50 މިލިއަން ރުފިޔާގެ ހޭޝް އޮއިލް އާއި އެކު އިންޑިއާއިން ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި ތިން ދިވެހިން އަތުލައިގެންފައި ވަނީ އެޤައުމުގެ ތްރިވަނަންތަޕޫރަމް ސިޓީން 17 ކިލޯގެ މަސްތުވާތަކެއްޗާއި އެކު މިރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޝަނީޒް މާހިރު (27) އާއި އައިމަން އަހުމަދު (24) އާއި އިބްރާހީމް ފައުޒާން ސާލިހު (29) ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި އިސްކޮށް ޙަރަކާތްތެރިވި ތްރިވަނަންތަޕޫރަމް ސިޓީ ޕޮލިސްގެ އިންސްޕެކްޓަރ ޖެނެރަލް، ޕީ. ވިޖަޔަން އާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މި ތިން ދިވެހިން އަތުލައިގަތީ މަސްތުވާތަކެއްޗާއި އެކު ތްރިވަނަންތަފޫރަމް އެއާޕޯޓަށް ވަންނަން ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުން މި ތިން މީހުން ހައްޔަރުކުރީ، އެމީހުންގެ ޙަރަކާތްތައް ތިން ދުވަސް ވަންދެން ބެލުމަށްފަހު ފުރަން އުޅެނިކޮށް ކަމަށެވެ.

އެގޮތުން އެމީހުން ދިޔައީ އެ ތިން ދުވަހުގެ ތެރޭގައި އެކި ހޮޓެލްތަކަށް ބަދަލުވަމުން ކަމަށާއި، މަސްތުވާތަކެއްޗާއި އެކު އެ ތިން މީހުން ޙަރަކާތްތެރިވީ ދުރާލައި ރާވައިގެން ކަމަށް އޭނާ ބުންޏެވެ.

"މި އޮޕަރޭޝަން އަޅުގަނޑުމެން ފެށީ، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އަޅުގަނޑުމެންގެ އިދާރާއަށް ދިން މަޢުލޫމާތަކާއި ގުޅިގެން. އެއާއިއެކު އޮޕަރޭޝަން ފަށާއި އަޅުގަނޑުމެން ދިޔައީ އެމީހުންގެ ޙަރަކާތްތައް ވަރަށް ގާތުން ބަލަމުން،" ވިޖަޔަން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މި މީހުންނަށް މަސްތުވާތަކެތި ފޯރުވައިދިން މީހުންގެ މަޢުލޫމާތުވެސް މިހާރު ލިބިފައިވާ ކަމަށާއި، އެކަމާއި އިންޑިއާގެ ގޭންގަކާއި ވެސް ގުޅުމެއްވާ ކަމަށް ވިޖަޔަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ހައްޔަރުކުރި ތިން ދިވެހިން އެމީހުން ގަނެފައިވާ މަސްތުވާތަކެތި އެޤައުމުން ބޭރުކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ވައިގެ މަގުން ކަމަށާއި ނަމަވެސް ފަހުން ނިންމާފައި އޮތީ ކަނޑުމަގުން އެތަކެތި ގެންދިއުމަށް ކަމަށް ބެލެވޭވޭ ކަމަށެވެ. މި ތިން މީހުން ގޮސް "ޗާލާ މާކެޓް" އިން 32 ޕެކެޓް ވެޖިޓަބްލް އޮއިލް ގަނެފައިވާ ކަމަށާއި، އެތަކެތި ޤައުމުން ބޭރުކުރުމަށް އެމީހުން ތައްޔާރުކުރީ އެ ޕެކެޓްތަކުގައި ބަންދުކޮށްގެން ކަމަށްވެސް ވިޖަޔަން ބުންޏެވެ.

"ފުރަތަމަ އެމީހުން ގަނެފައިވާ ހޭޝް އޮއިލް ފަހުން ވަނީ އެއަށްވުރެ ކޮލިޓީ ރަނގަޅު ބާވަތަކާއި ބަދަލުކޮށްފައި، މި ޑީލް ކުރިއަށްގެންދިޔައީ އިންޑިއާގެ ގޭންގަކާއި ގުޅިގެންކަން ވަނީ އެނގިފައި. މިތަކެތި ތިން ދިވެހިންނަށް ފޯރުކޮށްދިން މީހުންވެސް އަތުލައިގަތުމުގެ މަސައްކަތް މިދަނީ ކުރަމުން،" ވިޖަޔަން ބުންޏެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައިވެސް އިންޑިއާގެ ކެރެލާ ސްޓޭޓުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އޭގެތެރޭގައި ރާއްޖެއަށް ގެނައުމަށް ތައްޔާރުކޮށްފައި ހުރި ތަކެތިވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ދާދި ފަހުންވެސް ރާއްޖެއަށް ދަތުރުކުރި ބޯޓަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވެއެވެ. އެ ބޯޓު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރުމުން، ބޯޓުން ދަތުރުކުރި މީހުން ވަނީ ބޯޓުގައި ރޯކޮށްލާފައެވެ. ނަމަވެސް ފުލުހުން ވަނީ އޭގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ތިމަންނަ

  ހުރި ހިތާމައެއްގެ ބޮޑުކަމާއެ! ވިޔާނުދާ ބައެއްގެ ސަބަބުން ދެންތިބި މީހުނަށް ތަކުލީފުތަކާ ކުރިމަތިލާން ޖެހުނީއެވެ.

