ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ، ވެކްސިން، ޖެހި މީހުންގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް މިހާރު ޖަހަމުން ދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 6،230 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 4،020 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 2،090 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 50،047 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 39،309 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 10،519 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަދި ރިސޯޓްތަކުން 219 މީހެެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު