ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިސޯޓްގައި ހުންނެވީ އެންމެނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުންކަމަށް ގަބޫލުކުރައްވާތީ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެފައި ސަން އައިލެންޑް ރިސޯޓުގައި އެހުންނަވަނީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން މިވަގުތަށް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ކޮވިޑު ނެތް ސަރަހައްދެއްގައި ހުރެފައި ކޮވިޑް އޮތް ސަރަހައްދަކަށް އައިސްގޮސްވުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެހެންވީމާ މިދަނޑިވަޅުގައި އެންމެނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުންކަމަށް ގަބޫލުކުރައްވާތީ ގާސިމް ސަން އައިލެންޑްގައި މަޑު ކުރައްވަނީ ކަމަށް ޖޭޕީން ބުންޏެވެ.

އެޕާޓީން ބުނީ މިއީ ސިއްހީގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުން ކަމަށެވެ.

ގާސިމް މަޖިލީހަށް ވަޑައިނުގެން ސަލާމުގައި އުޅުއްވާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލިސް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ވަޑައިނުގެން ތިއްބަވާތާ އެންމެ ގިނަ ދުވަސްވެފައިވާ ތިން މެމްބަރެއްގެ ނަން ނަޝީދު ވިދާޅުވި އެވެ. އެއީ ގާސިމްގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދެވެ. ނަޝީދު ވިދާޅުވިގޮތުގައި ހުސައިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުގަ އެވެ. ސިޔާމް މަޖިލީހަށް ވަޑައިނުގެން ހުންނަވާތާ ވީ ކިހާ ދުވަހެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގިރާވަރު

    ވަޅުކޮނެގެން ވަޅުގަ އޮންނަން ވީނުން އޭރުން އިތުރުތާކަށް ނުގެންގޮސް ވާނެނުން.

    25
    1
  2. ރޮކް12

    ޣާސިމަށް ވެރިކަން ލިބޭ ދުވަހަކިންވެސް މިހެންދޯ އުޅޭނީ..

    16
  3. ވާހިދު

    ކިތަންމެ ވަރަކަށް ފިލިޔަސް އެޔަށް ފިލަން ތިދުވާ މަރު އައިސް ބައްދަލު ކުރާނެ. ފުރާނަ އެޅުއްވި ފަރާތުން އެފުރާނަ ގެންދަވާނެ ގަޑި ޖެހުން އޮންނާނީ.

    35
    1
  4. އެލެކްސް

    ސްޓަރފުންނަށް ހަމަމުސާރަނުދީ ގުލާނު ތަޅުވަނީ ކޮންމެ ދުވަހަ ކު މާމިގިއްޔަށްދެވޭ ލާރިބަހަން ވޯޓް އަށް އަދިވެސް ހަމަމުސާރަނުދީ މަސްފެކުޓެރީ ރިސޯޓް ގަ އަޅާގެން ތިއުޅެނީ.

    24
  5. ލ ގމ

    ފިރުއައުވެސް ތިހެންފިލާއިނދެގެ ޖާހިލުންލައްވައިހުރިހާކަމެއް ކުރުވަމުންގެއްދިޔައީ އެކަމަކު ކިތަމެބައިވަރު އެޗެއްސެއް ފުނިޖެހިފައިއޮތަސް ލަސްކަރުކިތަމެބޮޑަސް އެމެފަހުވަގުތު އައީކޮންގޮތަކަށްބާ ކޯންއެއްޗެއްބާ ފިރުއައުނަށް ނުލިބުނީ ތީހަމަ ދެވަނަ ފިރުއަެުން ތަފާތެއްނެތް ޤައުމަށްޓަކާ ދީނަށްޓަކާ ރާއްޖޭގައި އޮތީޔާއޮތްލާރިޔެއް ބަނޑުދަށުލައިގެން މީހުނާއި އިނދެވޭތޯބަލަ ނިމުން ދައްކަވާނީ ﷲ..

    21
  6. މާމިގިލީ މީހާ

    ކޮވިޑް ޖެހިގެން މަރުވެދާނެތީ، މަރާ ފިލާންވެގެން ބުރުމާ އެހުންނަނީ ރިސޯޓްގަ.

    23
  7. ސަބޭ

    ސޭޓް ސަހަރޯ މަރަށް ބިރުންތޯ އެޗްޕީއޭއިން ރަށްރަށުން މާލެ އައުން މަނަލެެް ނުކުރޭ ސޭޓަށް ވާނުވާ ނޭގޭ ދޯ

    25
  8. ހަނި

    ޖެޕިސަލާމުގާ 5 އަހަރު މުސަރަބަރަބަރައް/ލިބެ މެންބަރު ވިމަ އިޒަތެރި އަހަރެމެން ތިބިތަނެގަތިބިމަ އެވެސް އެތްޗެނު ލިބެ ނިކަމެތިން ހަނާވަނާ

    27
  9. ލލ

    ޤާސިމް މަޖިލިސް ޖަލްސާ ތަކުގައި ބައިވެރިވަނީ ޓެލެކޮންފަރެންސު ކޮށް އޮންލައިންކޮށް ތޯ ؟

  10. އަލްޖިބްރާ

    ބަލަ ކަލޭނޫނަސް އެހެންމީހުންވެސް އުޅެނީ އެމީހަކު ކުރަންޖެހޭ ކަމެއްކޮށް ދާންޖެހޭ ތަނަކަށް ގޮސްގެންނެވެ. ކަލޭ ބޮޑުފޮށްޓަށް އެރި ތަޅުލައިގެން އޮތަސް ﷲގެ އިރާދަފުޅަކާ ދެކޮޅެއް ނުހެދޭނެއެވެ.ކަލޭ ކަހަލަ ޖާހިލުން ގިނަވުމަކީ މި ޤައުމުގެ ހަލާކު !

  11. ގުއިދައިތަ

    އިސްތިއުފާ ދީފަ ގޮސް ރިސޯޓްގަ އޮވޭ. ރައްޔިތުންނޭ ކިޔައިގެން ކަލޭ ދެން އަނގަ ނުހުޅުވާތި. ރައްޔިތުން ތަމްސީލް ކުރަން ހޮވީމަ މުސާރަ ކައިގެން ރިސޯޓްގަ. ކަލޭ އޮވޭ އަނބިންތަކާއި އަދި އެވަރުން ވެސް ނުފުދެންޏާ އިތުރު ޅަ އަންހެން ކުދިން ގޮވައިދެން ތިތާ. މީހަމަ ބޯނެތް ބުރުމާއެއް.

  12. 00 ސްޕީކަރު

    އެޗު ޕީ ގެ ގައިޑު ލައިނާއި ޚިލާފަތް މަޖިލީހަށް ހާޒިރުނުވެ އެ ރަށުގައި އެ އުޅެނީ@

  13. ކޯލޭސަން

    ބަލަ މިބުރުމާގާސިމުގެ ހަޔާކުޑަކަންބަލާ ނުހައްގުން ފައިސާހޯދައިގެން ބަޑު ފުޅު އަލާއިރަކު ބިރުވެރިކަންނެތް ؟ ކޮންމެވެރިކަކުގާވެސް ނަހައްުގުންފޭރޭ މީހެއް މިބުރުމާ މިގައުމުގެ ހަލާކު ބިރެއްނުގަނީ ވަހުސީކަމަކުން؟ ދެފުއްކެރި މީހުންއުޅޭތީ މިގައުމުމިވަނީހަލާކު މައުމޫނުގެ ވެރިކަމުގާ ފިނޭސް މިނިސްޓަރުކަމުގާވެސް ނަހައްގުން ކަންކަންކުރިމިވަރުގެ ނުލަފާމިހެއްގާސިމަކީމަރުވެދާނެޔަތީ ފުލިއަކައްވައްނަވީނުން؟؟

  14. ޢަލީ

    އެހެންކަމުން މިދުވަސްކޮޅަށް އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވާފަ ރިސޯޓްގައި ހުންނެވުން. އެއީ 65 ވެފަ ހުރީމަ އަދި ގިނަ ދައުރުތަކެއްގައި މަޖިލީހުގައި އުޅުއްވުމުން އެލަވްންސްގެ ގޮތުގައި މިހާރު މަޖިސްގެ މުސާރައާ އެއްވަރުގެ އަދަދެއް ލިބިލައްވާނެތީ.