  • އަހުމަދު

   ގައިމު އަހަންނަކީވެސް ތިބުނާ ދެންތިބިމީހުންގެ ތެރެއިންވާ މީހެއް އެކަމު އަލްހަމްދުلله އަހަރެން މިއޮތީ ގޭގަ ހަމަޖެހިލައިގެން.

 2. ހަސަން

  ފަހު 10 ގަ ތީތަ ކަލޭ މެން ުޅެން ެގުނު ގޮތް

 3. ޙައްވަ

  ރޯދަމަހު ފަހުދިހޭ މިފެންނަނީ

 4. Anonymous

  އުފާވެރި ޚަބަރެއް. އެކަމު މިމީހުން މިއީ އަދި ހަމަ ޑުރަގް ޕެޑްލާރސް އަސްލު މިކަމުގަ އިސްކޮށް އުޅެނީ ބޮޑެތި ވިޔަފާރި ވެރިންނާއި ނުފޫޒު ގަދަ ސިޔާސީ މީހުން. އަނެއްކާވެސް ޒުވާން ކުދިން ކޮޅެއް ހޯދާލާނެ ޑުރަގު އުފުލަން.

  • ޑިމޮކްރަޓިސްޓް

   ހޭބަލިވެފަތަ ތިތިބެނީ މީހަކު ބުނާއިރަށް އަލިފާނަށް ފުންމާލާށޭ ބުނާއިރަށް ފުންމާލަންޖެހޭތަ؟ ތިކިޔާ ޒުވާނުންގެ ސިކުނޑި ނުހުންނަނީތަ؟ ހަމަ ގައިމުވެސް ނިކަން މަލަށްވާ ތިކަހަލަ އެއްވެސް ނުބައިކަމެއް ކުރުވަބަލަ! ހެޔޮ މިލިޔަނުން ކިޔަސް! ނުވާނެ! ލާހިކެއްނޫން!

 5. ރޮކް1

  ސިންގަޕޫރުގަ ހަދާހެން މިވެރިންނަށް މަރުގެ ހުކުމް އިއްވާނެނަމަ. ދެރަކަމަކީ މާދަމާވެސް ދިވެހި ސަރުކާރުން މިމީހުން ރާއްޖެގެނެސް މާލެތެރެއަށް ދޫކޮށްލާނެތީ. މިމީހުންގެ ފަހަތުގައި އަބަދުވެސް ހުންނާނެ ސިޔާސީ ބާރުގަދަ ގުންޑާއެއް މިކަންތައް މަގުފަހިކޮށްދީ މިނިވަންކޮށްދޭން. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

 6. ސާބަސް

  އެއީ 3 ޤާތިލުން.. ދިވެހި ދަރީންނަށް އެތަކެތި ވިއްކައި ދިވެހި ޤައުމުގެ މުސްތަޤުބަލު ހަލާކު ކުރަން ރާވައިގެން ތިބި 3 ޚާއިނުން ކަމުގައި ދެކެން. ވީމާ މިމޭރުމުން.. ލަދުގަތްކަމުގައި ވީނަމަވެސް.. ދެރަވިކަމުގައިވީނަމަވެސް.. ކެރަލާ ސްޓޭޓްގެ ފުލުހުންނަށް ޝުކުރިއްޔާ..

  • ޑިމޮކްރަޓިސްޓް

   މިމީހުން މަރުން! މީ މިކަހަލަ ކަންކަމަށް އިބުރަތަކަށް އޮތް ހަމައެކަނި ހައްލު!

 7. އަޙްމަދު މަގޭ ޤައުމް

  އުމުރަށް ޖަލަށްލާ. ރާއްޖެ ނުފޮނުވާތި

 8. ޑިމޮކްރަޓިސްޓް

  ދެން މިމީހުން ސަލާމަތްކުރަން ސަރުކާރުންތެޅެންވީ ނޫޅެފިއްޔާ ޔާމީނު އިސްތިއުފާދީފަ ދާންޖެހޭ. ގޮ*ން ވަސްދުވާވަރުގެ ބޮޑެތި ފިރެހެނުން، ލަދުވެސް ނުގަނެޔޭ!!

