އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ.
އޭނާ އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހައިކަންހާއިރު އެވެ.
މިއީ މި އަހަރުގެ ތެރޭގައި އެމްޕީއެލްގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް، ކޮންޓޭނަރަކުން ނެރުމަށް ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓެއް ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ވެސް ވަނީ ނިޔާވެފައެވެ.
ކޯޕަރޭޓް ކްރިމިނަލް ލައިބިލިޓީ ގެންނަންވީ ވަގުތު މީ.
މީ ހާދަ ބިރުވެރި ކަމެކޭ. އެމް.ޕީ.އެލް އިން މިއަށްވުރެ ސެކިއުރިޓީ ރަނަގޅު ކުރާކަށް ނުވޭތަ އަދިވެސް? ކިތައް ދަރިން ނިޔާވީމަތޯ އެކަން ވާނީ؟
އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިއޫން. ﷲ ތަބާރަކަ ވަތަޢާލާ އެ މަރުޙޫމުގެ ފާފަ ފުއްސަވާ ސުވަރުގޭ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! މި ހިތާމަވެރި ވަގުތުގައި ޢާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން.
انا الله وانا اليه راجعون
ތިޔައީ ރަގަޅު ހޮސްޕިޓަލެއް. އެކަމަކު ޚިދުމަތްދޭން ތިބޭ މީހުން ވަރަށް ފަރުވާ ކުޑަވާނެ، މިއީ އެތަނުން ޚިދުމަތް ހޯދާފާހުރީމާ ތަޖުރިބާއާއެކު ބުނި ވާހަކައެއް.
ނިޔާވި ފަރާތުގެ ފާފަ ފުއްސަވައި ކައްވަޅުގެ އަޒާބުން މިންޖުކޮށް އާޚިރަތުގައި ނަރަކައިގެ އަޒާބުން ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. އާމީން .
انا الله و انا اليه رجعون
انا لله وانا اليه راجعون
انا لله وانا إليه راجعون
މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین
إنا لله وإنا إليه رااجعون اللهم اغغرله وارحمه اللهم سبته عند السوال فى القلب و يوم القيامة