ދިވެހިރާއްޖޭގައި އޮޕަރޭޓުކުރަމުން އަންނަ އިންޑިއާ ސިފައިންގެ ޑޯނިއާ-228 މަރުކާގެ މަތިންދާބޯޓު ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާއި ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ނިންމަވައިފިއެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފިޔާޒް ނިންމެވީ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން އަހްމަދު އަޒާން ކިޔާ މީހަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑު އެހުމެއްގައި ފިޔާޒް ވިދާޅުވީ އެ އެއްބަސްވުން ހާމަކުރުމަށްވުރެ ނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑު ކަމަށެވެ. އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ޤައުމީ ސަލާމާތާއިވެސް ގުޅުން ހުރި ކަމެއް ކަމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.
އެ އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ ޑިފެންސް މިނިސްޓްރީ އާއި ގިނަ ސުވާލުތަކެއްކޮށްފައެވެ. އެ ސުވާލުތަކުގެ ޖަވާބު ޑިފެންސް މިނިސްޓްރީން ދީފައި ނުވާއިރު، މިއަދު މައްސަލަ ނިންމުމުގައި އެކަމަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އެއްބަސްވުން ހާމަކުރަން އެދުނު ފަރާތައް އޮންނާނެއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ގުޅޭ އެއްބަސްވުމުގެ މައުލޫމާތު ވެސް ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފިޔާޒް މީގެ ކުރިން ނިންމާފައި ވެއެވެ. އެމައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ކަލޯ ޖެހި ފޮޑި އަނގަޔަށް ވަނީ؟
ދިވެހިރާއްޖެ މިއީ ހުސައިން ފަޔާޒް މޫސާގެ އަމިއްލަ މުދާގަނޑެއްތަ؟
މީތަ އެބުނާ ދެފުށް ދައްކާ ސިޔާސަތަކީ.
ތި ކަން ހާމަ ކުރަން ނުޖެހޭ ކަމަށް ވާނަމަ އެއަށްވުރެ ބިރުވެރި ކަމެއް އެބައޮތްތޯ.
އެއްބަސްވުމެއް ހާމަކޮށްގެން އިންޑިޔާއިން ރާއްޖޭގެ ޤާނޫނީ ސިޔާދަތައް ނުރައްކާ ކުރާނެކަމަށް އޮތުމަކީ ރާއްޖެ އަޅުވެތިވެފައިވާ ކަމުގެ ހެއްކެއް.
ކީއްވެ އެއްބަސްވުމުގެ މައުލޫމާތު ހާމަކޮށްފިނަމަ އިންޑިޔާއިން ރާއްޖެއަށް ހަމަލާ ދޭނެކަމަށް އޮތީ؟ ރާއްޖޭގެ ގައުމީ ސަލާމަތަށް އިންޑިއާއިން ނުރައްކާކުރުމުގެ ކޮން ހައްގެއް އޮތީ؟
އެއްބަސްވުން ހާމަ ކުރިއަސް އިންޑިޔާއަކަށް ނޯންނާނެ ރާއްޖެއަށް ހަމަލާދީ ދިވެހިން ޝަހީދުކުރުމުެ އަަޅުވެޔިކުރުމުގެ ހައްގެއް.
ފިޔާޒު އެގޮތަށް ދެކޭނަމަ އިސްތިއުފާދީ
އިންޑިއާއިން ބޭނުންނަމަ ދިވެހިން ކަތިލެވޭގޮތަށް އެއްބަސްވުން ހެދި ހުރިހާ ހާއިނުންގެ މައްޗަށް ދައުވާކޮށް އުމުރަށް ޖަލަށް ލާންޖެހޭ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ނެތް ކަމަށާއި ހެލިކޮޕްޓަރު ދުއްވަން ތިބީ ހިއުމެނިޓޭރިއަން ސިފައިން ކަމަށް ބުނީ. އެހެންވީމާ ގައުމީ ސަލާމަތާ ގުޅެނީ ކިހިނެއްތޯ؟ އިންޑިއާ މިލިޓަރީ އައުޓް.
ހުރިހާ ކަމެއް ހާމަވާއިރު ގައުމު އޮންނާނީ ސަލާމަތް ނުވާ ވަރު ވެފަ. ޢެހެން ގައުމެއްގެ އަސްކަރީ ހަތިޔާރާ، އަސްކަރިއްޔާ އާއި ހެދި ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ހިދުމަތްތަކާ، އަސްކަރީން، މިތަނަށް ފާކޮށް ދިވެހި ދިދައިގެ މިނިވަންކަން ގެއްލޭހިސާބައް ގެންދިޔަ ބަޔަކީ ގައްދާރުން ނޫން ދެން ކޮންބައެއް، މި މީހުންނީ ގައުމަށް ހެއުއެދޭކަމަށް ބުނެ ވަގުތީ ފައިދާއަށް ގައުމުގެ ގައުމީ ވަންތަކަށް ނަގާލާ ގައްދާރުން. ޢެންމެ ފުރަތަ ޤައުމު.
