22:41

ރާއްޖެ އިން ވެކްސިން ދިން ބައެއް މީހުން ކޮވިޑް އަށް ފައްސިވެއްޖެ.

22:19

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ކޮވިޝީލްޑް ވެކްސިން މިއަދު 6000 އަށްވުރެ ގިނަ މީހުންނަށް ދީފި

22:11

އައްޑޫގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ އެ ސިޓީގައި އާދަޔާ ހިލާފަށް ވައްކަން އިތުރުވެރިފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފި

22:09

ރާއްޖެއިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:28

ކ. ގުރައިދޫން މީހަކު ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފި

15:30

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުން ދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ކުރި ނެރުނު އެންގުމުގެ މުއްދަތު އިތުުރުކޮށްފި.

15:25

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރި، ހާލަތު ގޯސްވަމުންދާތީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރާ މީހުންގެ ކްރިޓީރިއާ އަށް ބަދަލު ގެނެސްފި.

11:47

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ.

10:35

ހުޅުމީދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:23

ތިނަދުއަށް އަރައި ފޭބުމުގެ ހުއްދަދީފި.


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ބަލި ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުން އަދި ނަތީޖާއެއް ފެންނަކަށް ފާހަގަނުކުރެވި ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް 129 މީހުން ފައްސިވެފައިވާއިރު މިއީ އިއްޔެއަށް ވުރެ އިތުރު އަދަދެކެވެ. އިއްޔެ ފައްސިވީ 125 މީހުންނެވެ.

ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިއަދު ވަނީ ދަށަށް ގޮސްފައެވެ. މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 172 މީހުންނަށެވެ. އިއްޔެ 190 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައެވެ.

ކޮވިޑް-19 އަށް ވެކްސިން ދިނުމަށް ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ވެކްސިން ދިން މީހުންގެ އަދަދު މިއަދު ވަނީ ބައިލައްކައަށް އަރާފައެވެ.

ކޮވިޑް-19 އިން ސަލާމަތްވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދިގު ދައްމާލަން މިރޭ އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިރާސް

    ބޭކާރު ނަންބަރު ތަކެއް. މާލޭ މަގުމަތީގައި މާސްކު ނާޅާ މީހުން އެނބުރެނީ . އެކަމާ ފުލުހުން އަޅާނުލާ ތިބެނީ! ދެން ކޮން މައިތިރިޔެއް ވާނީ؟