މިއަދު ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހަކީ ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާއި ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އަންބަރާ ކައިރިން ފެނުނު ޑިންގީ ފެނުނުއިރު އޭގައި ބިދޭސީއަކު އިނެވެ.
މިއަދު ހަވީރު އަންބަރާ ކައިރިން ސިފައިން ސަލާމަތް ކުރީ ޑިންގީގައި އިނީ ފިރިހެނެކެވެ. އެ ޑިންގީއަށް ބަލާއިރު ބޮޑަށް ބެލެވެނީ އެއީ ސްރީލަންކާގެ އުޅަނދެއް ކަމަށެވެ. އެމްއެންޑީއެފް އިން ވެސް ވިދާޅުވި ގޮތުގައި ޑިންގީގައި އިން މީހާގެ އަތުގައި ހުރި ލިޔެކިޔުމަށް ބަލާއިރު އެއީ ލަންކާގެ މީހެއް ކަމަށް ލަފާ ކުރެވެ އެވެ.
ވ. ފޮއްތެޔޮ ބޮޑުފުށީގައި ނިޔާވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، މިއަދު ހެނދުނު އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އެހެންވެ، ބެހިގެން އެ ރަށަށް ލެއްގީ ކަމަކަށް ނުބެލެވެ އެވެ.
ނިޔާވެފައި އޮއްވާ ފެނުނީ ވެސް ލަންކާގެ މީހެކެވެ.
ނިޔާވެފައި އޮއްވާ ފެނުނު މީހަކީ ބެހިގެން ދަނިކޮށް ފެނުނު ޑިންގީ އާއި ގުޅުންހުރި މީހެއްކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ނިޔާވެފައި އޮއްވާ ފެނުނު މީހާ ވަނީ ގަސްދުގައި މަރާލާފައިކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.
ބައެއް ފަރާތްތަކުން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި އޮތް މީހާގެ ހަށިގަނޑުން ޒަހަމެއް ފެންނާކަށް ނެތެވެ.
މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ކޮބާ އިންޑިއާ މީހުން ހަރުކުރި ރާޑަރު ސިސްޓަމް ކޮބާ ބޭރު މީހުން އައިސް ފަޅު ރަށަކަށް އަރާ ދިއަ އިރު ސިފާނުން ހަތިޔާރު އާ އެކީ ބައެކު އައިސް ރަށެއްވެސް ހިފިދާނެ ކަމަށް ގަބޫލުކުރެވޭ
ދަނޑި ކަނޑަން އެރަށަށް ދިޔަ މީހުން ކާރިން ރަގަޅަށް ޖެހޭނެ މައުލޫމާތު ސާފްކޮށް ރަގަޅު ތަޚްގީގެއް ކުރަން.......
އިހައްދުވަހަކު ކުރީގަ ވެރިކަންކޮފަ ފިލި މީހަކު މަޖިލިސްގައިދެގެން ނުލާހިކުބާރަށް ހޭރުނު މިހާރު ރެޔާދުވާލުވެސް ތިބެނީހޭލަޔޯ ގައު މުގެސިޔާދަތު ރައްކާތެރިކުރަން ފައްކާދޯ
ދިވެހިންނަށް ނޭނގި ބަޔަކު މިގައުމަށް އަރާފާނެކަން މިކަމުން އެބަ އެގޭ
ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާކުރިއަރާފައިވާ ޒަމާނެއްގައި މިހަކަލަ ސީރިއަސް މައްސަލަތައް މިއައްވުރެން އަވަހަށް ތަހުގީގުކުރެވި މީޑިއާއަށް ބްރީފު ކުރެވެންވާނެ...
ޑިންގީގައި ހުރިމީހާއަށް ބަސްނޭގުނަސް އެންމެ ފޯނުކޯލަކުން ތަރުޖަމާ ކުރެވޭނެ ޒަމާން މިއީ