  15. ބަރާބަރު

    ހަމަ ބަރާބަރު! ގެސްޓުން ހުރި ތާނގައި ނުހުރެ އަންނަން ގޮވަނީ އެއް އަނގައިން. އަނެއް އަނގައިން މިބުނަނީ ތިމާ މީހާ ހުރި ތާނގައި ހުރުމޭ އެންމެ ރަނގަޅީ. ސާބަހޭ!

  16. ނަހުލާ

    ގާސިމް އެވިދާޅުވާ ގޮތުން ވިއްޔާ ޑޮކްޓަރުންނާ ނަރުހުންވެސް ސަލާމްބުނެފާ ގޭގައި ތިއްބަވާ.

  17. ހުސޭނުބޭ

    އަދިވެސް ތަނެއް އޮތިއްޔާ ބޯގަޅާލާތި!

  18. ފީފާ

    އަމިއްލަ ސިއްހަތަށް ތިހާ ފަރުވާތެރިކަން ބަހައްޓާއިރު ހަލާލު ގޮތުގައި ފައިސާ ހޯދަންވެސް ފަރުވާތެރިކަން ބަހައްޓާނަމަ. މެމްބަރުކަމަށް ހޮވީމަ އެކަމުގެ ޒިންމާ އަދާނުކޮށް ގޮސް ތިހެން ހުރެގެން ނަގާ މުސާރަ ކޮން ގޮތަކުންތަ ހަލާލުވާނީ؟ އަނެއްކޮޅުން މަޖްލިހަކީ އެންމެ ރައްކާތެރިތަނަށް ވާނީ ވަޒީފާ އަދާކުރަން. އެތަނުގަ ވެކްސިންޖެހޭ. އަދި އެއްވެސް މެމްބަރަކު ކޮވިޑަށް ފައްސިނުވޭ.

  19. ސައްފަތު

    ރައްޔިތުންނަށް ހެޔޮއެދޭ މީހެއްކަމަށް ބުނެ މަޖިލީހަށް ވަދެ ތިގޮތަށް ފިލާހުރެފަ ތިޒާތުގެ ބަހަނާ ދެއްކިޔަސް ރައްޔިތުން ބަލައި ނުގަންނާނެ. ޤައުމުގެ އާބާދީގެ 80 ޕަސެންޓް މީހުން ތިބީ ތިޔަބުނާ ނުރައްކާތެރި ޙާލަތުގައި އޮތް މާލޭގައި. ރައްޔިތުން ވީޙާލެއްގައި ވާން ނުކެރޭ މީހުން ތިފަދަ މަޤާމުތަކަށް ކުރިމަތި ނުލާނީ.

  20. ޒީރޯ ޓޮލަރަންސް

    މަޖްލިސްގެ ރައީސް ނަޝީދަށް ޝުކުރިއްޔާ. ޖޭޕީ އަށް އެންމެންވެގެން ހަރުއަޑުން ނޫނެކޭބުނޭ؟ މަޖްލިސް މެމްބަރުން މިކަމަށް ގޮވާނުލަންވީ ކީއްވެ. ރައްޔިތުމީހާގެ ހާލު ބަލާލާނެހާ ހިތްވަވަރުނެތް މީހަކު ކިހިނެއް ގައުމަށް ހެވެއް އެދޭނީ. ރައްޔިތުންނަށް ކަމެއްކޮށް ދޭނީ. ރައްޔިތުންގެ މަޖްލިސްއަށް ހާޒިރުނުވެ ހުރެ ޖޭޕީގެ ވެރިޔާ މުސާރަނަގާތޯ؟

  21. ސަރަވަނަ

    މުސާރަ ނުނަގާ ނަމަ އޯކޭ ކިތައްމެ ދުވަހަކު އޮތަސް މުސާރަ ނަގާނަމަ ޖެހޭނެ ޖަލްސާއަށް ހާޒިރުވާން . މަހިތަށް އަރަނީ ދުނިޔޭގެ ހުރިހާ ތަނެއްގަވެސް އޮންނަ ގޮތްބާވައޭ މިއީ ބޭނުން ދުވަހަކު ހާޒިރުވާން