ރާއްޖޭގެ ރަށްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ރަށް ރަަށުގެ ބިމުގެ 33 އިންސައްތަ 50 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަށް ކުއްޔަށް ދޭން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށް ޕްލޭނިން މިނިސްޓަރު އަޙްމަދު އަސަލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބިން ކުއްޔަށް ދޭނެ 25 ރަށެއްގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ރަށްތަކުގެ 33 އިންސައްތަ ކުއްޔަށް ދީގެން 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެ މަސައްކަތާ މެދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކީ މަޖިލީހުން ބަލައިގަތް މަސައްކަތެއް ކަަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެގޮތަށް ރަށްރަށުގެ 33 އިންސައްތަ ކުއްޔަށް ދޭ އިރު ދިވެހިން ނޫން މީހުންނަށް ވެސް ދެވިދާނެ ކަމަެވެ.

" ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިން ބޮޑު އާބާދީ މަދު ނޫނީ ސަރުކާރުން ބިން ހިއްކާފައި އަދި މި ވަގުތު މީހުން ދިރިއުޅުމަށް ކަނޑައެޅޭ ބިން އެއީ ބިމުގެ 33 އިންސައްތަ. އެއީ ކައުންސިލްތަކަށް ވިޔަފާރި އުސޫލުން ބިން ވިއްކާ، އެއީ ދިގު މުއްދަތަށް 50 ޕްލަސް 99 ދިވެހިން ނޫން ފަރާތްތަކަށް ވެސް ކުއްޔަށް ދިނުމަށް ހިސާބުތަކެއް ޖަހާފައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވާނީ ހުށަހަޅާފައި. މި ދެންނެވި 25 ރަށުގެ ތަފްސީލް އެބަ ހުރި." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ ބިންތައް ކުއްޔަށް ދިނުމަށް މިހާރު ގާނޫނީ ހުރަހެއް ނެތް ކަމަށާއި، އެ ބިންތައް ކުއްޔަށް ދީގެން ލިބޭނެ އާމްދަނީ އަންދާޒާ ކުރުމަށް ހިސާބު ޖަހާފައިވަނީ ވަރަށް ކުޑަ އަގެއް ހިމަނަައިގެން ކަމަށެވެ. އަސްލަމް ވަނީ އެފަދަ ބިންތައް ދޫކުރުމުގައި ކައުންސިލްގެ ދައުރު ބޮޑުވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ

މިގޮތަށް ކުއްޔަށް ދޫކުރާ ބިމުން ލިބޭ ފައިސާ ބޭނުންކޮށްގެން ބޭންކުން ލޯނު ހޯދުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަސަދު

    ގައުމުގައި އެއްމެ ތަންފުކެއް އޮތަސް ވިއްކާނުލާ ދޫކޮށްނުލާތި.

    11
  2. އާސިދާ

    މިހާރުވެސް ލާރި ލިބޭތާ ގައުމަށް މައްސަލަ އަކީ އެއައްވާގޮތްތާ ނޭގެނީ...ވަކިތިޔައްވާގޮތް އިނގޭނެތަ ތިތަންތަން ކުއްޔައްދިނަސް..ލާރިއެއް ފެންނާކައްނޯންނާނެ..

  3. ހަސީިނު

    ކައުންސިލް އިނަތިހާބަށް ކުކުޅުސިކުޑި ދިވެހިންގެ ބޮލަށް ޗިޕްޖަހާ ލަނީ އަޅެދިވެހިންތިބީ ބީތަވެފަތަ ކުރިން ވެސް ވެރިކަމުގަ ގައުމުދަވާލީ މިހާރު މިދަނީ ފުލެޓުން ތިޖުރިން ނޭވާ ހޮޅީން ވައްކަންކޮށް ގައުމު ކާ ހުސްކުރަމުން އަދިވެސް ވޯތުދިގެން ކައުސިލރުން ރީދު ކުލަގތަ ބަތިއްބަވަންވި ބޭނުމެއްނުން ފުދިއްޖެ ހުސްވައްކަން ކޮރަޕްސަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  4. ޣސ

    ކޮންމެ ރަށެއްގެ ތިންބައިކުޅަ އެއްބައަށްވުރެ ބޮޑު ބިމެއް އިންޑިޔާ ވޯރާވިޔަފާރިވެރިންނަށް ދޭންދޯ އެހެންނޫނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތަ

  5. އަނިލް

    ކޮބާ ކޮންތާކު މިޖެހުނީ ރައީސް ޔާމީނު ވެރިކަމުގައި ފ.އަތޮޅު ބޮޑުބޮޑު ބިޔަ މަސްރުޢޫއެއް
    ހިންގަން އުޅުނީމާ ތިޔަ އެމްޑީޕީ މީހުންނާއި، މައުމޫނުއާއި، ބުރުމާމެން މިޤައުމު ވިއްކާލަފިއޭ
    ކިޔާފައި ގޮވި ގޮވެލި ފަތިތަކުގެ ކޮބާ މިހާރު ތިޔަ އުޅެނީ ނަމެއްގައި ދިވެހިންނަށްށޭކިޔާފައި
    ބޭރު މީހުންނަށް ބިންތައް ވިއްކަން

    • ޑިންޑިން ކޮވެލި

      އެކޮވެލި ދަންނާނީ ކާޅު ހާލި ހެދީމަ އެ ހާއްޔަށް ބިސް އަޅަން އެކަނި.

  6. ނާނި

    ކޮބާ މައުމޫނު،

  7. ކޮސްބެ

    ގައުމުވިއްކާލާފަ ރައްޔިތުން އަޅުވެތިކޮއް ފައި ނުފިލާފިއްޔާ ރަގަނޅު

  8. އަސާސީ ހައްގު

    ކޮބާހޭ އަހަރެމެންގެ ހައްގު؟؟ ގޯތިނުދީ ބިން ވިއްކައިގެން ނުވާނެ. ތިޔަ އުޅެނީ އަހަރުންގެ ހައްގުތަ ވިއްކަން.