 9. ކޮބާތަ ގަޓު ރައީސް؟

  ގަޓު ރައީސް ނިކަން މިފަދަ ކުށްވެރިންނަށް ހަރުކަށިވެ ގަޓުހުރިވަރު ދައްކަވަ ބައްލަވާށެވެ! މިހާެރުވެސް އެހުންނެވީ ޖަލުގައިތިބި ޑްރަގް އެޑިކްޓް ވަރަށްގިނަ ކުށްވެރިންތަކަކަށް މަޢާފު ދެއްވާ މިނިވަން ކުރައްވާފައި ނުވިތާކަށް އެމީހުންގެ ކުށުގެ ރެކޯރޑްވެސް ކްލީން ކޮށްދެއްވާފައެވެ. އެއީ ޑްރަގް އެތެރެކޮށް ވިއްކާ މީހުންގެ މާރކެޓަށް ލިބުނު ކަސްޓަމަރުންތަކެކެވެ.

 10. ކާލާ މަންނަ

  ކޮއްމެ ސިފައެއްގަ ނަމަވެސް ދުނިޔޭގެ އެކި ޤައުމުތަކުގަ ދިވެހީން މަތިއުޑުގަ ފިޔަޖަހާނެ.އިންޑިޔާ މީހުން ކިބައިން ސަލާމަތް ވާނެކަމުގެ އެއްވެސް ގެރެންޓީ އެއްނެތް.

 11. ސަމާހު

  ޒުވާނުން ވިޔާފާރިއަށް ނެރުމަށް ޑޮން ކުރާމަސައްކަތް މިފެންނަނީ.....!

 12. Anonymous

  އިންޑިޔާގެ ތަހްގީގުތަކާ ޖަލުތަކުގެ ފެންވަރު މި މީހުންނަށް ދައްކާލާނެ!! މިފަހަރު އެނގޭނެ ރާއްޖޭގެ ފުލުހުން ޢަމަލުކުރާ ގޮތާ ޖަލުތަކުގެ ފެންވަރު އަޅާކިޔާލަން!! މިތާ ހުންނަހެން ފައިވްސްޓަރ ސަރވިސްއް

 13. ހުސޭނުބެ

  އިންޑިޔާގެ ތަހްގީގުތަކާ ޖަލުތަކުގެ ފެންވަރު މި މީހުންނަށް ދައްކާލާނެ!! މިފަހަރު އެނގޭނެ ރާއްޖޭގެ ފުލުހުން ޢަމަލުކުރާ ގޮތާ ޖަލުތަކުގެ ފެންވަރު އަޅާކިޔާލަން!! ކިރިޔާ ދޮގެއް ހަދާލިހެން ހީވިޔަސް ދެ ތިން ގުއްޓީއަޅާލާނެ!! މިތާ ލިބެން ހުންނަހެން ފައިވްސްޓަރ ސަރވިސްއެއް ޓްރެވެންޑަރަމްގެ ޖަލުތަކުގައި ކެއުންވެސް ނިދުންވެސް ފާޚާނާ ކުރުންވެސް ލިބެން ނުހުންނާނެ!! ޖަލުން ނެރެގެން ކޯޓަށް ގެންދާއިރު ދެއަތް ފުޅާކޮށްފަ ހޫރެން ހޫރެމުން ހެމުން ވަށާ އެނބުރި ބަލަމުން ހެމުން ތިމާމެންވަރުގެ ބައެއް ނެތްކަމަށް ހެދިގެން މިރާއްޖޭގައި ހަދާހެން ކޯޓަށް ގެންދާއިރު އުޅޭކަށް ފުރުސަތެއް އިންޑިޔާގައި ނުލިބޭނެ!! އިސްދަށަށް ޖަހައިގެން ނިކަން ސައިޒްގައި ބައިތިއްބައިގެން ގެންދާނެ!! ކިރިޔާ ކަމަކާ ޚިލާފުވިޔަސް ދެން އެނިމުނީ!! މިފަދަ މީހުންނަކީ މަސްތުވާތަކެތި އެތެރެކޮށްގެން ގައުމުގެ ޒުވާން ޖީލުތައް ހަލާކު ކުރަމުންދާ މީހުން!! އަޅުގަނޑު އެދޭ ގޮތަކީ މިފަދަ މީހުންނަށް ބޭރު ގައުމުތަކުން އެމީހުންގެ ގާނޫނުން ދެވޭ އެންމެ ހަރުކަށި އަދަބު ދިނުން!! ސިންގަޕޫރު ތައިލެންޑް ނަމަ މަރުގެ ޙުކުމް އަންނާނެ!! ނުވަތަ އުމުރު ދުވަސްޖެހޭނީ ޖަލުގައި ހޭދަކޮށްލަން!!

  • ރިޝްވަތު

   އިންޑިޔާ ފުލުހުންނަށް އެއްކަމެއްވެސް ނުވާނެ. ރިޝަވަތު ފައިސާކޮޅެއް ދޭއިރަށް ތި 3 މީހުންތިބޭނީ މާލެގަ އައިސް

 14. ޑުރަގް ސުމަގުލް

  ޢެހެން ވީމާ ތިމީހުން ޖެހޭނީ މަރަން