އެތި އެތިކޮޅުކަން އެނގޭތަ އެއީ؟

  3. އެމަންޖެ

    އަންނިއައް ހަދިޔާ ކުރޭތި.

    8
    2
  4. ފުއާދު

    ކަސްޓަމް އަކުން ނޫން އަތުލީ ކީ އެވިއޭސަން ކޮމާނޑުން އަތުލާފަ ކަސްޓާމް އާއި ހަވާލް ކުރީ ،،ވަރައް ސަލާމް

  5. ހުލޮ

    އެހެން މީހުން ކުރާ މަސައްކަތުގެ ގެ ވެސް އަގު ވަޒަން ކުރަން ކަސްޓަމް އެބަދަސް ކުރަން އެހެން ބަޔަކު ކަސްޓާމް ގާނޫނާ ހިލާފު ވާކަމެއް ފެނިގެން ބަޔަކު އެކަން ރިޕޯޓު ކޮއްފިއްޔާ ކަސްޓަމް އިން އެކަން ވީގޮތް ލަދުނުގެނެ ބުނުން ރަންގަޅުވާނީ މިޙާތަނެއް ފުރާ ޕެސެންޖަރުން އަތުލިފައިސާ އެއްވިއްޔާ އަތުލާފަ ވާނީ އެވިއޭސަން ސެކިއުރިޓީ ކޮމާންޑުން

  6. ފުއާދު

    އެހެން ބައެއްގެ މަަސައްކަތެއް އެކަމު މެޑަލް ޖަހަންވެގެން އުޅޭ ބައެއް.