ރައްޔިތުންނައް އެގެންނުވާ ކަމެއް ސިއްރުކުރުމަކީ ހަމަހަމަކަންގެއލިފައިވާކަންއަންގައިދޭ ހެއްކެއް މީހެއްގެ ޒާތީ ކަމަކައްނުވާ ހުރިހާމީހުންގެވެސް މިލްކެއްކަމުގަވާ އަމިއްލަފަސްގަޑު އެހެންބަޔަކައްދޭނަމަ ހުރިހާދިވެހިންނައްވެސްއެގެންޖެހޭ ނޫންތޯ ރައްޔިތުންނޭ ވިސްނާ ކެއްތެރިވެ ތިބެ ވިސްނާ ނަފުސުވިއްކާނުލައްވާ ވަގުތީއެއްޗަކައް މާދަމާ ދެރަވެ މިއޮތީ ރޯންޖެހިފަ މިއދުވެސް ކިތައްކިތައްމީހުންތޯ ރޮއެހިތާމަކުރަނީ މިސަރުކާރު ގެނައުމައްވޯޓް ދެވުމުން ،،ރައްޔިތުންނޭވިސްނާ
މިއިން މި އެގެނީ މި އެއްބަސްވުމަކީ ޤައުމު ވިއްކާލާފައިވާ ނުރައްކާތެރި ، އަދި މުސްތަޤްބަލު އަނދަވަޅަކަށް ވައްޓާލާފަދަ ނުރައްކާތެރި އެއްބަސްވުމެއްކަމެވެ. ރައްޔިތުން މިކަމުގައި ވިސްނަންޖެހެއެވެ.
ގުންޑާ ރާޖާ އިސްތިއު ފާ....ދިވެހިން އަޅުވެތިކުރި މަލަބާރީ ގުންޑާ ރާޖާ އިސްތިއު ފާ...ދިވެހިންގެ ބިން ވިއްކާލި ވޯރާ ރާޖާ އިސްތިއު ފާ..ހިންނަވަރު ކުޑަ މޯދީ އިސްތިއު ފާ...މިއީ ދިވެއްސަކަށްވީތީ ދުވަހަކުވެސް މައާ ފުނުކުރެވޭނެ ބޮޑު ވައްކަމެއް..ދިވެހި ފަސްގަޑުން ދިވެހިންގެ ބާރު ކަޑުވާލަން އިންޑިޔާގެ އަސްކަރީން އެތެރެކުރި ގައްދާރުން ﷲނިކަމެތިކުރައްވާށި....
ބީޖޭޕީ ރައީސް އަމިތްސާ ބުނާގޮތުން މިހާރު މިރާއްޖޭގައޮތީ ބީޖޭޕީގެ ވެރިކަމެއް މިގައުމުގަ ދިވެހިން މިހާރުއުޅެންޖެހިފަމިވަނީ 2ވަނަ ދަރަޖައިގެ މީހުންގެގޮތުގަ
ރައްޔިތުންނަށް ކަންކަން ފޮރުވާފަ ބަހައްޓާ. އެގޭކަށް ނުޖެހޭ ބޯގޯސް ރައްޔިތުންނަކަށް.
ދިވެހިރާއްޖެއާއި ބޭރު ގައުމަކާއި ވެފައި އޮތް އެއްބަސްވުން ގައުމުގައި ތިބި 6 އެއްކަ މީހުން ބޭނުންގޮތަކަށް ނިންމޭކަށް ނޯންނާނެ.
އަހަރުމެންނަކީ މިގައުމުގެ ރައްޔިތުން. ތިއީ ރައްޔިތުންގެ ހާދމުން. ވީމާ އަހަރުމެންނަށް ނޭނގި އެއްކަމެއްވެސް ކުރެވިގެންނުވާނެ.
މިއީ ދިވެހި ރައްޔިތުނގެ ގައުމެއް، މިއީ ތިޔަބޭފުޅުންގެ ހަރު މުދާގަދެއް ނޫން.. މި ތަނުގަ ކުރާކަންތައްތައް މިތަނުގެ ވެރިންނަށް އެގެންޖެހޭނެ
ހާދަ ސިއްރުން ކޮއްގެން އުޅޭކަމެއް
މިކަމުންހާމަވަނީ ސިއްރުވެރިނޭގޭ ނުވަތަ އަޅުވެތިކުރުމުގެ ބިރުވެރިކަމެއްވާކަން ދެފުއްފެންނަ
ދިވެހިގައުމަށް ފައިދާހުރިކަމެއްކަމުގައިވާނަމަ އެއްބަސްވުންހާމަކުރުމުގައިއޮތީކޮންގޯހެއް ބެލެވެނީ
މިއެއްބަސްވުމުގައި ދިވެހި ވަރަށްގިނަރަށްޔިތުން ނުރުހޭ ކަންތައްތަކެއް ހިމެނޭތީ އެކަމާނުރުހި
އަޑުއުފުލާނެތީ އެއްބަސްވުން ހާމަކުކުރަނީކަމަށް
ޓްރާންސްޕޭރަންސީ މޯލްޑިވްސް ކޮބާ؟ ނިދާފަތަ؟ ހޭއަރަނީ ވަކިކަހަލަ ކަންތައްތަކެއްގައިތަ؟